Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ ހޮސްޕިޓަލު

ދޭނެ ފަރުވާއެއް ނެތް ކަމަށް ބުނެ އުމުރުން ދުވަސްވީ މީހަކު، ގެޔަށް ފޮނުވާލަނީ

11 ޖެނުއަރީ 2019 | ހުކުރު 18:52

އައިޖީއެމްއެޗްގައި ބެޑެއް ނެތް ކަމަށް ބުނެ އެޑްމިޓް ނުކޮށްދިން

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖެނުއަރީ 2019 | ހުކުރު 18:52
ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލް

ދޭނެ ފަރުވާއެއް ނެތްކަމަށް ބުނެ، އުމުރުން ދުވަސްވީ މީހަކު ހޮސްޕިޓަލުގައި ނުބޭއްވޭނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.

ދޭނެ ފަރުވާއެއް ނެތްކަމަށް ބުނެ، އެނދުމަތި ކުރުމަށް އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން ވެސް ވަނީ ދެކޮޅު ހަދާފައެވެ. އެ ދެ ހޮސްޕިޓަލުން ދެކޮޅު ހަދާފައި ތ. ވޭމަންޑޫ 77 އަހަރުގެ ހައްވާ މުހައްމަދެވެ. އޭނާގެ އަށް ދަރިން އެބަތިއްބެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އެ އަންހެން މީހާގެ މާމަ ދަރިއަކު ބުނީ މާމައަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގެ ހިތުގައި އޮޕަރޭޝަނެއް ކުރުމަށްފަހު، ތިން މަސް ވަންދެން އައިސީޔޫގައި ފަރުވާ ދިން ކަމަށެވެ. އިންޑިއާގައި ތިބުމަކީ އާއިލާއަށް އުނދަގޫވާ ކަމަކަށް ވާތީ ރާއްޖެ ގެނެސް، އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދީފައިވެއެވެ. އޭޑީކޭގެ އައިސީޔޫގައި ބޭއްވުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވާތީ އައިޖީއެމްއެޗްގެ އައިސީޔޫއަށް ބަދަލު ކުރަން އާއިލާއިން މަސައްކަތް ކުރިއެވެ.

"އޭޑިކޭގަ ދުވާލަކަށް 23،000 އާއި 30،000 ރުފިޔާ ދެމެދު ގާތްގަނޑަކަށް އަރާ. ވަރަށް ބޮޑު ހަރަދަކަށްވާތީ އައިޖީއެމްއެޗް އައިސީޔޫއަށް ބަދަލު ކުރަން އާއިލާއިން ނިންމީ،" އެމީހާ ބުންޏެވެ.

އާއިލާއިން ބުނީ އައިޖީއެމްއެޗަށް ދުވަސްވިމީހާ ގެންދިޔުމުން ހޮސްޕިޓަލުގައި އެނދެއް ނެތް ކަމަށް ބުނެ އެޑްމިޓް ކޮށްދިނުމަށް ހޮސްޕިޓަލުން ދެކޮޅު ހެދި ކަމަށެވެ. އަދި ހޮސްޕިޓަލުގެ ވޯޑެއްގައި ވެސް މާމަ އެޑްމިޓް ނުކޮށްދިން ކަމަށެވެ.

އައިޖީއެމްއެޗްގެ ނަރުހަކާ ހަވާލާދީ އާއިލާއިން ބުނީ ދުވަސްވީ މީހާއަށް ދޭނެ ފަރުވާއެއް ނެތް ކަމަށް ބުނި ކަމަށާއި، ގެއަށް ނުގެންދާނަމަ، ޖެންޑަރ މިނިސްޓްރީއާ ހަވާލު ކުރާނެކަން އެންގި ކަމަށެވެ. އަދި އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ހޮސްޕިޓަލުން ދެކޮޅު ހެދުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އާއިލާން ބުންޏެވެ. ނަމަވެސް މިހާރު އެ ހޮސްޕިޓަލުން ވެސް ދެފަހަރެއްގެ މަތިން ޑިސްޖާޖްކޮށްލައިފި ކަމަށާއި، ދުވަސްވީމީހާގެ ހާލު ވަރަށް ދެރަ ކަމަށް ވެސް އޭނާ ބުންޏެވެ.

ދުވަސްވީމީހާގެ ހާލަތާއި ބެހޭ ގޮތުން އާއިލާއިން ބުނީ ފުއްޕާމޭ ރަނގަޅަށް މަސައްކަތް ނުކުރާތީ މެއަށް ހޮޅިއެއް ލައްވާފައިވާ ކަމަށާއި، ހިތުގެ އެއްވޭލް ބަދަލުކޮށްފައިވާ ކަމަށެވެ. ހިތުގެ ބޮޑު އޮޕްރޭޝަނެއްކޮށްފައިވާއިރު، ދުވަސްވިމީހާއަށް އޮކްސިޖަން ވެސް ރަނގަޅަށް ނުލިބޭ ކަމަށެވެ.

"މާމަގެ ހާލު ވަރަށް ދެރަ. އެއްވެސް ހަރަކާތެއް އަސްލު ނެތް. މިރޭ ވެސް ދުނިޔާގަ އޮންނާނެ ކަމެއް ނޭނގެ. އެހާލުގަ ވެސް ފަރުވާ އެއް ނުދީ މިބުނަނީ ގެއަށް ގެންދާށޭ. އަޅުގަނޑުމެން ނުގެންދިޔާމަ އެއްވެސް ފަރުވާ އެއް ނުދީ ވޯޑްގަ ބާއްވާފަ" އެމީހާ ބުންޏެވެ.

ދުވަސްވީމީހާގެ ހާލު ދަށްވަމުންދާއިރު، އިތުރުފަރުވާ ނުދީ ގެއަށް ގެންދަން ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އައިލާއިން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އާޝިޔާ ޞާލިހު ވިދާޅުވީ މުސްކުޅި ބަލި މީހަކަށްވުމުން ދޭނެ އިތުރުފަރުވާއެއް ނެތީމަ ޑިސްޖާޖްކުރީ ކަމަށެވެ. މިއުސޫލަކީ ކުރިން ވެސް އަމަލު ކުރަމުން އަންނަ އުސޫލުކަމަށް އާޝިޔާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް