Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ބާރަތުގެ ފުރަތަމަ ޓީޒާ ދައްކާލަނީ

ޓީޒާ ދައްކާލަން އުޅޭކަން ފިލްމްގެ ޑައިރެކްޓަރ ވަނީ ހާމަ ކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 16 ޖެނުއަރީ 2019 | ބުދަ 19:08
ކެޓްރީނާ ކެއިފް އާއި ސަލްމާން ޚާން

ކެޓްރީނާ ކެއިފް އާއި ސަލްމާން ޚާން

ސަލްމާން ޚާން އާއި ކެޓްރީނާ ކެއިފް އެކުގައި ބަލަން ކެތްމަދުވެފައި ތިބި މީހުންނަށް "ބާރަތު"ގެ ފުރަތަމަ ޓީޒާ ވަރަށް އަވަހަށް ފެނިގެން ދާނެއެވެ.

"ބާރަތު"ގެ ޓީޒާ ރިލީޒް ކުރަން އުޅޭކަން ހާމަކޮށްފައި ވަނީ ފިލްމްގެ ޕްރޮޑިއުސަރ އަތުލް އަގްނިހޯތްރީ ޓްވިޓާގައި ހިއްސާކޮށްފައިވާ ވީޑިއޯގައެވެ. އެ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައި ވަނީ "ކަމިން ސޫން"އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ އެ ފިލްމްގައި ސަލްމާން އާއި ކެޓްރީނާގެ އިތުރުން ސުނިލް ގްރޯވާ، ދިޝާ ޕަޓާނީ، ނޯރާ ފެތޭހީ އަދި ތައްބޫ ފެނިގެންދާނެއެވެ. މި ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފައި ވަނީ ޑުބާއީ، ޕުންޖާބު އަދި ދިއްލީގައެވެ.

އެ ފިލްމްގެ ބަތަލާގެ ރޯލު ކުޅުމަށް ފުރަތަމަ ހަމަޖައްސާފައި ވަނީ ޕްރިޔަންކާ ޗޯޕްރާއެވެ. ނަމަވެސް އެމެރިކާގެ ލަވަ ކިޔުންތެރިޔާ ނިކް ޖޯނަސް އާއި ކައިވެނި ކުރުމަށް ޕަރިޔަންކާ ވަނީ މި ފިލްމް ދޫކޮށްލާފައެވެ.

ބާރަތް ވެގެންދާނީ 2017 ވަނަ އަހަރު ރިލީޒް ކުރި ބްލޮކްބާސްޓަރ ފިލްމް "ޓައިގާ ޒިންދާހޭ" އަށް ފަހު އަލީ އައްބާސް ޒަފަރުގެ ފިލްމެއްގައި ކެޓްރީނާ އާއި ސަލްމާން އެކުގައި ފެނިގެންދާ ފިލްމަށެވެ. ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރު އީދާ ދިމާކޮށެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު