Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ބޮލީވުޑްގެ ޒުވާން ތަރިންތަކެއް މޯދީއާ ބައްދަލުކޮށްފި

މި ބައްދަލުވުމުގައި ނަގާފައިވާ ސެލްފީ އެއްކަރަން ޖޯހަރު  ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 10 ޖެނުއަރީ 2019 | ބުރާސްފަތި 22:13
ބޮލީވުޑް ސެލެބްރިޓީން

ބޮލީވުޑް ސެލެބްރިޓީން

ބޮލީވުޑްގެ ނުފޫޒުގަދަ ޒުވާން ބައެއް ތަރިންނާއި ފިލްމް އުފައްދާ ބައެއް ފަރާތްތަކުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލު ކޮށްފިއެވެ.

ނިއުދިއްލީގައި ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގައި ނަގާފައިވާ ސެލްފީ އެއް ބޮލީވުޑް މަޝްހޫރު ޕްރޮޑިއސަރ ކަރަން ޖޯހަރު ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ކަރަން ވަނީ ފަންނާނުންނާއި ބައްދަލުކުރުމަށް ވަގުތުކޮޅެއް ދެއްވި ކަމަށްޓަކައި މޯދީއަށް ޝުކުރުއަދާކޮށްފައެވެ. އަދި މޫވީ ޓިކެޓުން ޖީއެސްޓީ ކުޑަކޮށްދެއވުމުން އެކަމަށް ވެސް ވަނީ ޝުކުރުއަދާކޮށްފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި އާލިއާ ބަޓް، ރަންބީރު ކަޕޫރު، ވަރުން ދަވަން، ރާޖްކުމާރު ރާއޯ، އަޔުޝްމަން ޚުރާނާ، ބޫމީ ޕަދްނޭކަރު، ސިދާތް މަލޯތްރާ، ވިކީ ކައުޝަލް، ކަރަން ޖޯހަރު، އެކްތާ ކަޕޫރު، ރޯހިތް ޝެޓީ އަދި އަޝްވިނީ އީޔަރު ތިވާރީ ހިމެނެއެވެ.

އިންޑިއާގެ ސަރުކާރުން ޓިކެޓްގެ އަގުގެ ޖީއެސްޓީ ކުޑަކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ ބޮލީވުޑްގެ ބައެއް ފަންނާނުން މޯދީ އާއި ބައްދަލުކޮށްފައެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރު، އަކްޝޭ ކުމާރު، އަޖޭ ދޭވްގަން ހިމެނެއެވެ.

މި ބައްދަލުވުމުގައި އެއްވެސް އަންހެނަކު ބައިވެރިކޮށްފައި ނުވާތީ ބޮލީވުޑްގެ ތަރި ދިއާ މިރްޒާ ވަނީ އެކަމާއި ނުރުހުންފާޅުކޮށްފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2018

ބޮލީވުޑްގެ ކުރީގެ ބަތަލާ ޝައްމީ މަރުވެއްޖެ

07 މާރިޗު 2018
ބޮލީވުޑްގެ ކުރީގެ ބަތަލާ ޝައްމީ މަރުވެއްޖެ
20 ޑިސެމްބަރު 2017

އާ އަހަރުގެ ޝޯއަށް ބޮލީވުޑްގެ ދެ ފަންނާނަކު ގެންނަނީ

20 ޑިސެމްބަރު 2017
އާ އަހަރުގެ ޝޯއަށް ބޮލީވުޑްގެ ދެ ފަންނާނަކު ގެންނަނީ
14 ޑިސެމްބަރު 2017

ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު ނީރަޖް މަރުވެއްޖެ

14 ޑިސެމްބަރު 2017
ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު ނީރަޖް މަރުވެއްޖެ
23 ނޮވެމްބަރު 2017

ބޮލީވުޑްގެ ތަރި އުރުވަޝީ ރާއްޖޭގައި

23 ނޮވެމްބަރު 2017
ބޮލީވުޑްގެ ތަރި އުރުވަޝީ ރާއްޖޭގައި
12 ޖުލައި 2017

އައިފާ އެވޯޑަށް ބޮލީވުޑްގެ ތަރިން ނިއުޔޯކަށް ފުރަން ފަށައިފި

12 ޖުލައި 2017
އައިފާ އެވޯޑަށް ބޮލީވުޑްގެ ތަރިން ނިއުޔޯކަށް ފުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު