Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓަރ ޝާހިދު

ޝެންގެން ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އީޔޫ ސަފީރުގެ އަރިހުން ޝާހިދު އެދެފި

7 ފެބުރުއަރީ 2019 | ބުރާސްފަތި 16:03

ރާއްޖެ އަށް އެހީތެރިވެދޭނެ ކަމުގެ ޔަގީން ކަން ސަފީރު ވަނީ ދެއްވާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 7 ފެބުރުއަރީ 2019 | ބުރާސްފަތި 16:03
ފޮރިން މިނިސްޓަރ ޝާއިދު (ކ) އާއި އީޔޫ ސަފީރު ޓުންގް-ލައި (ވ)

ފޮރިން މިނިސްޓަރ ޝާއިދު (ކ) އާއި އީޔޫ ސަފީރު ޓުންގް-ލައި (ވ)

ޔޫރަޕްގެ ބައެއް ގައުމުތަކަށް ދަތުރު ކުރަން ބޭނުންވާ ޝެންގެން ވިސާ ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް އީޔޫ ސަފީރު ޓުންގް-ލައިގެ އަރިހުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

ޝާހިދު މި ކަމަށް އެދި ވަޑައިގެންފައި ވަނީ ބުރާސްފަތި ދުވަހު އީޔޫ ސަފީރު ފޮރިން މިނިސްޓަރުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ. ދިވެހިރާއްޖޭގައި ހުރެގެން ޖަރުމަނުގެ ޝެންގެން ވިސާއަށް އެދުމުގެ ގޮތުން ރާއްޖޭގައި ވިސާ އެޕްލިކޭޝަން ކްލިނިކެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ޔޫރަޕް ޔޫނިއަން (އީޔޫ) އާއި ރާއްޖެއާ ދެމެދު ގުޅުން ހަރުދާނަ ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

އެގޮތުން ރާއްޖެއިން ޓެރަރިޒަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް ކުރަ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ކަން ސަފީރު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ މޯލްޑިވްސް–އީޔޫ ޕޮލިސީ ބައްދަލުވުމަށް ރާއްޖެއިން ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން އީޔޫގެ ސަފީރަށް މައުލޫމާތު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ހަމަ އެއާ އެކު އެ ބައްދަލުވުމުގެ ސަބަބުން ރާއްޖެ އާއި އީޔޫއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ވެސް ދެ ބޭފުޅުން ވަނީ އެއްބަސްވެ ވަޑައިގަންނަވާފައެވެ.

ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގްއަކީ ދިވެހިރާއްޖެ އާއި ޔޫރަޕްގެ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވަމުން އަންނަ ވޯކްޝޮޕް ބައްދަލުވުމެކެވެ. މި ވޯކްޝޯޕް އެންމެ ފަހުން ބާއްވާފައި ވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި 2017 ވަނަ އަހަރުއެވެ.

މި ބައްދަލުވުމުގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ހަލީލް، ފޮރިން ސެކެރެޓަރީ އަބްދުލް ޣަފޫރު، ރާއްޖެއިން ބެލްޖިއަމް އަށް އައްޔަންކޮށްފައިވާ ސަފީރު، ހަސަން ސޯބިރު އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާސްގެ ޑައިރެކްޓަރ ޝިއުނީން ރަޝީދު ވެސް ވަނީ ބައިވެރިވެފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް

24 ފެބުރުއަރީ 2017
ސަރުކާރުން ގެންގުޅެނީ މަޖުބޫރު ގޮތްތަކެއް، މިކަމަށް ނޫނެކޭ ބުނަން ޖެހޭ: އިމްތިޔާޒް
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް