Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ އާއި އިންޑިއާ

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ރައީސް ޔާމީން 2016 ވަނަ އަހަރު އިންޑިއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައި

ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2019 | ހޮނިހިރު 12:15
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާ ދެމެދު ގާއިމުކުރެވުނު އަސްކަރީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި އިންޑިއާ ދެމެދު ގާއިމުކުރެވުނު އަސްކަރީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ މަދު ބަޔަކާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުމެން ފަދަ ބޭބޭފުޅުންނަށް ހީވަނީ ކޮންމެ ރެއަކު ބިރުވެރި ހުވަފެންތަކެއް ފެންނަ ހެންނެވެ.

ކޮންމެ ދުވަހަކު ކޮންމެވެސް ޒާތެއްގެ ބިރުވެރި ވާހަކައެއް ރަށުތެރޭގައި މި ބައިމީހުން ދައްކައިގެން ކަމުގެ ހަޤީގަތް ބަލާލާއިރު، ގިނަ ފަހަރު އެކަމެއް ވަނީ ޚިޔާލީ ވާހަކަ އަކަށެވެ. ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލުމެން ފަދަ ބޭބޭފުޅުންނަށް ލޮލުފިޔަ ނުޖެހިގެން މި ޤައުމު ވިއްކާލަން ބަޔަކު އުޅޭތީ ޓްވީޓްތައް ކުރައްވާއިރު، ޚަލީލު ނިސްބަތްވާ ފ. އަތޮޅު ވިއްކާލަން ރައީސް ޔާމީން ކުރެއްވި މަސައްކަތާއި، އެމަސައްކަތަށް ޚަލީލު ދެއްވި އެއްބާރުލުން ދިވެހިން އަދި ހަނދާނެއް ނުނެތެވެ.

އިހަކަށް ދުވަހު ޚަލީލު ކުރެއްވި ޓްވީޓަކުން އެއީ ފިލްމެއްގެ މަންޒަރެއްތޯ ނުވަތަ ފިލްމެއް ހަދަން ލިޔެފައިވާ ސްކްރިޕްޓެއްގެ ބައެއްތޯ ސުވާލު އުފެދުނެވެ. ކޮންމެވެސް ސިއްރު ޑީލްތަކެއް ސަރުކާރުން ހަދާ ވާހަކަތަކާއި، ރާއްޖޭގެ މިނިވަންކަން ގެއްލޭ ޒާތުގެ ކަންކަން މިސަރުކާރުން ކުރާ ކަމަށް ޚަލީލު ވިދާޅުވާއިރު، ޕީއެޗްޑީއެއް އޮތެއް ކަމަކު ޚަލީލު މަޖިލީހުގައި އިންނަވަން ކުފޫ ހަމަވޭތޯ ސުވާލު އުފައްދާ ބަޔަކު ވެސް ތިބެއެވެ. އެހެނީ ޚިޔާލީ ވާހަކަތަކާއި ހަޤީގަތް ވަކިކުރަން ނޭނގޭ، އަދި ސަރުކާރެއްގެ ތެރޭގައި ކަންކަން ހިނގާ ގޮތާއި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ކަންކަން ވަކިކުރަން ނުދަންނަ މީހަކު މަޖިލިސް މެމްބަރަކަށް ބަހައްޓަން ކުފޫ ހަމަވޭތޯ ރައްޔިތުން ނާހާނެ ގޮތަކީ ނެތް ގޮތެކެވެ.

ޔާމީންގެ ސަރުކާރަށް ނިސްބަތްވި ބައެއް ބޭފުޅުން މިހާރު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ދައްކާ ވާހަކައަކީ އިންޑިއާ އިން ރާއްޖޭގައި ރާޑަރުތަކެއް ބަހައްޓައި، އެރާޑުތައް ބަލަހައްޓަން ރާއްޖެއަށް ސިފައިން ގެންނަ ކަމަށް ބުނެ ދައްކާ ވާހަކަތަކެކެވެ. މިއީ ކިހިނެއް އެ މީހުންގެ ވިސްނުމަށް އައިސްގެން އުޅޭ ވާހަކަތަކެއްތޯ ސުވާލު އުފެދެއެވެ. ހަމަގައިމު ވެސް އެފަދަ އެއްބަސްވުންތަކެއްގައި ރާއްޖެއިން ސޮއިނުކުރާ ކަމަށް ސަރުކާރުން އެބަ ބުނެއެވެ. އަދި ބޭރުގެ ސިފައިން އެގޮތަށް ޤާއިމްވެ ތިބޭނަމަ، ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮންނަން ޖެ ހޭކަމަށް ޤާނޫނު އަސާސީގައި އެބައޮތެވެ. ކަމުގެ ހަޤީގަތް ބަލާއިރު، މިކަމެއް ކުރަން ރާވާފައި އޮތީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.

އިންޑިއާ ސިފައިންނޭ ކިޔާ އަނެއްކާވެސް ދައްކައިގެން މިއުޅޭ ވާހަކަތަކެއް ފެށުނީ ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ވަޑައިގަތުމުންނެވެ. އެކަމަނާ އިންޑިއާއަށް ވަޑައިގެން އެޤައުމުގެ ދިފާޢީ ދާއިރާގެ ފަރާތްތަކާ އެކު ކުރެއްވި މަޝްވަރާތަކުގައި މަޝްވަރާކުރައްވަން ޖެހިވަޑައިގަތް ކަންކަމަކީ 2016 ވަނަ އަހަރު ޔާމީން އިންޑިއާއަށް ވަޑައިގެން އިންޑިއާއާއެކު ވެވަޑައިގެންނެވި އެއްބަސްވުމެއްގައި ހުރި ކަންކަމެވެ.

ދިފާޢީ ދާއިރާގެ އެއްބާރުލުމާއި ބެހޭ އެކްޝަން ޕްލޭނެއް އެކުލަވާލައި، އޭގައި އިންޑިއާއާއި ރާއްޖެއިން ސޮއެކުރީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ. އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ ޔާމީން އިންޑިއާއަށް ކަނޑައެޅި ސަފީރު އަހުމަދު މުހައްމަދެވެ. އިންޑިއާގެ ފަރާތުން ސޮއެކުރެއްވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޖީ. މޯހަން ކުމާރެވެ.

އިންޑިއާ އިން ރާއްޖޭގައި ރާޑަރުތައް ބަހައްޓަން އުޅޭކަމަށާއި، އެކަން ކުރަނީ މިސަރުކާރުން ސިއްރުން ކަމަށް ބުނެ އޮޅުވާލައިގެން ވާހަކަތަކެއް ދައްކާއިރު، ރާޑަރުތަކާއި އެމްޑީޕީގެ ސަރުކާރުތަކާ ހަޤީގަތުގައި އެއްވެސް ގުޅުމެއް ނެތެވެ.

ރާއްޖޭގައި އިންޑިއާ އިން ޤާއިމްކުރި ތިން ރާޑަރު ސިސްޓަމްގެ ތެރެއިން ފުރަތަމަ ރާޑަރު އައްޑޫ ގަމުގައި ބެހެއްޓީ ރައީސް މައުމޫންގެ ވެރިކަމުގައި 2007 ވަނަ އަހަރުއެވެ. އަދި ދެވަނަ ރާޑަރު ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ބެހެއްޓި އިރު ފަހު ރާޑަރު ލ. ކައްދޫގައި އިންޑިއާ އިން ބެހެއްޓީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހު ރައީސް ޔާމީންގެ ވެރިކަމުގައެވެ. މި ތިން ރާޑަރަކީ އެމްޑީޕީ ވެރިކަމަށް އައުމުގެ މާކުރިން 2006 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބެހެއްޓުނު ތިން ރާޑަރެވެ.

މި ތިން ރާޑަރުގެ އިތުރުން، އިތުރު ހަތް ރާޑަރު ސިސްޓަމް ރާއްޖެއަށް ގެނައުމަށް އިންޑިއާ އިން ހުށަހެޅި ހުށަހެޅުމަށް 2013 ވަނަ އަހަރުގެ އެޕްރީލްމަހު ރާއްޖެއިން މަރުހަބާކީއިރު، އޭރު ހިނގަމުން އައި ވެރިކަމުގައި ރައީސް ޔާމީނަކީ މުހިއްމު ބައިވެރިއެކެވެ. އަދި އެރާޑަރުތައް ބަހައްޓަން ބުޑުތައް ޖެހީ ޔާމީންގެ ސަރުކާރުގައެވެ.

މި ފަހަރު ޑިފެންސް މިނިސްޓަރ މާރިޔާ އިންޑިއާއަށް ވަޑައިގެން އެފަދަ އެއްބަސްވުމެއްގައި ސޮއެކުރައްވާފައި ނުވާއިރު، ރާޑަރުތަކުގެ މައްސަލައިގައި ވާހަކަ ދައްކާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރީ، 2016 ވަނަ އަހަރު ޔާމީންގެ ސަރުކާރުން ސޮއެކުރި އެއްބަސްވުމުގައި އެވާހަކަތައް އޮތުމުންނެވެ. އޭގައި އޮތް އެއްޗެއް ރަނގަޅަށް އެނގޭނީ ޔާމީންގެ އަރިސް މީހުންނަށް ކަމަށްވާއިރު، އެ މީހުން އެވާހަކަތައް ދައްކާތީ ހައިރާނެއް ވެސް ނުވެއެވެ.

ރައްޔިތުންނަށް އޮޅުވާލަން ޚަލީލުމެން އުޅުއްވިޔަސް، ދިވެހި ރައްޔިތުންނަށް މި ވާނުވާ އެނގެއެވެ. މި ދިވެހިރާއްޖެ ދަރަނިވެރިކޮށް، އިސްތިޤްލާލު ބޭރު ބަޔަކަށް ވިއްކާލީ ޔާމީން ސަރުކާރުންނެވެ. އެހެން ބައެއް ނޫނެވެ. މީގެ ކުރިން ވެސް 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރަށް ޚަލީލުމެން ބޭނުންކުރެއްވީ ހަމަ ތިޔަ ހަތިޔާރެވެ. ދީނަށްޓަކައި، ގައުމަށްޓަކައި ޖީއެމްއާރު ބޭރުކުރުމުގެ ނަމުގައި ހަގީގަތުގައި ހިންގި "ބަޣާވާތުގެ" ހިތި ރަހަ ދިވެހިންނަށް ބެލިއްޖެއެވެ. އެހެންކަމުން މިހާރު ތިޔަހެން ދައްކަވާ ވާހަކައެއް ގަބޫލުކުރާ ވަރަށް ވުރެ ދިވެހިން ހޭލުންތެރިވެއްޖެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު