Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވިއަންގެ ޕައިލެޓުން

ޕައިލެޓުންނަށް ވަގުތީ ހައްލެއް، މިއަދު އުދުހޭނެ!

3 ފެބުރުއަރީ 2019 | އާދީއްތަ 21:57

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވަނީ ޕައިލެޓުންނާއި ބައްދަލުކުރައްވާފަ

އަލީ ސަމާޚް
އަލީ ސަމާޚް | 3 ފެބުރުއަރީ 2019 | އާދީއްތަ 21:57
މޯލްޑިވިއަންގެ ފްލައިޓެއް ފުރަން ތައްޔާރުވެފައި

މޯލްޑިވިއަންގެ ފްލައިޓެއް ފުރަން ތައްޔާރުވެފައި

ގައުމީ އެއާލައިން, މޯލްޑިވިއަންގެ ޕައިލެޓުންގެ ކަންބޮޑުވުންތަކަށް ވަގުތީ ހައްލެއް ލިބިއްޖެ ކަމަށާއި، ހުރިހާ ޕައިލެޓުންވެސް ހޯމަ ދުވަހު ޑިއުޓީއަށް ނުކުންނާނެ ކަމަށް ޕައިލެޓުން ބުނެފިއެވެ.

މޯލްޑިވިއަންގެ 25 އަށްވުރެ ގިނަ ޕައިލެޓުން، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއިމެދު ކުންފުނިން އިހުމާލުވާ ކަމަށްބުނެ، ޑިއުޓީއަށް ނުނުކުތުމަށް ނިންމާފައި ވަނީ އާދިއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

ހަޅުތާލު އިއުލާނުކޮށް، ޕައިލެޓުންގެ ފަރާތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން މަގާމުން ވަކިކުރުމަށެވެ.

ނަން ނުޖަހަން ޝަރުތުކޮށް ރާއްޖެއެމްވީއާއި ވާހަކަ ދެއްކި ޕައިލެޓަކު ބުނީ، އެ މައްސަލައަށް ވަގުތީ ހައްލެއް ގޮތުން ފްލައިޓް އޮޕަރޭޝަންސް މަސްއޫލިއްޔަތު އެހެން މީހަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ޕައިލެޓުން އިހްތިޖާޖް ކުރަން ފެށުމުން ޕައިލެޓުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާދިއްތަ ދުވަހުގެރޭ ވެލާނާގޭގައި ޕައިލެޓުންނާއި ބައްދަލުކޮށްފައިވާ ކަމަށްވެސް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ޕައިލެޓް ބުންޏެވެ.

އޭނާ ބުނީ، ޕައިލެޓުންނަށް ދިމާވެފައިވާ ކަންތައްތަކަށް ދާއިމީ ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ނަހުލާ ދެއްވާފައިވާ ކަމަށެވެ.

މި ކަންކަން ހިނގައިދިޔައިރު މިކަމާއި ގުޅިގެން އައިލެންޑް އޭވިއޭޝަން އިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕައިލެޓުންގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް، ޕައިލެޓުން ހަޅުތާލު އިއުލާނު ކުރިއިރު، މީގެ ކުރިން ސޯޝަލް މީޑިއާގައި ލީކުވި އޯޑިއޯތަކަކުންވެސް މޯލްޑިވިއަންގެ ޕައިލެޓުންގެ ހިތްހަމަނުޖެހުންތައް ހުރިކަން ވަނީ ހާމަވެފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޮގަސްޓު މަހު އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ބޯނަސް ދޫކުރި ގޮތާމެދު ހިތްހަމަނުޖެހިގެން، ގިނަ އަދަދެއްގެ ކެބިން ކްރޫއިންތަކެއްވެސް ވަނީ ހަޅުތާލުކޮށްފައެވެ. ކެބިންކްރޫއިން ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތްކުރުމަށް އުޒުރުވެރިވުމުން، މޯލްޑިވިއަންގެ ބައެއް ޑޮމެސްޓިކް ފްލައިޓްތަކުގެ ދަތުރުތައް އޭރު ކުރިއަށް ގެންގޮސްފައިވަނީ ތަމްރީނު ފުރިހަމަނުވާ ކެބިންކްރޫއިންނާއި އެކުގައެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް