Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ޖުޑިޝަރީ

އިތުބާރު އޮތް ޖުޑިޝަރީގެ ވާހަކަ، ބޮޑު ޖޯކެއް!

ހަކުރު ދެންޏާ ބޮޑުބޭބެ އުސޫލް އަދިވެސް އެބަ އޮތް

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2019 | ބުރާސްފަތި 17:56
ފަނޑިޔާރުންތަކެއް ހުވާކުރަނީ

ފަނޑިޔާރުންތަކެއް ހުވާކުރަނީ

ރާއްޖޭގެ ޝަރުއީ ދާއިރާއާ މެދު އިތުބާރު ގެއްލިގެން އުޅެނީކީ އިއްޔެއަކު މިއަދަކު ނޫނެވެ. އެންމެ ކުރީ ޒަމާނުން ފެށިގެން އެކަން އޮތީ އެގޮތަށެވެ. ރާއްޖޭގެ ޝަރުއީ ދާއިރާ އަބަދު ވެސް އޮތީ "ހަކުރު ދެންޏާ ބޮޑުބޭބެ" އުސޫލުންނެވެ. ރައީސް މައުމޫގެ 30 އަހަރުގެ ވެރިކަމުގައި މިނިވަން ޖުޑިޝަރީއެއް އުފެދުމާ ހަމައަށް އެއީ އެ މަނިކުފާނުގެ މުށު ތެރޭގައި އޮތް އެއްޗެކެވެ. އިންސާފުވެރި ފަނޑިޔާރު ގެއެއްގެ ވާހަކަ އޭރު ވެސް އެއީ ޖޯކެކެވެ. މިހާރު ވެސް ޖޯކެކެވެ.

އޭގެ ފަހުން "މިނިވަން" ޓެގް އަޅުވައި ވަކި ޖުޑިޝަރީއެއް އުފަންކުރުވައި އަދި އޭގެ ފަހުން އާ ގާނޫނުއަސާސީގެ ދަށުން ފަނޑިޔާރު ގެތައް ބަދަލުވެގެން ދިޔަ ނަމަވެސް އެ ކަމަކަށް ބަދަލެއް ނާދެއެވެ. ވިއްޔާ ވީ ގޯހެވެ. އޭގެ އެންމެ ބޮޑު އެއް މިސާލަކީ އާ ގާނޫނުއަސާސީގެ ދަށުން ފަނޑިޔާރު ގެތައް އެކުލަވައިލި އިރު ޕާޓީތަކުގެ މެދުގައި ސްލޮޓްތައް ބެހިގެން ދިޔަ ދިޔުމެވެ. ޖުޑިޝަރީގެ މިނިވަންކަމަށް ވަކާލާތު ކުރި އާއިޝަތު ވެލެޒިނީ ހަޅޭލަވަމުން ގެންދަނިކޮށް ފަނޑިޔާރުން ހުވާކުރުން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގެ މަންޒަރުތައް އެހެރީއެވެ. އެކަމުގެ ހެއްކަކަށް ފުދެއެވެ.

ފަނޑިޔާރު ގެތައް ކިލަނބުވެފައިވާ މިންވަރު ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސިޔާސީ ފަރާތްތަކާ މެދު ކުރެވުނު ޝަރީއަތްތަކުން ހާމަވާނެއެވެ. އެއީ ފެންނަން އޮތް ވަރަށް ބޮޑު ހަގީގަތަކެވެ. ޖިނާއީ ތުހުމަތުތަކުގައި ޖަލަށް ލެވުނު ސިޔާސީ ފަރާތްތަކާއި ސިޔާސީ ޕާޓީތަކާ މެދު މަދަނީ ޖަމިއްޔާތަކުން ކުރި ހުކުމްތައް އަދިވެސް އެހުރީއެވެ. ބަލާ ބަޔަކަށް މިސާލަށް ފުދޭނެ އެވެ. އެއިން ކޮންމެ މައްސަލައެއް ފެށުމާ އެކު ނިމޭނެ ގޮތް އަންދާޒާކުރަން އެނގެއެވެ. ނުވަތަ ފެށުމާ އެކު އެ މައްސަލައިގެ ހުކުމް އޮންނަނީ އެނގިފައެވެ. ސިޔާސީ މީހަކާ މެދު ތުހުމަތެއް ކުރެވި ދައުވާއެއް އުފުލިއްޖެ ނަމަ އެމީހަކު ޖަލަށް ދާންޖެހޭނެ ކަން ކުރިން އޮންނަނީ އެންމެންނަށް ވިސްނިފައެވެ. ނޭނގި އޮންނަނީ ޖަހާނެ މުއްދަތެކެވެ.

ސިޔާސީ ފަރާތްތަކުގެ އިތުރުން ޖިނާއީ މައްސަލަތަކުގަ އާއި މަދަނީ މައްސަލަތަކުގައި ކޯޓުތަކުން ހުކުމްތައް ނެރޭ ގޮތް ވެސް ގިނަ މީހުންނަށް އޮންނާނީ ފަހުމްވެފައެވެ. މަރުގެ މައްސަލަތަކާއި ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ކަންވާ ގޮތް ވެސް ނޭނގޭ ދިވެއްސަކު ނެތެވެ. ގޭންގަތަކުގެ ނުފޫޒާއި ވިޔަފާރިވެރިންގެ އަތް ފަނޑިޔާރުގެ ކަރުބުޑާ ހަމައަށް ފޯރާފައިވާ ވާހަކަ ތުންތުން މަތިން ދެކެވެނީ އޭގައި ހަގީގަތްތަކެއް އެކުލެވޭތީއެވެ. އެއީ ހަމައެކަނި ބަޔަކު ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކެއް ނޫނެވެ. އެ ވާހަކަތަކަށް ބާރު ލިބޭ ހެކިތައް ފަނޑިޔާރު ގެތަކުން ނެރެފައިވާ ހުކުމްތަކުން އެހެރީ ސާބިތުވާންށެވެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ހުކުމާ ގުޅިގެން އޭރުގެ ސަރުކާރުން ވަނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް ޖަލަށް ވެސް ލާފައެވެ. އެތައް މިލިއަން ޑޮލަރެއްގެ ތުހުމަތެވެ. އޭރު އަގު ވެއްޓިފައި އޮތް ފަނޑިޔާރު ގެތަކުގެ އަގު އިތުރަށް ވައްޓާލީ ސަރުކާރުންނެވެ.

ގޭންގްތަކާއި ފަނޑިޔާރުންނާ އޮންނަ ގުޅުމުގެ ވާހަކަ ތުންތުންމަތިން ދެކެވެމުން ދަނިކޮށް އެކަމުގައި އިންތިހާއަށް އޮތް ބިރުވެރިކަން ހާމަވެގެން ދިޔައީ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކުންނެވެ. ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަދި ބޮޑެތި މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތް ވެސް ކުރައްވާފައި ހުންނެވި ސުއޫދު ވަނީ ގޭންގްތަކާއި ފަނޑިޔާރު ގެތަކާއި އޮންނަ ގުޅުން ވަރަށް ތަފްސީލްކޮށް ހާމަކޮށްދެއްވާފައެވެ. ސުއޫދު ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ބައެއް ގޭންގުތަކަށް ކޯޓާއެއް ލިބިފައިވާ ކަމަށެވެ. ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެކަމުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ބަންޑާރަ ނައިބުކަން ވެސް ކުރިން ކުރެއްވި ސުއޫދު ވިދާޅުވެފައި ވެއެވެ. ގޭންގުތަކުން ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކުރި ބައެއް ކަންކަން ތަފްސީލު ކޮށްދެއްވަމުން، ސުއޫދު ވިދާޅުވީ މަރުގެ ދައުވާތައް ސާބިތު ނުކުރުމާއި ހެކިންނަށް ނުފޫޒުފޯރުވުމަށް އެހީވުމާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ހިމެނޭ މީހުން ދޫކޮށްލުމާއި ބަންދުގެ މުއްދަތު އިތުރު ނުކޮށްދިނުމާއި ބަންދު ކުރަން ނުޖެހޭ މީހުން ބަންދުގައި ކުރުން ހިމެނޭ ކަމަށެވެ.

ސުއޫދުގެ މި ވާހަކަތަކާ އެކު އެއްކަލަ "މިނިވަން، އިންސާފުވެރި،" ޖުޑިޝަރީ ތެޅިގަތެވެ. އެއީ ދޮގެއް ކަމަށާއި ސުއޫދުގެ އެ ވާހަކަތަކަކީ ޝަރުޢީ ނިޒާމްގެ ހުރުމަތް ގެއްލުވާލައި ކޯޓުތަކުގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ އެ ކޯޓުން ބަޔާން ނެރެ އެކަން ކުށްވެރިކުރިއެވެ. ސުއޫދު ކުރެއްވި ތުހުމަތުތަކުގެ ހަގީގަތް ވެސް ބެލުމެއް ނެތި ތަހުގީގެއް ވެސް ނެތި އެއީ ނުހިނގާ ކަމެއް ކަމަށް ކަނޑައަޅައި ސިއްކަ ޖެހީއެވެ. އަދި ކުށްވެރިކޮށް ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދައްކަން ފެށީއެވެ. އިހްލާސްތެރިކަމެއް ހުރި ނަމަ އެ ފަދަ މައްސަލައެއް އުޅޭތޯ އާއި އެތަނުގެ ފަނޑިޔާރުންނާއި މުވައްޒަފުން އެފަދަ ކެމެއް ކުރޭތޯ ބަލާނެ ކަމަށް ނުވަތަ އެފަދަ ތަހުގީގަކަށް ކަމާ ބެހޭ ފަރާތްތަކަށް ފުރުސަތު ދޭނެ ކަމަށް ބުނާކަށް ކްރިމިނަލް ކޯޓަކަށް ނުކެރުނެވެ.

ކްރިމިނަލް ކޯޓާ އެކު ސުޕްރީމް ކޯޓުން ވެސް ބަޔާން ނެރުނެވެ. ފަނޑިޔާރުންނާއި ފަނޑިޔާރު ގެތަކުގެ މައްސަލަތައް ހުށަހެޅުމަށެވެ. ނަމަވެސް ހަގީގަތަކަށް ބަލާއިރު ފަނޑިޔާރު ގެތަކުގެ މައްސަލަތައް ބެލުމަކީ ސުޕްރީމް ކޯޓާއި އެ ކޯޓުގެ ދަށުގައި އޮންނަ ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ޒިންމާއެއް ނޫނެވެ. އެކަން ކުރަން ގާނޫނުއަސާސީގެ ދަށުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދާފައި އޮވެއެވެ. އެހެންކަމުން އިހްތިސާސް ލިބިގެން ނުވާ ކަމެއް ކުރުމަށް ސުޕްރީމް ކޯޓަކަށް ވެސް ދައުވަތެއް ނުދެވޭނެއެވެ.

ބައެއް ފަނޑިޔާރުންނާ މެދު ގިނަ ތުހްމަތުތަކެއް ކުރެވި، ކޯޓުތަކުން އިންސާފު ނުލިބޭނެ ކަމުގެ ވާހަކަތައް ގަދަވެފައި ވަނިކޮށް، ބުދަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒު ވިދަޅުވެފައި ވަނީ ޝަރުއީ ދާއިރާގައި ތިއްބެވި ބޭފުޅުންނާ މެދު ދިވެހި ރައްޔިތުންގެ ހިތުގައި ފުރިހަމަ އިތުބާރު އޮތް ކަމަށާއި، އެ ދާއިރާގައި ހުރި މައްސަލަތައް އެ ދާއިރާއިން އިސްނަންގަވައިގެން ހައްލު ކުރާނެ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ނުވަތަ ގާޒީއަކާ މެދު ފިޔަވަޅުއަޅަން ޖެހިއްޖެ ނަމަ އޮންނަ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖުޑިޝަރީއާ މެދު އިތުބާރު އޮތް ކަމަށް ޑީޖޭއޭ އިން ނިންމީ ކޮން ކަމަކަށް ރިއާޔަތްކޮށް ނުވަތަ ކޮން ދިރާސާއަކަށް ބުރަވެގެން ކަމެއް ނޭނގެއެވެ. ގައިމު ވެސް އެކަމާ ގުޅިގެން މީޑިއާތަކުގައި ހުރި ޚަބަރުތަކަށް މީހުން ކޮށްފައިވާ ކޮމެންޓްތަކާއި ރާއްޖޭގެ ގިނަ ބަޔަކު ވެސް ބޭނުންކުރާ ސޯޝަލް މީޑިއާގައި ހުރި ވާހަކަތަކުން ދައްކަނީ އެހެން ނަތީޖާއެކެވެ. ޑީޖޭއޭގެ ބޭފުޅުން ފަހަރުގައި ސޯޝަލް މީޑިއާ ބޭނުން ނުކުރަނީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ އޮންލައިން ނޫސްތަކުގައި ހުންނަ ކޮމެންޓްތައް ވެސް ނުކިޔަނީ ކަމަށް ވެދާނެއެވެ. ރާއްޖެ ޓީވީ ފަދަ ބޮޑު މީޑިއާއެއް ބޮއިކޮޓް ކުރައްވައިގެން ތިއްބަވާ ބަޔަކަށް އެހެން ވެދާނެއެވެ. ވަކި މީޑިއާއެއް ނޫސް ކޮންފަރެންސްތަކަށާއި ކޯޓުތަކަށް ނުވަދެވޭ ގޮތަށް ނިންމުމަކީ ވެސް އިންސާފުން ބޭރުވެފައިވާ ކަމުގެ އަލި ގަދަ ހެއްކެކެވެ. ކޯޓުތަކަށް ރާއްޖެ ޓީވީ ނުވައްދާ ގޮތަށް ނިންމާފައިވާ ނިންމުން ގޯސް ކަމަށް މީޑިއާތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނުމުން ވެސް އެ އަށް ތަބާވުމެއް ވެސް ނެތެވެ.

ޝަރުއީ ދާއިރާ އަށް އޮތް އިތުބާރު އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ އާންމު މީހާއަށެވެ. މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ނުކުންނަ ވަކީލުންނަށެވެ. ތަނެއް ރަނގަޅުކުރަން ބޭނުން ކަމަށް ވާ ނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ގޯސްތަކެއް ހުރި ކަމަށް ގަބޫލުކުރެވެ. އެކަން ނުކޮށް ގަދަ ބަސް ބުނެ ފިޔަވަޅު އަޅަން މަސައްކަތްކުރުމަކީ ގޯހެކެވެ. މިހާރު ވެރިކަމުގައި މިއޮތް ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ޝަރުއީ ދާއިރާ އިސްލާހުކުރުމެވެ. އިންސާފު ހޯދައިދިނުމެވެ. އެކަން އަދި މުޅިން ހިނގައިގެންފައި ނުވިޔަސް އެ ވައުދު ފުއްދަން ނުކުންނަ އިރު ފަނޑިޔާރު ގެތަކާ މެދު އާންމު ރައްޔިތު މީހާ ދެކޭ ގޮތް ބަލާލުން މުހިންމެވެ. ގައިމު ވެސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް 58 ޕަސެންޓް މީހުން ވޯޓު ދީފައި ވެއެވެ. އެއީ މި ގައުމުގައި އިންސާފު ނެތް ކަމަށް ގަބޫލުކޮށްގެން ވޯޓު ދިން މީހުން ކަމަށްވާ ނަމަ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވޯޓުލާ އާބާދީގެ 58 ޕަސެންޓް މީހުން އިތުބާރު ނުކުރާ ކަމަށް ބުނުމުގެ ފުރުސަތު މިހާރު ވެސް އެބަ އޮތެވެ. ފަނޑިޔާރު ގެތައް ދޮވެ ސާފުކުރުމުގެ ކުރިން ހިތްވަރެއް ހުރި ނަމަ ރައްޔިތުން ދެކޭ ގޮތް ބަލާލުމަށް ދިރާސާއެއް ކޮށްބަލާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟

މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟

26 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު