Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހު

ސިނގިރޭޓް ފޮށީގައި ފޮޓޯ ޖަހައި ވަކިން ސިނގިރޭޓް ވިއްކުން މަނާކޮށްފި

31 ޖެނުއަރީ 2019 | ބުރާސްފަތި 13:54

ދުންފަތުގެ ސަބަބުން ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ގިނަ ކަމަށް ރައީސް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 31 ޖެނުއަރީ 2019 | ބުރާސްފަތި 13:54
ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

ސިނގިރޭޓް ފޮށީގައި ފޮޓޯ ޖަހައި ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމުގެ ގަވާއިދު އިފްތިތާހުކޮށްފިއެވެ.

ދުންފަތުގެ ބާވަތްތަކުގައި ފޮޓޯ ލޭބަލް ޖެހުމާއި ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމާ ބެހޭ ގަވާއިދު ބުރާސްފަތި ދުވަހު އިފްތިތާހް ކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އާސަންދައިން ކޮންމެ އަހަރަކު އެންމެ ގިނަ ހޭދައެއް ކުރަން ޖެހެނީ ދުންފަތާ ގުޅުން ހުރި ބަލިތަކަށް ކަމަށެވެ. އަދި ހަމައެއާ އެކު މި ކަމަކީ ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ދުންފަތާ ގުޅުން ހުރި ބަލިތަކުގެ ސަބަބުން ދެ އަތް އުރާލައިގެން މި އަޑުތައް އަހަން ތިބެވެން މިއަދަކު ނެތް ކަމަށާއި، ދުންފަތާ މެދު އިތުރަށް ހޭލުންތެރި ކުރަންޖެހޭ ކަމަށެވެ.

ބުރާސްފަތި ދުވަހު ގެޒެޓްގައި އެކުލަވައިލެވުނު މި ގަވާއިދުގެ އެންމެ ބޮޑު ބޭނުމަކީ ދުންފަތުގެ ގެއްލުމާ މެދު އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ވަކިން ސިނގިރޭޓް ވިއްކުން ހުއްޓުވުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

''ދުވާލަކު ސިނގިރޭޓް ފޮށްޓެއް ބޭނުންކުރާ މީހަކަށް، އަހަރެއްގެ ތެރޭގައި ހަތްހާސް ތިންސަތޭކަ ފަހަރު މި އިންޒާރުގެ މެސެޖް ފެންނާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިފަދަ އިންޒާރުތައް ފެނި، އާންމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވުމުން، ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުވެގެންދާނެ. އަދި މިއީ ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު މަދުކޮށް، އަޅުގަނޑުމެންގެ މުސްތަޤްބަލުގެ ރައުސްމާލު، ދުންފަތުން ރައްކާތެރި ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް،'' ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކޮށް ވިއްކާ ދުންފަތުގެ އުފެއްދުންތަކުގައި، 2004 ވަނަ އަހަރުން ފެށިގެން އިންޒާރުގެ މެސެޖްތައް ޖަހަމުން އައީ، ވަރަށް ފަނޑުގޮތަކަށް ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އޭރު ޖަހަން ފެށި މެސެޖްތަކަށް މިހާތަނަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި ދުންފަތުގެ އިސްތިޢުމާލުކުރާ މިންވަރު އިތުރުވެގެން ހިނގައްޖެ ކަމަށެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިމާލުކުރާ މީހުން އަދަދު ގިނަވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކުން މަހެއްގެ މައްޗަށް 1800 އާއި 3500 ދެމެދުގެ އަދަދެއް ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހޭދަކުރާ ކަމަށެވެ. އަދި ރާއްޖެ ފަދަ ކުޑަ އާބާދީއެއްގެ ނިސްބަތުން އެ އަދަދަކީ ބޮޑު އަދަދެއް ކަމަށެވެ.

''ރާއްޖޭގައި މިހާރު އެންމެ ގިނަ މީހުން މަރުވަނީ ގައިން ގަޔަށް ނާރަ ބަލިތަކުގެ ސަބަބުން. ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓޮރޯކާ ފުއްޕާމޭގެ ބަލިތަކާއި ކިޑްނީ އާއި ގުޅުން ހުރި ބަލިތަކުގައި،'' އެމަނކިފާނު ވިދާޅުވިއެވެ.

މި ފަދަ ބަލިތަކަށް މީހުން ވާސިލުވާ މައިގަނޑު އެއް ހިރާސްއަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު އިފްތިތާހް ކުރެވުނު މި ގަވާއިދު ރާއްޖޭގެ ސިއްހީ ސިޔާސަތުގެ ތާރީހުގައި މުހިއްމު ދުވަހެއް ކަމަށް ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެކަމުގެ ސަބަބުން ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމާއެއް ބިނާ ކުރުމަށް މުހިއްމު ފިޔަވަޅެއް އެޅޭ ދުވަހެއް ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
02 މާރިޗު 2017

ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

02 މާރިޗު 2017
ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި
01 މާރިޗު 2017

އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި

01 މާރިޗު 2017
އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި
26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
26 ފެބުރުއަރީ 2017

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
16 ފެބުރުއަރީ 2017

ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި

16 ފެބުރުއަރީ 2017
ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް