Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފަސްޓްލޭޑީ ފަޒޫ

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރަސްމީ މުނާސަބަތުތަކުގައި އަބަދުވެސް ތުރުކުރައްވާތަން ފެންނަނީ ދިގުހެދުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2019 | އަންގާރަ 13:56
ފަސްޓްލޭޑީ ފަޒްނާ އަހުމަދު އެކަމަނާގެ ހެދުންކޮޅާއި އެކު ބޭނުންކުރެއްވި ބޮލުފޮތިކޮޅު

ފަސްޓްލޭޑީ ފަޒްނާ އަހުމަދު އެކަމަނާގެ ހެދުންކޮޅާއި އެކު ބޭނުންކުރެއްވި ބޮލުފޮތިކޮޅު

އެކި މުނާސަބަތުތަކާ ގުޅުވައިގެން ދިވެހިރާއްޖޭގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު ތުރުކުރައްވަނީ ވަރަށް ސާދާ އަދި އެ މުނާސަބަތަކާ ވަރަށް ގުޅޭ ހެދުންކޮޅުތަކެކެވެ.

ސްރީ ލަންކާގެ 71 ވަނަ މިނިވަން ދުވަހު އެކަމަނާ ތުރުކުރައްވައިގެން ހުންނެވީ ވެސް ވަރަށް ހިތްގައިމު އެ މުނާސަބާއަށް ވަރަށް ވެސް ގުޅޭ ދިގުހެދުންކޮޅެކެވެ. އެކަމަނާ އެ ހެދުންކޮޅު ތުރުކުރެއްވި ދުވަސް، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކެންސަރު ދުވަހަށް ވެގެން ދިއުމަކީ އިއްތިފާގެއްތޯ ނުވަތަ ނޫންތޯ ނޭނގެއެވެ.

ލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ ހަފްލާގައި އެކަމަނާ

އެހެން ނަމަވެސް އެކަމަނާގެ މި ފަހަރުގެ ދިގުހެދުންކޮޅު ފަރުމާކޮށްދިން ފަރާތަށް ޝުކުރު އަދާކުރައްވަމުން އަމިއްލަފުޅު ފޭސްބުކްގައި ލިޔުއްވާފައި ވެއެވެ.

"ލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ ހަފްލާގައި ބައިވެރިވުމަށް ލިބުމަކީ ފަޚްރެއް. މިއަދަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަށް ވެސް ވެފައި، މިއަދު އަޅުގަނޑުލައިގެން މި ހުރި ހެދުން ޑިޒައިންކޮށްދިނީ ކެންސަރު ބަލިން ސަލާމަތްވެފައި ހުރި ލަންކާގެ ޑިޒައިނަރއެއް. ޝުކުރިއްޔާ ސޭންޑީ ޖަޔަސޫރިޔާ. ވަރަށް ރީތި ވަރަށް މޮޅު،" އެކަމަނާ ލިއުއްވާފައިވެއެެވެ.

އެކަމަނާގެ ފޭސްބުކް ޕޯސްޓްގެ ސްކްރީން ޝޮޓެއް

ލަންކާގެ މިނިވަން ދުވަހު ތުރުކުރައްވައިގެން ހުންނެވީ ރަތްކުލައިގެ ދިގުހެދުންކޮޅެކެވެ. ލަންކާގެ ޑިޒައިނަރެއް ލައްވާ އެ ހެދުން ޑިޒައިން ކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކަށްވާނީ އެ މުނާސަބަތާ ވީހާ ވެސް ބޮޑަށް ގުޅުވާލުން ކަމުގައި ބެލެވެއެވެ.

ފަސްޓްލޭޑީގެ ފޭސްބުކް ޕޯސްޓްގައި ޝެއާކުރެއްވި ފޮޓޯފުޅެއް

ހެދުމުގެ މައިގަނޑު ކުލައަކީ ރަތްކުލައެވެ. އަދި ކުރިމަތިން ތިން ދިމާލަކުން ސާމަރާ ދޫނީގެ ތިން ފަތް ފެން ނަގޮތަށް ހުއްޓެވެ. އަދި ރަތްކުލައިގެ ބޮލުފޮތިކޮޅެއްގައި ކުދިކުދި ފިޔަތަކެއް ގޮތަށެވެ. މި ޑިޒައިނާ އެކު އެކަމަނާ މި ހެދުމުގައި ފެންނަނީ ވަރަށް ޗާލުކޮށެވެ. ކޮންމެއަކަސް އެކަމަނާގެ މި ހެދުންކޮޅު ވެސް ވަރަށް ރީތިވެފައި ހިތްގައިމެވެ. އެކަމަނާގެ ހެދުންކޮޅުތަކުގެ ތެެރެއިން ދެން އެންމެ ފާހަގަކޮށްލެވުނު އެއް ހެނދުން ކޮޅަކީ، ފިރިކަލުން ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ތުރުކުރެއްވި "ޖަޒީރާ" ސިފަ ދައްކުވައިދޭ ދިގުހެދުން ކޮޅެވެ. އެފަހަރު އެ ހެދުންކޮޅު ޑިޒައިންކޮށްފައި ވަނީ ދިވެހި ބްރޭންޑް "އައިލެންޑް ބާޒާރު" އިންނެވެ. އެ ހެދުންކޮޅުގެ ޑިޒައިނާއި މުނާސަބަތާ އެހާމެ ގުޅޭއެވެ. އެ ހެދުންކޮޅު ވަރަށް ގިނަ ބަޔަކަށް ކަމުގޮސްގެން އެވާހަކަ ދެއްކިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެކަމަނާ ތުރުކުރެއްވި ހެދުންކޮޅު

ހަމަ އެއާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި، އާގަރާގައި ހުންނަ ދުނިޔޭގެ މަޝްހޫރު ބިނާ ތާޖުމަހަލް ބައްލަވާލެއްވުމަށް ޒިޔާރަތްކުރެއްވި ދުވަހު ތުރުކުރައްވައިގެން ހުންނެވީ ވެސް އެހާމެ ރީތި ހެދުންކޮޅެކެވެ. އެ ބިނާގެ ކުލަތަކާއި އެތަނުގެ މާހައުލާ އެހާމެ ގުޅެއެވެ.

ތާޖުމަހަލް ބައްލަވާލެއްވުމަށް ޒިޔާރަތްކުރެއްވި ދުވަހު ތުރުކުރެއްވި ހެނދުންކޮޅު

ލަންކާއަށް ފުރާވަޑައިގެންނެވި ދުވަހު ތުރުކުރެއްވައިގެން ހުންނެވި ހެދުންކޮޅަކީ ވެސް ވަރަށް ސިމްޕަލް ހިތްގައިމު ހެދުންކޮޅެކެވެ. ހެދުންކޮޅުތައް އިޚްތިޔާރުކުރައްވާއިރު މިފަދަ ބޮޑެތި މުނާސަބަތުތަކުގައި ބޭރު ގައުމުތަކަށް ވަޑައިގަންނަވާއިރު ވެސް އަދި އެ ގައުމުތަކުގެ ރަސްމީ ހަފްލާތަކުގައި ވެސް އެކަމަނާ ފެންނަނީ ދިވެހިވަންތަ ފާސްކުރި ނަމްބަރު ހެނދުންކޮޅު ނުވަތަ ދިގުހެދުންކޮޅުގައެވެ.

ލަންކާއަށް ފުރާވަޑައިގެންނެވި ދުވަހު

ރައްޓެހިންނާއި އާއިލާގެ ބޭފުޅުން ވެސް ސިފަކުރައްވާ ގޮތުގައި އެކަމަނާއަކީ އާދައިގެ ދިރިއުޅުއްވުމަށް ލޯބިކުރައްވާ މިޒާޖުގައި ސާދާ ބޭކަނބަލެކެވެ. އެހެނަސް ވަރަަށް "ކްރިއޭޓިވް" ކަނބަލެއްވެސްމެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު