Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑިޕީ ޕްރައިމަރީ

އެމްޑީޕީ ޕްރައިމަރީގައި 62 އިންސައްތަ މީހުން ވޯޓުލީ: އެމްޑީޕީ

20 ޖެނުއަރީ 2019 | އާދީއްތަ 03:51

ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 78،638

އަލީ ސަމާޚް
އަލީ ސަމާޚް | 20 ޖެނުއަރީ 2019 | އާދީއްތަ 03:51
އިބްރާހީމް ވަހީދު ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމް ގައި

އިބްރާހީމް ވަހީދު ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމް ގައި

ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 62 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އެ ޕާޓިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން ޕްރައިމަރީ އިންތިހާބު ގައި އިސްކޮށް އުޅުއްވި އިބްރާހީމް ވަހީދު ވިދާޅުވީ، ހުކުރު ދުވަހު ބޭއްވުނު 77 ދާއިރާގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 78،638 މީހުން ކަމަށެވެ. މި އަދަދުގެ ތެރެއިން 48،777 މީހުން ނިކުމެ ވޯޓުލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެއާއި އެކު މި އަދަދާއި އެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 62 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް ލިބިފައި ހުރި މައުލޫމާތުތަކުން ދައްކާ ކަމަށް ވަހީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވޯޓުލާން ފެށުމުގައި ލަސްތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ވަހީދު ވިދާޅުވީ، އެ ފަދަ މައްސަލަތަކެއް ދިމާވި މައިގަނޑު ސަބަބަކީ، ވޯޓު ފޮށިތަކަށް އައްޔަން ކޮށްފައި ތިބި އިސްވެރިންނާއި އެންމެ ރަނގަޅަށް މުއާމަލާތު ކުރެވިފައި ނުވާތީ ކަމަށެވެ.

''ހުކުރު ދުވަސްވެފައި އަޅުގަނޑުމެންނަށް ފަށަން ވިސްނުން ގޮތް ތަން ކޮޅެއް އަވަސްވުމާއި، ވެރިންނަށް އައްޔަންކުރެވުނު ބޭފުޅުން. މި ފަހަރު ބޭނުން ކުރިން ތަން ކޮޅެއް ހައިލެވެލް ބޭފުޅުން. މީގެ ކުރިން އާދައިގެ ގޮތަކަށް. ފޮށިތަކަށް ލެވުނު ބޭފުޅުންނާއި އަޅުގަނޑުމެންނާ ދެތެރޭގައި އެންމެ ރަނގަޅަށް މުއާމަލާތު ކަންތައް ނުކުރެވި އޮތުން އެވެސް އެއް މައްސަލަ. ބައެއް ބޭފުޅުންނަށް ގަޑިއަށް ވަޑައިނުގެންނެވުން'' އޭނާ ވިދާޅުވިއެވެ.

މިފަދަ ކަންތައްތަކެއް ހުރިކަން ބަޔާން ކުރައްވަމުން ވަހީދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ ކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޕްރައިމަރީގައި ހޮވުނު ފަރާތްތަކަށް ޕާޓީގެ ފަރާތުން ޓެކްނިކަލް އެހީ ފޯރު ކޮށްދޭނެ ކަމަށް ވަހީދު ވިދާޅުވިއެވެ. އެގެތޭރެގައި ޕާޓީން ކެޑިޑޭޓުންގެ ޕޯސްޓަރު ހެދުމާއި އެބޭފުޅުންގެ ކެމްޕޭނު ލޯންޗު ކުރުމުގެ ހަފްލާތަކުގައި ލީޑަރޝިޕްގެ އިސް ބޭފުޅުންވެސް ބައިވެރިވެ އެ ކެޑިޑޭޓުން ހޮވުމަށް ކުރާ މަސައްކަތުގައި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ޕްރައިމަރީގެ ޓިކެޓް ކަށަވަރުވެފައިވާ ފަރާތްތަކަށް ލިބިފައި ވޯޓުތަކަކީ އެ ދާއިރާއެއް ގައި ލިބެން ހުރި ވޯޓުތައް ލިބިފައިވުން ކަމަށާއި، އެއީ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިލެކްޝަން ކޮމިޝަނުން އެއްވެސް ކަހަލަ އެހީތެރިކަމެއް އިންތިހާބަށް ފޯރުކޮށްދީފައި ނުވާކަން ފާހަގަ ކުރައްވާ ވަހީދު ވިދާޅުވީ، އެއާ ޚިލާފަށް މިފަހަރު އީސީ އިން ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވާ ކަމަށެވެ.

''ފުއާދު އިލެކްޝަން ކޮމިޝަނަރަކަށް ހުންނެވި އިރު އެ ލިބުނު އެއްބާރުލުމަށް ފަހު މިހާ ބޮޑު އެއްބާރުލުމެއް ނުލިބޭ. މިފަހަރުގެ މި އިންތިހާބު މި ހިންގީ އިލެކްޝަންސް ކޮމިޝަންގެ ވޯޓު ފޮށިތަކާއި އެއްޗެހި ބޭނުންކޮށްގެން'' ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމަށް އައުމުން ސްކޫލް ތަކުގައި އިންތިހާބު ބާއްވާ ކަމަށް ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާ ކަމަށާއި، ނަމަވެސް ސްކޫލްތަކުގައި އިންތިހާބު ބޭއްވީ އެތަންތަން ކުއްޔަށް ނަގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

''ޕީޕީއެމް ވެރިކަމުގައި އޮންނައިރު އެކަން ކުރާ ގޮތަކަށް ނޫން ކުރީ. އަޅުގަނޑުމެން ހުރިހާ ސްކޫލެއް ކުއްޔަށް ނެގީ'' ވަހީދު ވިދާޅުވިއެވެ. މިހާރު އެފުރުސަތު ޕީޕީއެމްއަށްވެސް އެބޮތް ކަމަށާއި، ޕީޕީއެމް ވެރިކަމުގައި އެފަދަ ފުރުސަތެއް އެމްޑީޕީއަށް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް