Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެލައިޑް އިންޝޫރެންސް

އެލައިޑް އިންޝޫރެންސްގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ކުންފުނި "ޕޭޕަރލެސް" ކުރުމުގެ މަސައްކަތް ފެއްޓިކަން ވަނީ އިއުލާންކޮށްފައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2019 | ބުރާސްފަތި 09:01
އެލައިޑް އިންޝޫރެންސްގެ 34 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން

އެލައިޑް އިންޝޫރެންސްގެ 34 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގައި އެއްމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަ އެއް ކުންފުނި ކަމުގައިވާ އެލައިޑް އިންޝުއަރެންސްގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި އެ ކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު އަމީލް ވިދާޅުވީ 2018 ވަނަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި ވެސް އެއްމެ ކާމިޔާބު އެއް އަހަރު ކަމަށެވެ. އެގޮތުން 2017 ވަނަ އަހަރާ އަޅާ ބަލާއިރު ކުންފުނީގެ ފައިދާއަށް 95 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އަމީލް ވިދާޅުވިއެވެ. އަދި 130 މިލިއަން ރުފިޔާގެ ކްލެއިމްސް (ބަދަލު) އެ ކުންފުނިން ދީފައިވާ އިރު، ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ 140 މިލިއަން ޑޮލަރަށް (2.17 ބިލިއަން ރުފިޔާއަށް) އިތުރު ކުރުވިފައިވާ ކަމަށް ވެސް އަމީލް ވިދާޅުވިއެވެ.

Advertisement - businessAdvertisement

މިދިޔަ އަހަރު އެލައިޑްއިން ފައްޓާފައިވާ ކީ އިނީޝީއޭޓިވްސްގެ (އެއްމެ ބޮޑު އަހައްމިއްޔަތުކަމެއް ދިން ކަންކަމުގެ) ތެރޭގައި ބޯޓު ބަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ބޯޓް ބިލްޑަރްސް އިންޝޫރެންސްގެ ނަމުގައި އިންޝޫރެންސް ޕެކޭޖެއް ތައާރަފްކުރުމާއި، އަދި އެލައިޑްގެ ވެބްސަައިޓް މެދުވެރިކޮށް ޓްރެވަލް އިންޝުއަރެންސްގެ ހިދުމަތަށް އެދެވޭ ގޮތަށް ހެދުމާއި، ހެލްތު އިންޝުއަރެންސްގެ ކްލެއިމްސްއަށް "މައި އެލައިޑް" އެޕް މެދުވެރިކޮށް ހުށައެޅުމުގެ މަގުފަހި ކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ވެސް އިންޝުއަރެންސް ގިފްޓް ވައުޗަރ ތައާރަފު ކުރުމާއި، އެލައިޑްގެ އަރޓިފިޝަލް އިންޓެލިޖެންސް ބޮޓް ކަމުގައިވާ "އޭޖެންޓް 1600" ހިދުމަތް ތައާރަފް ކުރުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑްގެ އާ އެމްޑީގެ މުހައްމަދު ޝަފާޒު އަލިއަޅުއްވާލެއްވީ ކުންފުނިން 2019 ވަނަ އަހަރު ކުރަން ހުރި މަސައްކަތްތަކަށެވެ. އެގޮތުން އިންޝޫރެންސަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރުމާއި، އެ ފަރާތްތަކާއި ގުޅިގެން އާ އިންޝުއަރެންސް ޕެކޭޖުތަކެއް ތައާރަފް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ޝަފާޒު ވިދާޅުވިއެވެ. އަދި ކުންފުނިން ފަށާފައިވާ ގްރީން ފޯރ ގުޑް އިނީޝިއޭޓިވްގެ ދަށުން ކައިރި މުސްތަގުބަލެއްގައި ކުންފުނި އެއްކޮށް ޕޭޕަރލެސް (އެއްވެސް ކަރުދާސް ބޭނުންނުކުރާ) މަސައްކަތް ފަށާފައިވާ ކަމަށް ޝަފާޒު ވިދާޅުވިއެވެ. އެގޮތުން މިހާރު ވެސް ކުންފުނީގެ ބައެއް އޮޕަރޭޝަންތައް ޕޭޕަރލެސް ކޮށްފައިވާ ކަމަށް ޝަފާޒް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މިދިޔަ އަހަރު އެލައިޑްގެ ޓޮޕް ބްރޯކާރްސްގެ ގޮތުގައި ހޮވުނު އިންސިއުލަރ އިންޝޫރެންސް ބްރޯކަރޒް، އެސޯސިއޭޓަޑް ބިޒްނަޒް އޭޖެންޓްސް (އޭބީއޭ މޯލްޑިވްސް) އަދި އެސްއެސްއެސް އިންޝޫރެންސްގެ ބްރޯކަރސްއަށް ވަނީ ހަދާނީ އެވޯޑު ދީފައެވެ. އަދި ޓޮޕް އެޖެންޓުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ޕްރެމިއާ ކޮންސަލްޓިންގް އަދި ޖޮބޭޓޮރީ ޕްރައިވެޓް ލިމިޓެޑްއަށް ވެސް ވަނީ އެވޯޑު ދީފައެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވި އެމްއެމްއޭގެ ގަވަރުނަރު އަލީ ނަސީރު ވަނީ އެލައިޑުން ހޯދާފައިވާ ކާމިޔާބީތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ހާއްސަކޮށް ކުންފުނީގެ ހިންގުމުގައި ގެންގުޅޭ ގުޑް ކޯފަރޭޓް ގަވަނަންސްގެ ސިޔާސަތުތަކަށް ވަނީ ތައުރީފުކުރައްވާފައެވެ. އަދި ކުންފުނީގެ ހިއްސާ އާއްމު ރައްޔިތުންނަށް ވިއްކުމުގެ މަސައްކަތް ފެއްޓެވުމަށް ކުންފުނި ޕަބްލިކް ކުރުމުގެ މަސައްކަތް ފެށުމަށް ނަސީރު ބާރުއެޅުއްވިއެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ އެލައިޑް އިންޝޫރެންސްއަކީ 1985 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އެޝުއަރަންސް ކުންފުންޏާއި އެސްޓީއޯއިން އުފެއްދި ޖޮއިންޓް ވެންޗަރއެކެވެ. ކުންފުނީގައި އޮތް ކޮމާޝަލް ޔޫނިއަން އެޝުއަރަންސްގެ ހިއްސާ އެސްޓީއޯއިން އަނބުރާ 1987 ވަނަ އަހަރު ގަތުމާއި އެކު ކުންފުނި ވަނީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި

20 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު