Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަންދު ކޮލެޖު

މަންދު ކޮލެޖްގެ ''ދެންވާންވީކީއް'' ފަށައިފި

12 ޖެނުއަރީ 2019 | ހޮނިހިރު 13:50

މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖެނުއަރީ 2019 | ހޮނިހިރު 13:50
ކެރިޔަގައިޑޭންސް ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތު

ކެރިޔަގައިޑޭންސް ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތު

ސްކޫލު ނިންމާ ދަރިވަރުންނަށް ކުރިއަށްދާންވީ މަގު ދައްކައި ދިނުމަށް ''ދެންވާންވީ ކީއް'' ނަމުގައި ކެރިޔަގައިޑޭންސް ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ މުޅި އަހަރަށް ބަހާލައިގެން އެކި ދުވަސްތައް މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކުރިއަށް ގެންދާނެއެވެ.

Advertisement - newsAdvertisement

މިއަދު ދަރުބާރުގެ ރަންޑަބަޑޭރި މާލަމުގައި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާއިލް ވިދާޅުވީ ސްކޫލު ނިންމާ ދަރިވަރުންނަށް ކުރިއަށްދާން މަގު ދައްކައިދިނުމުގެ ނިޒާމެއް މިއަދާ ހަމައަށް ރާއްޖޭގެ ސްކޫލުތަކުގައި ނެތް ކަމަށާއި، މިފަދަ މައުލޫމާތު ވެސް ދަރިވަރުންނަށް ފޯރުކޮށް ނުދޭ ކަމަށެވެ.

ޗެއަރމަން ވިދާޅުވީ ޕްރައިވެޓް ސެކްޓަރއިން މިކަމަށް މަސައްކަތް ކުރާއިރު ސްކޫލުތަކުގެ ގޭޓް ހުންނަނީ ތަޅުލެވިފައި ކަމަށާއި، ދަރިވަރުން ސްކޫލު ނިންމާއިރު، އެކުދިންނަށް ރާއްޖޭގައި ހުރީ ކޮންކަހަލަ ފުރުސަތުތަކެއް ކަމާއި، ކުރެވެން ހުރީ ކޮންކަހަލަ މަސައްކަތްތަކެއްކަމުގެ މައުލޫމާތު ކުޑަކޮށް ވެސް ލިބިފައި ނުހުންނަ ކަމަށެވެ.

އިބްރާހިމް އިސްމާއިލް ވިދާޅުވީ މިހާރު ސަރުކާރުގެ ސިޔާސަތުތަކަށް މިއަންނަ ބަދަލުތަކުގެ ތެރޭގައި މިކަމަށް ހައްލު ލިބޭނެ ކަމަށާއި، ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ އެކި ފަރާތްތަކާއި، އިޖްތިމާއީ ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކާއި، އެކުގައި މަސައްކަތް ކުރުމަކީ މިކަމަށް އެޅޭ ރަނގަޅު ފާލެއް ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ދިމާލެއްގައި ވެސް ޕްރައިވެޓް ސެކްޓަރ ސިވިލް ސެކްޓަރ ގިނަ މަސައްކަތް ކުރާނީ. މިއަދާ ހަމައަށް މިކަންކަން ހުރީ ބަންދުވެފައި. އެހެންވީމަ އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށް އޮތްތާގައި މިއިތުރަށް ހުޅުވި ޕްބްލިކް ސެކްޓަރ ޕްރައިވެޓް ސެކްޓަރ ޕާޓްނަރ ޝިޕް ބޮޑުވެގެން މިކަންކަން އަޅުގަނޑުމެންގެ ރައްޔިތުންނާއި ހަމައަށް ދަރިވަރުންނާއި ހަމައަށް މިކަން ފޯރުކޮށްދިނުން އެއީ ގައުމަށް ތަރައްގީއާ ކުރިއެރުން އަންނާނެ ކަމަކީ." ޗެއަރމަން ވިދާޅުވިއެވެ.

ދަރިވަރުންނަށް އެކުދިންގެ މުސްތަގުބަލް ފުޅާކޮށް އެބައޮތްކަން ފާހަގަކުރައްވައި ޗެއަރމަން ވިދާޅުވީ އެކުއްޖަކު އެހުންނަ ރަށުގެ ކަޑިންމައާ ހަމައަށް ދުނިޔެ ނުނިމޭކަމާއި، އެކަޑިންމައިން ބޭރުގައި ބޮޑު ދުނިޔެއަށްކަން ވިސްނައިދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ގައުމަށް ބޭނުންވެފައި ހުރި ހުނަރުތަކާއި ދިމާލަށް ދަރިވަރުން ގެންދެވޭނެ މެކޭނިޒަމްއެއް ގާއިމް ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު އާދެވިފައި ހުރި ހިސާބުގައި އެއްފަރާތުން އަޅުގަނޑުމެންނަށް އިވޭ ވާހަކައަކީ ޒުވާނުންނަށް ވަޒީފާ ނުލިބިގެން އުޅޭ ވާހަކަ. އަނެއް ފަރާތުން އަޅުގަނޑުމެންނަށް މިފެންނަނީ މަސައްކަތްތައް ހިންގަން އުޅޭމީހުން މަސައްކަތް ކުރާ މީހުން ނުލިބެން އުޅޭ ވަހަކަ. މިއީ ވަރަށް ބޮޑު މައްސަލައެއް. އުނގަންނައިދޭ މަރުކަޒަކީ މިދޭތެރޭގައި މެދުގައި ތިބޭބައެއް. އަޅުގަނޑުމެންނަށް މިމަންޒަރު ފެންނަނީ ތަންކޮޅެއް ބޮޑަށް." ޗެއަރމަން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ފުރުސަތުތައް ހުރިކަމުގައި ވިޔަސް ހުރި ފުރުސަތަކީ ކޮބައިކަން ނޭނގޭ ކަމަށްވާނަމަ އެފުރުސަތުގެ ބޭނުން ހިފުމުގެ ފުރުސަތުގެ ވެސް ގެއްލިގެން ހިނގައިދާނެ ކަމަށާއި، މަންދު ކޮލެޖުން މިފެށި ކެރިއަރ ގައިޑެންސް ޕްރޮގްރާމްގެ ސަބަބުން މިމައްސަލައަށް ހައްލު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި މީހުން ބިނާ ކުރުމާއި، މީހުން ތަމްރީން ކުރުމާއި، މީހުން ކުރިއެރުމަށްޓަކައި ބޭނުންވާ ފުރުސަތުތަކާއި، ދޭތެރޭގައި ވިސްނާއިރު އަބަދުވެސް ނުވަތަ އެކިފަހަރު އެކި ގޮތަށް ވިސްނުން ދަތުރުކުރާ ކަމަށެވެ. އަދި ވިދާޅުވީ ގިނަ ބަޔަކު އަމާޒުހިފަނީ ވަކި ކޮލިފިކޭޝަނެއް ހޯދަން ކަމަށާއި، ނަމަވެސް ބޮޑަށް ފަންނާ ދެތެރޭގައި ވިސްނުން މުހިންމު ކަމަށެވެ. އުނގެނޭ އެއްޗަކާއި، އެއްވަރަށް ތިމާގެ ފަންނުވެރިކަން ކުރިއަރުވަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވަކި ފަންނެއް ވަކި ހުނަރެއް، ވަކި ކަމެއް ދަސްކުރުމަށް، ނުވަތަ ވަކި މަސައްކަތެއް ކުރުމަށް ވަކި ގޮތަކުން ކުރިއަށް ދިއުމަށް ވިސްނާ ވިސްނުން ޝައްކެއްނެތް ގޮތުގައި ހިއްސާވާނެ އެމީހާގެ ކުރިއެރުމާއި، ގައުމުގެ ކުރިއެރުމާއި،އަދި މުޅި މުޖުތަމައު ބިނާ ކުރުމަށް. މިކަން މިހެންހުރިއިރު، މުޖުތަމައުގެ ތެރޭގައި ހުރި ފުރުސަތުތަކަކީ ކޮބައިކަން ނުވަތަ ފަންނުތަކުން ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކަކީ ކޮބައިކަން ފަންނުތަކުން ކުރިއަށްދިޔާމަ އެމީހާއަށް އަންނާނެ ކުރިއެރުންތަކަކީ ކޮބައިކަން މިމައުލޫމާތުތައް ހަގީގަތުގައި ވެސް މުހިންމުވޭ" މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ސްކޫލު ނިންމާ ވަޒީފާގެ މާހައުލަށް ނުކުންނަ ދަރިވަރުންގެ ކިޔަބައިގައި އެކަށީގެންވާ ފެންވަރު ނުހުންނަ ކަމަށްދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވާ ކޮމިނިއުނޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ސްކޫލުތައް ނިންމާފައި ގާތްގަނޑަކަށް 10،000 ދަރިވަރުން ނުކުންނައިރު، އެކި ދާއިރާތަކަށް ފެންވަރު ރަނގަޅު ކުދިން ނުލިބޭ ކަމަށް ކުންފުނިތަކުން ކުރާ ޝަކުވާ ބޮޑު ކަމަށެވެ. މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިކަމަށް އެންމެން ގުޅިގެން މަސައްކަތްކޮށް ހައްލު ހޯދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އައިޓީ ދާއިރާގައި ޒުވާނުން މަދުކަން މިނިސްޓަރު މަލީހު ފާހަގަކުރެއްވިއެވެ.

"ސައިންސް އެންޑް ޓެކްނޮލޮޖީ ދާއިރާއިން ވެސް ސަރުކާރުން ވުޒާރާއަކުން އައިޓީ ދާއިރާގެ ކުއްޖަކަށް އިއުލާންކޮށްފިއްޔާ ވަރަށް މަދޭ ނިސްބަތުން އެޕްލައި ކުރާ ކުދިން. ކީއްތޯ މިވަނީ. މިސުވާލުތަކަށް ޖަވާބު ހޯދަންޖެހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތަށް ކެރިއަރ ގައިޑެންސް ވޯކް ޝޮޕްގެ ތެރެއިން އެޖަވާބު ހޯދާނެ. ސަބަބުތައް އެނގޭ.ލިބޭ މުސާރު ކުޑަ ވޭ. ކިޔަވާ އެއްޗިއްސާ ބޭނުންވާ ކަމާ ދިމާ ނުވޭ. އަޅުގަނޑުމެންގެ ޕްލޭނިންގ ވަރުގަދަ ކުރަންޖެހޭ. މުޅި ރާއްޖެ ދާންވާ މިސްރާބު އަޅުގަނޑުމެންނަށް ސާފުވާންޖެހޭ." މަލީހު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ވާޒީފާ އުފެއްދުމަށް ބޭނުންވަނީ ކޮން ކަމެއްތޯ ބަލައި، ކޮން ދައިރާތަކެއްކަން ބަލަމުން އަންނަ ކަމަށެވެ.

މިސަރުކާރުގައި ފަހިފުރުސަތުތަކެއްފަހިކޮށްދޭނެކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ 96،000 ވަޒީފާ ނުފުއްދުނު ނަމަވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 40،000 ވަޒީފާ އުފައްދާނެ ކަމަށެވެ.

"އިގްތިސާދު ފުޅާކުރެވިގެން ވަޒީފާ އިތުވެގެންދަނީ. އިގްތިސާދު ފުޅާ ކުރެވިގެން ވަޒީފާ އިތުރުވެގެން އާންމު ރައްޔިތުންނަށް އެކިއެކި މަންފާތައް އިތުރުވެގެން މިދަނީ." މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިއަދު ހަވީރު 4:00 ގައި ވޯކްޝޮޕްތަކުގެ ސެޝަންތައް ފަށާފައިވާއިރު، މިރޭ 10:00އާ ހަމައަށް ކުރިއަށް ގެންދާނެއެވެ. ވަރޗުއަލްކޮށް ކުރިއަށްގެންދާ ވޯކް ޝޮޕްގައި އަތޮޅު ތެރޭގެ ގިނަ ސްކޫލުތަކުން ވަނީ ބައިވެރިވެފައެވެ.

މަންދު ކޮލެޖުން ބުނީ 15 އަށްވުރެ ގިނަ ދާއިރާތަކުން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. ސުވާލާއި ޖަވާބުގެ ތެރެއިން ކުރިއަށް ގެންދާ މިވޯކްޝޮޕްގައި ސަރުކާރުގެ އެކި އޮފީސްތަކުންނާއި، ކުންފުނިތަކުންނާއި، ފަންނީ ބޭފުޅުން މިޕެނަލްގައި ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް