Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް މަޝްވަރާތައް ދަނީ ކުރެވެމުން: އެޑިޔުކޭޝަން މިނިސްޓްރީ

13 ޖެނުއަރީ 2019 | އާދީއްތަ 05:02

އެކަމަށް ކުރަންޖެހޭ ކަންކަން ކުރަން މިނިސްޓްރީ އޮތީ ތައްޔާރަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 ޖެނުއަރީ 2019 | އާދީއްތަ 05:02
ފަލަސުރުހީ ޕްރޮގްރާމްގައި - އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަހްމަދު އާއި ފާތިމަތު ނަސީރު

ފަލަސުރުހީ ޕްރޮގްރާމްގައި - އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަހްމަދު އާއި ފާތިމަތު ނަސީރު

ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރު ބޮޑުކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަހްމަދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރައިގެ ކަންތައްތައް ހައްލުކުރުމަށްޓަކައި މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި އެކަމަށް ކުރަންޖެހޭ ކަންކަން ކުރަން މިނިސްޓްރީ އޮތީ ތައްޔާރަށް ކަމަށެވެ.

Advertisement - newsAdvertisement
"މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތެރޭގައި ކުރެވެމުންދަނީ، މިނިސްޓަރު ވަރަށް އިސްކަމެއް ދެއްވާ އެކަމަށް، ދާދިފަހުން އަޅުގަނޑުމެން ބޭއްވި ބައްދަލުވުމެއްގައި ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރައާ ގުޅޭގޮތުން ވާހަކަ ދެކެވިފައި މިވަނީ. އަޅުގަނޑުމެން ޔަޤީންކަން ދެން މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން ކުރަމުންގެންދާނީ" ޑރ. އަބްދުﷲ ރަޝީދު އަހްމަދު ވިދާޅުވިއެވެ.

ބައެއް ސުކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް ލިބުމުގައި އަދިވެސް ދަތިތަކެއް އުޅޭ ކަމަށާއި މިދިޔަ އަހަރު ކުދިން ބޭނުންކުރި ޔުނީފޯމްތައް، ބޭނުންކުރަން މިނިސްޓްރީގެ ފަރާތުން ހުއްދަ ދީފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އަދި އެކަންތައްތަކަކީ މިނިސްޓްރީން ކުރާ ކަންތައްތަކެއްގެ ބަދަލުގައި ސުކޫލްތަކުން ބިޑުދީގެން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާސްތާ ދިނުމުގެ ޕްރޮގްރާމް 25 ސްކޫލެއްގައި އާދިއްތަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށާއި ރަނގަޅުކުރަން ޖެހޭކަންތައްތައް ބެލުމަށްފަހު، ހުއްޓުމެއް ނެތި ހުރިހާ ސްކޫލެއްގައި އެ ޕްރޮގްރާމް ކުރިއަށްދާނެ ކަމަށް ވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ ތަމްރީން މި އަހަރު ޓީޗަރުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ ކުދިންނަށް ރަނގަޅު އަހުލާޤެއްގެ ތެރޭގައި ބޭނުންވާ އިލްމާއި ހުނަރާ ވަށާޖެހޭ ތައުލީމް ފޯރުކޮށްދިނުން ކަމަށާއި ޑިސްޕްލިން ޕޮލިސީއަށް ބަދަލު ގެންނާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ރާއްޖޭގެ ސުކޫލްތަކަށް މިހާރު ދިމާވެފައިވާ ބޮޑު މައްސަލަލަ އަކީ އެކަށީގެންވާ ލައިބްރަރީގެ ހިދުމަތް ނެތުން ކަމަށެވެ.

"ހަޤީޤަތުގައި ސްކޫލްތަކަށް ދިމާވެފައިވާ ބޮޑު މައްސަލެއް އެކަށީގެންވާ ލައިބްރަރީގެ ހިދުމަތް ނެތުން، އަޅުގަނޑުމެން މިހާރު ތައްޔާރުވަމުން މިދަނީ ޑިޖިޓަލް ލާނިންގް ޕްލެޓްފޯމެއް ފޯރުކޮށްދިނުމަށް، ފެބްރުއަރީ މަސް ނިމެންވާއިރަށް އަޅުގަނޑުމެންނަށް ރަސްމީކޮށް މިކަން ލޯންޗުކުރެވޭނެ" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 މެއި 2017

އެންމެ ކުޑަ މުސާރައެއް ކަނޑައެޅެން ޖެހޭ: ރައީސް ނަޝީދު

01 މެއި 2017
އެންމެ ކުޑަ މުސާރައެއް ކަނޑައެޅެން ޖެހޭ: ރައީސް ނަޝީދު
12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
11 މާރިޗު 2017

މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

11 މާރިޗު 2017
މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް