Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ބަޔާން

މި އަހަރު އިތުރު ގިނަ ފްލެޓްތައް އަޅާނަން، ބޯހިޔާވެހިކަމުގެ އަގު ހެޔޮ ކުރާނަން: ރައީސް

7 ފެބުރުއަރީ 2019 | ބުރާސްފަތި 06:05

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި ނެޝަނަލް ހައުސިން ކޯޕަރޝޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދޭނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 7 ފެބުރުއަރީ 2019 | ބުރާސްފަތި 06:05
ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާއަށް ރައީސް ވަޑައިގަންނަވަނީ

ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާއަށް ރައީސް ވަޑައިގަންނަވަނީ

ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓާއި، އަތޮޅު ތެރޭގައި އިތުރު 550 ހައުުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފަށައި، ބޯހިޔާވެހިކަމުގެ އަގު ހެޔޮކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބޭއްވި ޖަލްސާގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތަފްސީލްތައް ހާމަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް އަދުލުވެރި އަދި އިތުބާރު ހިފޭ ހައްލެއް ހޯދުމަށްޓަކައި ހައުސިން ނީޑް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރަން މި އަހަރު ފެށޭނެ ކަމަށާއި، އެކި ރަށްރަށުގައި މި އަހަރު އަލަށް ހަދާ 550 ހައުސިން ޔުނިޓްގެ މަސައްކަތް ބީލަމަށްލުމަށް މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޭގެއިތުރުން މަސައްކަތް ފަށައި ނުނިމި ހުރި 1500 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތް ވެސް މިހާރު ވަނީ އަލުން ފަށާފައި ކަމަށާއި، މާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގައި އިތުރު 4000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވެސް މި އަހަރުތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ކުރީގެ ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި މަތިން ޕޮއިންޓް ލިބި ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކީ ވެސް ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެ މައްސަލަތަކުގެ އިތުރުން ގެދޮރުވެރިކަމުގެ މަސްރޫއުގެ ކަންކަމާއި ގުޅީފަޅު މަޝްރޫއުގެ މައްސަލަ ވެސް މި ސަރުކާރުން ހައްލު ކޮށްދޭނެ ކަމަށެވެ.

"ގެދޮރުވެރިކަމާއި ބޯހިޔާވަރިހިކަމާއި ގުޅޭ ދެ ގާނޫނެއްގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުން. އެއީ ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލްތައް ބަޔާންކުރާ ޓެނެންސީ އެކްޓް އާއި އެއްމެދު އިމާރާތްތަކާބެހޭ އުސޫލްތައް ކަނޑައަޅައިދޭ ކޮންޑޮމީނިއަމް އެކްޓް."

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގަިއ ހިނގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި ނެޝަނަލް ހައުސިން ކޯޕަރޝޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި އަމާޒަކީ މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށް ވުރެ ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގައި ތޮއްޖެހުން ނައްތާލައި މާލޭއަކީ މާލޭގައި ދިރިއޫޅޭ މީހުންނަށާއި މާލެއަށް ޒިޔާރަތް ކުރާ މީހުންނަށް ވެސް ހިތްފަސޭހަ އަމާން މާހައުލަކަށް ހެދުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް އިމާރާތެއް ނުހެދުމަށް މި ސަރުކާރުން ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވި އެވެ، އަދި މާލޭގައި މިހާރު ހުރި ބައެއް ބިންތައް ހުސްކޮށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އަމާންކަމާއެކީގައި އުޅެވޭ ފަދަ ޖަޒީރާ މާހައުލަކަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް