Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

'ޓޯޓަލް ދަމާލް'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 22 ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 18 ޖެނުއަރީ 2019 | ހުކުރު 09:52
ޓޯޓަލް ދަމާލްގެ ޕޯސްޓަރު

ޓޯޓަލް ދަމާލްގެ ޕޯސްޓަރު

ބެލުންތެރިން އިންތިޒާރު ކުރަމުންއަންނަ ހެއްވާ މަޖާ ފިލްމް "ޓޯޓަލް ދަމާލް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

އެ ޕޯސްޓަރުގައި ފެނިގެންދަނީ އަޖޭ ދެވްގަން އެންމެ ކުރީގައި ހުރެ ސަފަކަށް ވާގޮތަށް އަނިލް ކަޕޫރާއި، މާދުރީ ޑިކްސިޓް، ޖޮނީ ލޭވަރ، އަރުޝަދް ވަރްސީ، ޖާވިދް ޖެޕްރީ، ރިތޭޝް ދޭޝްމުކް އަދި ސަންޖޭ މިޝްރާ ހުއްޓިގެން ތިއްބައެވެ.

އެންމެން ވެސް ފެނިގެން ގޮސްފައި ވަނީ އެއްވައްތަރުގެ ކާކީ ޖެކެޓަކާއި ކާގޯ ޕޭންޓްސް ގައެވެ.

މި ފިލްމްގެ ޓްރެއިލާ މި މަހުގެ 21 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމުގެ މުހިއްމު ރޯލަކުން އީޝާ ގުޕްތާ އާއި ބޯމަން އިރާނީ އަދި މަހޭޝް މަންޖްރެކަރު ފެނިގެންދާނެއެވެ.

އިންދްރާ ކުމާރު ޑައިރެކްޓް ކުރާ މި ފިލްމްގައި ކުރީގެ މަޝްހޫރު އޮން ސްކްރީން ޕެއަރއެއް ކަމަށްވާ އަނިލް ކަޕޫރާއި މާދްރީ ޑިކްސިޓް 17 އަހަރަށް ފަހު އެކުގައި ފެނިގެންދާނެއެވެ. މި ދެ ތަރިން އެކުގައި ޑައިރެކްޓަރ އިންދްރަ ކުމާރުގެ ފިލްމެއް ކުޅެފައި ވަނީ މީގެ 26 އަހަރު ކުރިންނެވެ. އަދި އޭނާ ވަނީ މި ދެ ތަރިންނާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ފިލްމްގެ ޝޫޓިން ފެށިކަން އިއުލާން ކޮށްފައެވެ.

މާދުރީ އާއި އަނިލް އެކުގައި އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ޕުކާރު"އިންނެވެ. މި ފިލްމުގައި ހޮލީވުޑް ފިލްމްތައް ކަމަށްވާ "ހޭންގްއޯވާ 2"، "ޖޯޖް އޮފް ދަ ޖަންގަލް" އަދި "ނައިޓް އެޓްދަ މިއުޒިއަމް" އިން ފެނިގެންދާ ފަދަ ރާމާމަކުނެއް ވެސް ފެނިގެންދާނެ ކަމަށް ފިލްމް އުފައްދާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

"ޓޯޓަލް ދަމާލް" އަކީ 2011 ވަނަ އަހަރު ރިލީޒް ކުރި ފިލްމް 'ދަމާލް'ގެ ތިން ވަނަ އިންސްޓޯލްމަންޓެކެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ 22 ގައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

22 މާރިޗު 2017
"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު