Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭޑީކޭ ހޮސްޕިޓަލް

އޭޑީކޭގައި ލޭ ރައްކާ ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައިފި

30 ޖެނުއަރީ 2019 | ބުދަ 19:42

ގައިޑްލައިން ހަދާފައި ވަނީ ދުނިޔޭގެ ގައުމުތަކުގައި ބޭނުން ކުރާ ގައިޑްލައިނާ އެއްގޮތަށް

އަލީ ސަމާޚް
އަލީ ސަމާޚް | 30 ޖެނުއަރީ 2019 | ބުދަ 19:42
ބްލަޑް ބޭންކް ބޭނުންކުރާނެ ގައިޑްލައިން ލޯންޗު ކުރަނީ

ބްލަޑް ބޭންކް ބޭނުންކުރާނެ ގައިޑްލައިން ލޯންޗު ކުރަނީ

އޭޑީކޭ ހޮސްޕިޓަލްގައި ލޭ ރައްކާ ކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅައިފިއެވެ.

އޭޑީކޭގައި ލޭ ބޭނުން ކުރާނެ ގޮތް ކަނޑައަޅާފައި ވަނީ އޭޑީކޭގެ ސެމިނާ ހޯލުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. ގައިޑްލައިން ފޮތެއްގެ ސިފާގައި، އެ އުސޫލު ލޯންޗުކޮށް ދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް ޢަބްދުﷲ މާހިރުއެވެ.

Advertisement - newsAdvertisement

އެ ހަފްލާގައި ލޭ ރައްކާ ކުރާނެ ގޮތް އުސޫލު ޕްރެޒެންޓެޝަނަކުން ވަނީ ދައްކާލާފައެވެ. އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލްގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފުން ބައިވެރި އެ ސެމިނާގައި ޑރ. ޝާހު ވިދާޅުވީ، ލޭ އެޅުމުގެ ހިދުމަތް ލިބުމަކީ ''ލައިފް ސޭވިން'' ކުރެވޭ ކަމެއް ކަމަށާއި، އޭޑިކޭއިން ތައާރަފް ކުރި ގައިޑްލައިނާ އެކު އެ ހޮސްޕިޓަލް އިތުރު ހަރުފަތަކަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާކު މި ހިދުމަތުގެ ސަބަބުން ރާއްޖެއަށް މި ހިދުމަތް ލިބުމުގައި ފަސޭހަ ތަކެއް ވެގެންދާނެ ކަމަށާއި، ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ލޭ ދިނުމުގެ ކަންތައް ރަނގަޅު ކުރަމުން ދާއިރު އިތުރަށް ޕްރައިވެޓް ސެކްޓާތަކުގައި އެކަން ފުޅާވެ ހަރުދަނާވުމަކީ މުޅި މުޖުތަމައަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޝާހް ވިދާޅުވިއެވެ.

ބްލަޑް ބޭންކެއް ހިންގާއިރު އެންމެ މުހިއްމު ކަމަކީ، ރައްކާތެރި ކަމާއެކު ލޭ އެޅޭނެ ކަންތައްތަކެއް އިންތިޒާމު ވެގެން ދިޔުން ކަމަށް ޝާހް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ކަނޑައެޅިފައިވާ ގޮތަށް އެކަން ކުރިއަށް ނުދާނަމަ އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ކަންތައްތަކާ ދިމާވުން އެކަށީގެންވާ ކަމަށް ޝާހް ވިދާޅުވިއެވެ. ބްލަޑް ބޭންކެއްގެ އެންމެ މުހިއްމު އެއްބަޔަކީ ހިމަޓޮލޮޖިސްޓުން ކަމަށާއި އެމީހުންނަކީ މަދުބައެއް ކަން ފާހަގަ ކުރައްވަމުން ޑރ. މާހިރު ވިދާޅުވީ ހިމަޓޮލޮޖިސްޓުން އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

''ބްލަޑް ބޭންކެއްގެ ހިދުމަތް ކުރިޔަށް ދާއިރު ވަރަށް ގިނަ ތަފާތު ބޭފުޅުންގެ އެހީ ބޭނުންވެ. އޭގަ ހިމަޓޮލޮޖިސްޓުންނާއި ނަރުހުންގެ އެހީ ވަރަށް މުހިއްމު. އަޅުގަނޑަށް ނޯޓިސް ކުރެރވިފައި އިން ކަމެއް ދިވެހި ރާއްޖޭގައި ހިމަޓޮލޮޖިސްޓުން ނަކީ ވަރަށް މަދު ސްޕެޝަލިޓީއެއް. އެހެންވީމަ އަޅުގަނޑުމެން ސަރުކާރުންވެސް ވަރަށް މިހާރު ވިސްނަމުން ގެންދާ ކަމެއް ހިމަޓޮލޮޖިސްޓުން ސްޓްރެންތުން ކުރުން.'' ޝާހް ވިދާޅުވިއެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ، އެފަދަ ގައިޑްލައިނެއް އެކުލަވައިލުމުގެ މައިގަނޑު ބޭނުމަކީ، ކޮންމެ މީހަކަށް ވެސް އެޅޭ ލެއަކީ ސަލާމަތްކަމާ އެކު އެޅޭ ލޭއެއް ކަން ޔަގީން ކުރަން ޖެހޭ ކަމަށެވެ. ހަމަ އެގޮތުން ސިއްހީ ހިދުމަތް ދޭ ތަންތަނުން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އަޅާ ލެއަކީ، އެ މިހާއަށް އަޅާ ލޭގެ ސަބަބުން ގެއްލުމެއް ނުވެ އެކަން ކުރުމަކީ ކޮންމެ މީހެއްގެ ވާޖިބެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ހަތަރު އަހަރު ކުރިން އޭޑިކޭގައި ހެދި ބްލަޑް ބޭންކުގައި ހުރީ މަދު ގައިޑް ލައިންތަކެއް ކަމަށާއި، މިއަދު ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު ގިނަވެފައިވާ ކަމަށާއި ބްލަޑް ބޭންކުގެ މަސައްކަތް އިތުރުވެފައިވާ ކަމަށް އޭޑިކޭގެ މެނޭޖިން ޑައިރެކްޓަރ ވިދާޅުވިއެވެ.

''އަޅުގަނޑުމެން ބަލައިލި ބަލާލުމުން ރާއްޖެގައި އަދި ކޮމްޕްރެހެންސިވް ގޮތެއްގައި ހުރިހާ މަރުހަލާތަކެއް އެކުލެވޭ ގޮތަށް އެކަށީގެންވާ ގައިޑްލައިނެއް އެކުލަވައިލެވިފައި އޮތް ކަމަށް ފާހަގައެއް ނުކުރެވޭ. އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުން ރަނގަޅުކަމުގައި ވަނީ ނަމަ އެފަދަ ގައިޑްލައިނެއް މިވަގުތަކު އެއް ނެތް.''

އަފްއާލް ވިދާޅުވީ، މިހާރު އަމަލުކުރަން ހަމަޖެހިފައިވާ ގައިޑްލައިނަކީ ބައިނަލް އަގްވާމީ ގައިޑްލައިން އެއްގޮތަށް ހަދާފައިވާ ގައިޑް ލައިނެއް ކަމަށެވެ. އޭޑީކޭގެ ތަފާތު ހިސާބުތައް ދައްކާ ގޮތުން ވޭދުވެދިޔަ އަހަރު، 875 މީހުން ވަނީ ލޭ ހަދިޔާކޮށްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް