Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޑިޔުކޭޝަން މިނިސްޓްރީ

ހުރަވީ ސްކޫލު ގައި އާދިއްތަ ދުވަހު ކިޔަވައިދޭން ފަށާނެ: މިނިސްޓަރ

މިއަހަރު އެސްކޫލުގައި ކިޔަވައިދޭނީ އެއްދަންފަޅިއަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2019 | ހުކުރު 14:20
ހުރަވީ ސްކޫލު ނައިބް ރައީސްއާ، އެޑިޔުކޭޝަން މިނިސްޓަރު ބައްލަވާލައްވަނީ

ހުރަވީ ސްކޫލު ނައިބް ރައީސްއާ، އެޑިޔުކޭޝަން މިނިސްޓަރު ބައްލަވާލައްވަނީ

ހުޅުމާލޭގައި އަޅާފައިވާ ރާއްޖޭގެ އެންމެ ބޮޑު ''ހުރަވީ ސްކޫލް'' އާދިއްތަ ދުވަހު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ވިދާޅުވީ މިއަހަރުގެ ދިރާސީ އާ އަހަރާއެކު ހުރަވީ ސްކޫލުގައި ކިޔަވައިދޭނެ ކަމަށާއި، ސްކޫލުގައި ކިޔަވައިދިނުން ފެށުމަށްވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު އައިޝަތު ވިދާޅުވީ ހުރަވީ ސްކޫލުގައި ކިޔަވައިދޭނީ އެއްދަންފަޅިއަކަށް ކަމަށާއި، މިސަރުކާރުގެ ތައުލީމީ ސިޔަސަތާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

ހުޅުމާލޭގައި އެންމެ ކުރިން އާބާދުވި ސަރަހައްދު (ނެއިބަހުޑް 1) ގައި ހަދާފައިވާ ހުރަވީ ސްކޫލަކީ އަމިން ކޮންސްޓްރަކްޝަން ހަވާލުކޮށްގެން ހަދާފައިވާ ތަނެކެވެ. މިސްކޫލަށް ދައުލަތުގެ ބަޖެޓުން 132 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެެ.

މިއަހަރު އެސްކޫލުގައި ކިޔަވައިދޭނީ ގްރޭޑް 1-9 އަދި 11 އަށެވެ. އަންނަ އަހަރުން ފެށިގެން ގްރޭޑް 10 އަދި 12 ގައި ވެސް ކިޔަވައިދޭން ފަށާނެ ކަމަށް މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ލިޓްލް ޖެމްސް ޕްރީ ސްކޫލު ކައިރީގައި ހަތް ބުރި އަށް އިމާރާތްކުރި ސްކޫލުން ގާތްގަނޑަކަށް 1700 އެއްހާ ދަރިވަރުންނަށް ޖާގަ ލިބޭނެ އެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމަ އަށް ކިޔަވައިދޭ ސްކޫލުގައި ތިން ބްލޮކް ހަދާ އިރު 53 ކްލާސްރޫމް ހުންނާނެ އެވެ. އެ ތަނުން ދެ ކްލާސްރޫމް ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު