Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މައުމޫނާ ޕީޕީއެމް ހަވާލުކުރުން

މައުމޫނާ ޕީޕީއެމް ހަވާލުކުރުމުގެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ދެ މެންބަރަކު ހުށަހަޅާފައި ވަނީ ރައީސް މައުމޫނާ ޕާޓީގެ ހިންގުން ހަވާލުކުރުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2019 | އަންގާރަ 08:29
ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް

ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް

ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ސިވިލް ކޯޓުން އެ މައްސަލަ ނުބެލޭނެ ކަމަށާއި، އެ މައްސަލަ ބާތިލުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫނުގެ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ، ސުޕްރީމް ކޯޓުން އެ މައްސަލައިގެ ފައިލުތައް ނަގާފައި ވަނީ ޕީޕީއެމްގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް އެ މައްސަލަ ހުށައަޅައި މައްސަލަ ރަޖިސްޓާރ ވެސް ކުރި ފަހުން ކަމަށެވެ.

ޕީޕީއެމްގެ އާންމު ދެ މެމްބަރުން ކަމަށްވާ އަލީ އަހުމަދާއި އަހުމަދު ރަޝީދު ހުށަހެޅި ދެ މައްސަލަ ނުބެލޭނެ ކަމަށް ޕީޕީއެމްގެ ފަރާތުން ވަކާލާތު ކުރެއްވި އިބްރާހީމް ރިޒާ ވަނީ ވިދާޅުވެފައެވެ. އެފަރާތުން ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ މީގެ ކުރިން އެ މައްސަލަ ނިންމައި އޭރު ޕާޓީގެ މުސްތަޝާރަކަށް ހުންނެވި އަބްދުﷲ ޔާމީނާ ޕާޓީ ހަވާލުކޮށްފައިވާ ކަމަށާއި، ސިވިލް ކޯޓުގެ އެ ހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފައިސަލް ވިދާޅުވީ، ޕީޕީއެމްގެ އާންމު ދެ މެމްބަރުން ހުށައަޅާފައިވާ މައްސަލައަކީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ބަލާފައިވާ މައްސަލައެއް ނޫން ކަމަށާއި، އޭރު ހުށައެޅި މައްސަލައަކީ ރައީސް މައުމޫނު ޕީޕީއެމްގެ ކަންކަން ރަނގަޅަށް ނުހިންގާ ކަމަށް ބުނެ ހުށައެޅި މައްސަލައެއް ކަަމަށެވެ. އަދި މިހާރު ހުށައަޅާފައިވާ މައްސަލަ އާއި ކުރިން ނިންމާފައިވާ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، 17 ޖެނުއަރީ 2013 ގައި ބޭއްވި ޕީޕީއެމްގެ ޤައުމީ މަޖިލީހުން އެޕާޓީގެ ރައީސަކަށް މައުމޫނު ހަމަަޖައްސާފައިވާ ކަމަށާއި، އޭގެ ފަހުން ޕީޕީއެމް އިން ބޭއްވި ކުއްލި ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނާތީ، ޕީޕީއެމްގެ މިވަގުތު މުސްތަޝާރެއް ނެތުމާ އެކު، އެ ޕާޓީގެ ހިންގުން ރައީސް މައުމޫނާ ހަވާލުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަން ބަޔާންކޮށްފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ނިންމައި މައްސަލަ ބާތިލުކޮށްފައެވެ.

ޕީޕީއެމްގެ މިލްކުވެރިކަމާ ގުޅޭ މައްސަލަތަކެއް ކޯޓުތަކަށް ހުށަހެޅި މައްސަލަ ނުނިމި ލަސްވަމުން ދާތީ ރައީސް ޔާމީން އަޑީގައި ހުންނަވައިގެން އެ ޕާޓީގެ އިސް ބޭފުޅުން މެދުވެރިކޮށް އާ ޕާޓީއެއް ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ވަނީ ޕާޓީއެއް އުފައްދާފައެވެ. އަދި ރައީސް މައުމޫނު ވެސް ވަނީ މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް)ގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު