Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮގްރެސިވް ކޮންގްރެސް

ހިސްޓޯ، މުއާޒު، ނާއިފަށް ޕްރޮގްރެސިވް ކޮންގްރެސްގެ ޓިކެޓެއް ނުލިބުނު!

8 ފެބުރުއަރީ 2019 | ހުކުރު 18:08

ކޯލިޝަންގެ ޕްރައިމަރީ ބާއްވާފައިވަނީ ހުކުރު ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް | 8 ފެބުރުއަރީ 2019 | ހުކުރު 18:08
ޮޝިފާގް މުފީދު (ކ)، ޝައުކަތު (މ)، މުއާޒް ހަލީމް (ވ)

ޮޝިފާގް މުފީދު (ކ)، ޝައުކަތު (މ)، މުއާޒް ހަލީމް (ވ)

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކޮންގްރެސް ޕާޓީއާ، ޕީޕީއެމް ގުޅިގެން ހަދާފައިވާ ކޯލިޝަންގެ ޕްރައިމަރީގައި އެ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޕްރޮގްރެސިވް ކޮންގްރެސްގެ ނަމުން އުފައްދާފައިވާ އެ ކޯލިޝަންގެ ޕްރައިމަރީ ބާއްވާފައިވަނީ ހުކުރު ދުވަހު އެއެވެ.

Advertisement - newsAdvertisement

ޕްރައިމަރީގައި ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގް މުފީދު (ހިސްޓޯ) ވާދަކުރެއްވީ އަލިފުށި ދާއިރާއަށެވެ. އޭނާ އަށް ލިބުނީ 148 ވޯޓެވެ. އެއީ އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރި އަހްމަދު ހުސޭން އާއި އަޅާބަލާއިރު 47 ވޯޓުގެ ތަފާތެކެވެ. އަލިފުށި ދާއިރާގެ ޕްރައިމަރީގައި 498 މީހަކު ވަނީ ވޯޓުލާފައެވެ.

ހަވީރު ތިނަކުން ހަޔަކަށް މާލޭގެ އިތުރުން ރަށްރަށުގައި ގެންދިޔަ މި ޕްރައިމަރީގައި ތުލުސްދޫ ދާއިރާއަށް ކުރީގެ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ކުރިމަތިލެއްވިއިރު، އޭނާ ނާކަމިޔާބީއާ ކުރިމަތިލާން ޖެހުނީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގުއާ ވާދަކޮށެވެ. ސިއްދީގަށް 203 ވޯޓު ލިބުނުއިރު، ނާއިފް އަށް ލިބުނީ 136 ވޯޓެވެ.

ކިނބިދޫ ދާއިރާގެ ޕްރައިމަރީގައި ފެނެކާ ކޯޕަރޭޝަންގެ ކުރީގެ ޑިރެކްޓަރ މުއާޒް ހަލީމް އަށް ލިބުނީ 51 ވޯޓުންނެވެ. އެ ދާއިރާގެ ޕްރައިމަރީ ކަމިޔާބު ކުރީ އަހްމަދު ހަލީލްއެވެ.

މުލަކު ދާއިރާގެ ޕްރައިމަރީގައި ދެ ބޭފުޅަކު ވާދަކޮށްފައިވާއިރު އެ ދެބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދައިގެން ޕްރައިމަރީ ކާމިޔާބު ކުރީ މަރިޔަމް ޖުހައިނާ ސާދިގްއެވެ.

މި ޕްރައިމަރީގައި އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު، ވަނީ ފެލިދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކޮށްފައެވެ. ބޮޑު ތަފާތަކުން ފަޒުލް ޓިކެޓް ހޯއްދެވިއިރު އޭނާ ވަނީ 216 ވޯޓް ލިބިފަ އެވެ.

ފެލިދޫ ދާއިރަގެ ޕްރައިމަރީގައި ތިން ބޭފުޅަކު ވަނީ ވާދަކޮށްފައެވެ.

ޕީޕީއެމްގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ގިނަ ފަރާތްތަކަކަށް ވަނީ ދީފަ އެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި މެމްބަރުންވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ރައީސް ޔާމީންގ ެސަރުކާރުގައި ސަރުކާރުގެ އިސް މަޤަމުތައް ފުރުއްވި ބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކުގެ އިސް މަޤާމުތައް ފުރުއްވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ޕްރޮގްރެސިވް ކޮންގްރެސްގެ 2 ޓިކެޓެއް ވަނީ ޑީއާރުޕީގެ ކެނޑިޑޭޓުންނަށްވެސް ދީފަ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 ޖޫން 2018

ހިސްޓޯ ވެސް ލަންކާ އެމްބަސީގެ އިސް މަގާމަކަށް ބަދަލުކޮށްފި

09 ޖޫން 2018
ހިސްޓޯ ވެސް ލަންކާ އެމްބަސީގެ އިސް މަގާމަކަށް ބަދަލުކޮށްފި
31 މެއި 2018

އެމްޑީޕީގެ ކޮންގްރެސްގެ ނޯޓިސް ދީފި

31 މެއި 2018
އެމްޑީޕީގެ ކޮންގްރެސްގެ ނޯޓިސް ދީފި
03 ފެބުރުއަރީ 2018

ކޮންގްރެސްގެ މެމްބަރުން މާލެ ވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި

03 ފެބުރުއަރީ 2018
ކޮންގްރެސްގެ މެމްބަރުން މާލެ ވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި
02 ފެބުރުއަރީ 2018

ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ބޭނުންކޮށްގެން އެއްވެސް ތާކަށް ޖަމާވާން ފުލުހުން ފުރުސަތެއް ނުދޭނެ: ހިސްޓޯ

02 ފެބުރުއަރީ 2018
ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ބޭނުންކޮށްގެން އެއްވެސް ތާކަށް ޖަމާވާން ފުލުހުން ފުރުސަތެއް ނުދޭނެ: ހިސްޓޯ
18 ޑިސެމްބަރު 2017

ފިލްމީ ދާއިރާގެ މީހުންގެ ކިބައިން މައާފަށް އެދެމުން މުއާޒު އިސްތިއުފާ ދެއްވައިފި

18 ޑިސެމްބަރު 2017
ފިލްމީ ދާއިރާގެ މީހުންގެ ކިބައިން މައާފަށް އެދެމުން މުއާޒު އިސްތިއުފާ ދެއްވައިފި
30 އޮކްޓޯބަރު 2017

ވިލާ އެއާރއިން މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދަށް ހޫނު ރައްދެއްދީފި

30 އޮކްޓޯބަރު 2017
ވިލާ އެއާރއިން މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދަށް ހޫނު ރައްދެއްދީފި
17 ޖޫން 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޑިނޭޓަރު މުއާޒު ހައްޔަރު ކޮށްފި

17 ޖޫން 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޑިނޭޓަރު މުއާޒު ހައްޔަރު ކޮށްފި
11 ޖޫން 2017

ކޮންގްރެސްގެ ކުރިން ގޮފި އުފެއްދުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

11 ޖޫން 2017
ކޮންގްރެސްގެ ކުރިން ގޮފި އުފެއްދުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި
05 ޖޫން 2017

ގަތަރާއެކު އޮތް ވިޔަފާރީގެ އެއްވެސް ގުޅުމަކަށް ބަދަލެއް ގެނައުމަށް ނުނިންމަން: މުއާޒު

05 ޖޫން 2017
ގަތަރާއެކު އޮތް ވިޔަފާރީގެ އެއްވެސް ގުޅުމަކަށް ބަދަލެއް ގެނައުމަށް ނުނިންމަން: މުއާޒު
23 އެޕްރީލު 2017

ޒުވާނަކު މަރާލި މައްސަލަ ކުށްވެރިކުރަން، ހަމަނުޖެހުމަށް ފުރުސަތު ނުދޭނަން: މުއާޒު

23 އެޕްރީލު 2017
ޒުވާނަކު މަރާލި މައްސަލަ ކުށްވެރިކުރަން، ހަމަނުޖެހުމަށް ފުރުސަތު ނުދޭނަން: މުއާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް