Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކަމިޝަން

ޕީއެންސީގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފި

30 ޖެނުއަރީ 2019 | ބުދަ 08:34

ފިޔަވަޅު ނޭޅުމަށް ނިންމާފައި ވަނީ އެ ގަވާއިދު ހެދިފައި ވަނީ އެ މައްސަލައެއް ކުރިމަތިވި ފަހުން ކަމަށް ވާތީ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 30 ޖެނުއަރީ 2019 | ބުދަ 08:34
އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ފަރާތްތަކުން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅޭ ގޮތުން އާންމު ފަރުދަކު ހުށަހަޅާފައިވާ މައްސަލަ ނުބެލޭނެ ކަމަށް އީސީން އުފެއްދި ލަފާދޭ ކޮމެޓީން ނިންމައިފިއެވެ.

އެމައްސަލައިގައި ބުނެފައި ވަނީ އެކޮމެޓީގެ މެމްބަރު މަހުފޫޒު ސައީދު ވިދާޅުވީ ޕީޕީއެމްގެ ތަކެތި ޕީއެންސީ އިން ބޭނުންކޮށްފައިވާކަން ހާމަވާ ކަމަށާއި އަދި ޕީޕީއެމްގެ ލީޑަރޝިޕްގައި ހަރަކާތްތެރިވި ފަރާތްތައް ޕީއެންސީ އުފެއްދުމަށް ހަރަކާތްތެރިވިކަން ހާމަވާ ކަމަށެވެ. އެހެން ނަމަވެސް ޕީއެންސީއާ މެދު ފިޔަވަޅު ނޭޅުމަށް ނިންމާފައި ވަނީ އެ ގަވާއިދު ހެދިފައި ވަނީ އެ މައްސަލައެއް ކުރިމަތިވި ފަހުން ކަމަށް ވާތީ ކަމަށެވެ.

Advertisement - newsAdvertisement
"ޕީއެންސީ އުފެއްދުމަށް ޕީޕީއެމްގެ އިމާރާތް ބޭނުންކުރިކަން އެނގުނު. އަދި ޕީޕީއެމްގެ ލީޑަރޝިޕްގައި ހަރަކާތްތެރިވި ފަރާތްތައް އިސްކޮށް ތިއްބަވައިގެންކަން އެނގުނު ޕީއެންސީ އުފައްދާފައި ވަނީ. އެކަންތައް އެހެން ހުރިކަމުގައި ވިއަސް އަޅުގަނޑުމެން ބެލި އިރުގައި ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ގެނެވުނު އިސްލާހު ގެނެސްފައި ވަނީ 24 ޖެނުއަރީގައި. އޭގެ ކުރިން ވަނީ ޕީއެންސީ އުފެއްދުމުގެ ހުއްދަ ދީ ޕީއެންސީގެ ޖަލްސާ ބޭއްވުމުގެ ހުއްދަވެސް ދީފައި. އެހެންވީމަ ފަހުން ގެޒެޓްކުރެވުނު ގަވައިދެއްގެ ދަށުން ކުރިން ހިނގާފައިވާ ކަންތައްތަކަކާއިމެދު ފިޔަވަޅު އެޅިދާނެކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ" ލަފާދޭ ކޮމެޓީގެ މެމްބަރު މަހުފޫޒު ސައީދު ވިދާޅުވިއެވެ.

ޤަވައިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި ޕާޓީއެއް ބިކަކޮށްލައި އެހެން ޕާޓީއެއް އުފެއްދުމަށް ހުރަސްއެޅުމަށް އީސީއަށް ވަނީ ބާރުތަކެއް ދީފައެވެ. އެގޮތުން މިހާރު ވެސް ހިނގަމުންދާ ޕާޓީއެއްގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރާނަމަ، ނުވަތަ މިހާރުވެސް ހިނގަމުންދާ ޕާޓީއެއްގެ ލީޑަރޝިޕް ގެއްލި، އެ ޕާޓީ ހިންގާނެ ފަރާތެއް ނެތް ހާލަތަކަށް އެ ޕާޓީ ދާގޮތަށް އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރާނަމަ އެކަމަށް ހުއްދަ ނުދިނުމުގެ ބާރު ޤަވާއިދުގައި އީސީއަށް ވަނީ ދީފައެވެ. އަދި ހަމަ މިއާއިއެކު ނުފޫޒާއި އޮޅުވާލުމާއި ބާރު ބޭނުންކޮށްގެން އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރާ ކަމުގެ ޝަކުވާއެއް އީސީއަށް ހުށަހަޅައިފި ނަމަ އެ ހާލަތުގައި ވެސް ޕާޓީ އުފެއްދުން ހުއްޓުވުމުގެ ބާރު އީސީއަށް ލިބިދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް