Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު

9 ފެބުރުއަރީ 2019 | ހޮނިހިރު 06:24

ހުރިހާ ދާއިރާއެއްގެ މެމްބަރުންވެސް ވޯޓު ދެއްވަންވާނީ އެމްޑީޕީ ކެންޑިޑޭޓުންނަށް ކަމަށް ނަޝީދު ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 9 ފެބުރުއަރީ 2019 | ހޮނިހިރު 06:24
ރައީސް ނަޝީދު

ރައީސް ނަޝީދު

މި ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ޕާޓީގެ ކެނޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފޯސްޓަރު ހަރުކުރުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހު އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާނެ ކަމަށް ބައެއް ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement
''ރައީސް ސޯލިހު ވެސް އަޅުގަނޑުވެސް ނޭދޭނެ އެމްޑީޕީ ކެންޑިޑޭޓު ނޫން ކެނޑިޑޭޓަކަށް އެމްޑީޕީ މެމްބަރުން ވޯޓު ދިނުމަކަށް. އެނޫން ގޮތަކަށް ދައްކާ ހުރިހާ ވާހަކަ އަކީ ބާތިލް ދޮގު ވާހަކަ... އެބޭފުޅާ އެއް (ރައީސް ސޯލިހު) މި ޕާޓީގެ ކެނޑިޑޭޓް ނޫން އެހެން ކެންޑިޑޭޓަކަށް ތާއީދެއް ނުކުރައްވާނެ'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގޮތުގައި، ރައީސް ސޯލިހު ވިދާޅުވީ ކަމަށް ބުނެ ވާހަކަތައް ދައްކަން އެންމެ އައުލާކަން ބޮޑީ އެމަނިކުފާނު ކަމަށާއި، ރައީސްގެ ބަސްފުޅު އެފަދަ ގޮތަކަށް ނުހުންނާނެ ކަމަށެވެ.

ދާދި ފަހުން މ. ކުނޫޒް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވެފައިވަނީ، އެ ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވައިދެއްވުމަށް މަސައްކަތްކޮށްދެއްވަން ރައީސް ސޯލިހު އަރިހުގައި އެދިވަޑައިގަންނަވާނެ ކަަމަށެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ، ކޮންމެ ދާއިރާއަކުން ވެސް އެޕާޓީގެ މެމްބަރުންނަށް ވޯޓު ދީގެން ކަމަށާއި، ކޮންމެ ދާއިރާއެއްގައިވެސް ގޮނޑި ކާމިޔާބު ކުރެވޭ ވަރަށް ޕާޓީގެ މެމްބަރުން ތިބި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

''މިއަދު އެމްޑީޕީގެ މެމްބަރުން ކުރައްވަންވީ ކަމަކީ ޕާޓީގެ ޓިކެޓް ލިބިފައިވާ ޕާޓީގެ ކެނޑިޑޭޓަށް ވޯޓު ދެއްވުން'' މައްޗަންގޮޅި މެދު ދާއިރަށް ކުރިމަތިލައި އެދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށައަޅަން ހަމަޖެހިފައިވާ އިސްލާހަށް ކުރީގެ ނައިބް ރައީސް ޖަމީލް ފާޑު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އެ އިސްލާހަށް އެއަށްވުރެ ރަނގަޅު ގޮތެއް ހޯދައިދޭންޖެހޭނެ ކަމަށެވެ.

''ވިދާޅުވެ ދެއްވަބައްލަވާ ދެން މިއަށް ވުރެ ރަނގަޅު ގޮތެއް. އަޅުގަނޑުމެން މިދަންނަވަނީ މިދިޔަ ބާރަ ފަނަރަ އަހަރު މިޕާޓީ އަށް ލިބިފައިވާ ތަޖުރިބާއާއި، އަޅުގަނޑމުންނަށް ފެނިފައިވާ ތަނާއި، އަޅުގަނޑުމެންނަށް ކުރެވިފައިވާ، ލިބިފައިވާ ކިތަންމެ ފިލާވަޅެއްގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން ބުނާނީ މީއީއޭ ކުރަންވީ ކަމަކީ'' އެމަނިކުފާނު ވިދާޅުވިއެވެ.

އޭޕްރީލް 6 ގައި ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން 86 ދާއިރާއަށް ވާދަކުރެ އެވެ. އެމްޑީޕީން ވާދަ ނުކުރަނީ ހަމައެކަނި ނިލަންދޫ ދާއިރާއަށެވެ. ހަ ދާއިރާއެއްގެ ގޮނޑި ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ހިމެނޭ އަދާލަތަށް ދިނުމަށް އެމްޑީޕީން ވަނީ ދާދިފަހުން މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް ގިނަ ކެނޑިޑޭޓުން ގޮނޑި ދޫކޮށްލަން ބޭނުންނުވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. އެމްޑީޕީން އެ ކެނޑިޑޭޓުންނާއި އެކު ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަން ކޮމިޝަނަށް ހަވާލުކޮށްފައިވަނީ ބުދަ ދުވަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް