Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުލަކްސް ނޯތު މާލެ އެޓޯލް ރިސޯޓް

ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓް ކ.އޮޅަހަލީގައި ހުޅުވައިފި

2 ފެބުރުއަރީ 2019 | ހޮނިހިރު 04:45

މިއީ ރާއްޖޭގައި ހުޅުވި ލަކްސް މަރުކާގެ ދެވަނަ ރިސޯޓް

އަމަން ހަލީމް
އަމަން ހަލީމް | 2 ފެބުރުއަރީ 2019 | ހޮނިހިރު 04:45
ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓްގެ މޫދު ވިލާތައް ފެންނަގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް

ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓްގެ މޫދު ވިލާތައް ފެންނަގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ މަތީ ފަންތީގެ ޓޫރިސްޓު ހޮޓާތަކާއި ރިސޯޓްތައް ހިންގަމުން އަންނަ ލަކްސް ކަލެކްޓިވްއިން މާލެ އަތޮޅު އޮޅަހަލީގައި ތަރައްގީ ކޮށްފައިވާ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

ލަކްސް ނޯތު މާލެ ރަސްމީކޮށް ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. ރިސޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރުގެ އިތުރުން ލަކްސް ކަލެކްޓިވްގެ ސީއޯއޯ ޑޮމިނިކް ރޫލް އާއި ލަކްސް ނޯތު މާލެ އެޓޯލްގެ ޖެނެރަލް މެނޭޖަރު ޖޯން ރޮޖަރސް ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ރިސޯޓް ހުޅުއްވައި ދެއްވުމަށް ފަހު ދެއްކި ވާހަކަފުޅުގައި އަލީ ވަހީދު ވިދާޅުވީ ލަކްސް ނޯތު މާލެއަކީ ތަފާތު ގޮތަކަށް ފަރުމާކުރެވިފައިވާ ފުރިހަމަ ރިސޯޓެއް ކަމަށެވެ. ރިސޯޓުގައި ދިވެހި މުވައްޒަފުން ގިނަކަން ފާހަގަ ކުރައްވާ އަލީ ވަހީދު ވަނީ އެކަމަށް ރިސޯޓްގެ މެނޭޖްމަންޓަށް ތައުރީފުކުރައްވާފައެވެ.

"ލަކްސް ނޯތް މާލެ އެޓޯލަކީ ތަފާތު ކޮންސެޕްޓަކަށް ފަރުމާކުރެވިފައިވާ ރިސޯޓެއްކަން ފެނިގެން ހިނގައްޖެ. ފަތުރުވެރިކަމުގެ ދާއިރާއަށް މިފަދަ ތަފާތު ކޮންސެޕްޓް ތައާރަފުކުރުމަކީ މިނިސްޓްރީން މަރުހަބާ ކިޔާނެކަމެއް. ފާހަގަކުރެވޭ މިރިސޯޓުގައި ދިވެހި މުވައްޒަފުން ގިނަކަން. މިއީ ވަރަށްވެސް މުހިންމުކަމެއް." އަލީ ވަހީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލަކްސް ކަލެކްޓިވްގެ ސީއޯއޯ ޑޮމިނިކް ރޫލް ވިދާޅުވީ ލަކްސްގެ މި ރިސޯޓަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ތަފާތު ތަޖުރިބާއެއް ފޯރުވައިދިނުމަށް ފަރުމާކުރެވިފައިވާ ރިސޯޓެއް ކަމަށެވެ. އަދި ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދޭން ބޭނުންވަނީ ދިވެހި މުވައްޒަފުންނާއި އެކުގައި ކަމަށް ބުނެ ރޫލް ވަނީ ރިސޯޓުގައި ވަޒީފާ އަދާކުރަން ބޭނުންވާ ދިވެހިންނަށް މަރުހަބާ ކިޔާފައެވެ.

ސިންގަޕޫރުގެ މިއާޖާ ޑިޒައިން ގްރޫޕުން ފަރުމާކޮށްފައިވާ ރިސޯޓަކީ އާއްމު ގޮތެއްގައި ރާއްޖޭގައި ފެންނަ ފަން ބޭނުންކޮށްގެން ފަރުމާކޮށްފައި ހުންނަ ވިލާތަކާއި ހިލާފަށް މުޅިން ހުދުން ހަދާފައިވާ 67 ޕެންޓްހައުސް ވިލާ އެކުލެވޭ ރިސޯޓެކެވެ. ދެ ފަންގިފިލާ ހިމެނޭ ވިލާތައް ފަރުމާކޮށްފައިވަނީ ކަނޑުގައި އޮތް ޔޮޓެއްގެ ސިފަ އަސްލަކަށް ބަލައިގެންނެވެ.

ރިސޯޓުގެ ކޮންމެ ވިލާއެއްގައި ޕޫލްއެއްގެ އިތުރުން ރޫފްޓޮޕް ލޯންޖެއް ހިމެނެއެވެ. މިއީ ހުރިހާ ވިލާއެއްގައި ރޫފްޓޮޕް ލޯންޖެއް ހިމެނޭ ރާއްޖޭގެ ހަމައެކަނި ރިސޯޓެވެ. މި ރިސޯޓުގައި ހުންނަ އެންމެ ބޮޑު އޯވަރ ވޯޓަރ (މޫދުގައި ހަދާފައިވާ) ޕެންޓްހައުސް ވިލާއަކީ ޔޮޓުތަކަށް ވެސް ބަނދަރުކުރެވޭ ގޮތަށް ހަދާފައި ހުރި ވިލާއެކެވެ.

ރިސޯޓުގައި ލިބެން ހުންނަ އިތުރު ހިދުމަތްތަކުގެ ތެރޭގައި، ކެއިންބުއިމަށް 7 ރެސްޓޯރަންޓާއި، ސްޕާގެ ހިދުމަތްތަކާއި، ކިޑްސް ކްލަބްގެ އިތުރުން ފީނުމާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ވެސް ހިމެނެއެވެ.

އދ.ދިއްދޫފިނޮޅުގައި ހިންގާ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ވެސް ހިންގަމުން އަންނަ ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސް އިން ހުޅުވި ލަކްސް ނޯތު މާލެއަކީ ރާއްޖޭގައި ހުޅުވުނު ލަކްސް މަރުކާގެ ދެވަނަ ރިސޯޓެވެ. މި ކުންފުނިން މޮރިޝަސް، ތުރުކީ، ޗައިނާ އަދި ފްރެންޗް ރީޔޫނިއަންގައި ރިސޯޓްތައް ހިންގަމުން އަންނަ އިރު، އެ ކުންފުނިން ދަނީ ފަރަންސޭސްވިލާތް، އިޓަލީ، ވިއެޓްނާމް އަދި ޔޫ.އޭ.އީގައި ވެސް ރިސޯޓްތަކެއް ތަރައްގީ ކުރަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 މެއި 2018

ތޮއްޑޫއިން މި ރޯދަ މަހު ތިން ލައްކަ ކިލޯގެ ކަރާ މާލެ ގެންނާނެ

15 މެއި 2018
ތޮއްޑޫއިން މި ރޯދަ މަހު ތިން ލައްކަ ކިލޯގެ ކަރާ މާލެ ގެންނާނެ
24 އެޕްރީލު 2018

ފާއިތުވި ހަފްތާގައި ދަނޑުވެރިކަމުގެ ބާވަތްތަކުގެ 71 އިންސައްތަ މާލެ ގެނެސްފައި ވަނީ އއ. އަތޮޅާއި ކ. އަތޮޅުން

24 އެޕްރީލު 2018
ފާއިތުވި ހަފްތާގައި ދަނޑުވެރިކަމުގެ ބާވަތްތަކުގެ 71 އިންސައްތަ މާލެ ގެނެސްފައި ވަނީ އއ. އަތޮޅާއި ކ. އަތޮޅުން
06 ފެބުރުއަރީ 2018

ސެލްފް ސާރވިސް ބޭންކިންގ ސެންޓަރެއް ޤާއިމްކޮށް ވިލިމާލެ ބްރާންޗަށް ޒަމާނީ ބަދަލުތަކެއް ބީއެމްއެލް އިން ގެނެސްފި

06 ފެބުރުއަރީ 2018
ސެލްފް ސާރވިސް ބޭންކިންގ ސެންޓަރެއް ޤާއިމްކޮށް ވިލިމާލެ ބްރާންޗަށް ޒަމާނީ ބަދަލުތަކެއް ބީއެމްއެލް އިން ގެނެސްފި
30 ޑިސެމްބަރު 2017

އޮޅަހަލި އައިލެންޑް ރިސޯޓް މިއަންނަ އަހަރު ހުޅުވަނީ

30 ޑިސެމްބަރު 2017
އޮޅަހަލި އައިލެންޑް ރިސޯޓް މިއަންނަ އަހަރު ހުޅުވަނީ
22 އޯގަސްޓު 2017

މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވައިފި

22 އޯގަސްޓު 2017
މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވައިފި
06 ޖޫން 2017

ރ އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފި

06 ޖޫން 2017
ރ އަތޮޅުގައި ތަރައްޤީކުރި ދިގަލި ރިސޯޓް ހުޅުވައިފި
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
24 އެޕްރީލު 2017

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

24 އެޕްރީލު 2017
އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި
09 އެޕްރީލު 2017

ފޯސީޒަން ރިސޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

09 އެޕްރީލު 2017
ފޯސީޒަން ރިސޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 މާރިޗު 2017

ހޮނޑާފުށި ރިސޯޓް އޭޕްރިލްގައި ހުޅުވަނީ

22 މާރިޗު 2017
ހޮނޑާފުށި ރިސޯޓް އޭޕްރިލްގައި ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް