Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރުސީއެމް

ޕޯސްޓްމޯޓަމް ހަދާއިރު އަމަލުކުރާނެ މިންގަނޑުތަކެއް އެކުލަވާލައިފި

7 ޖެނުއަރީ 2019 | ހޯމަ 10:43

މިއީ ޕޯސްޓްމޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓް ހެދުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތަކެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 7 ޖެނުއަރީ 2019 | ހޯމަ 10:43
ގަލޮޅު މޯޗަރީ - މިންގަނޑުތައް އެކުލަވާލައިފައިވަނީ އެޗްއާރުސީއެމުން

ގަލޮޅު މޯޗަރީ - މިންގަނޑުތައް އެކުލަވާލައިފައިވަނީ އެޗްއާރުސީއެމުން

ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެގޮތުގެ މިންގަނޑުތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އާންމުކޮށްފި އެވެ.

އެޗްއާރްސީއެމުން ބުނީ، އެ މިންގަނޑުތައް އެކުލަވާލުމުގެ މަގްސަދަކީ ރާއްޖޭގެ ގާނޫނުއަސާސީގައި ކޮންމެ މީހަކަށް ލިބިދީފައިވާ ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތްކުރުމަށް ޝައްކު އުފެދޭ ހާލަތްތަކުގައި މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަގީގަތް ހޯދުމަށެވެ.

Advertisement - newsAdvertisement

އެޗްއާރުސީއެމުން ހޯމަ ދުވަހު ބުނީ، މި މިންގަނޑުތަކުގެ މަގްސަދަކީ، އިންސާފު ހޯދުމަށް މަގުފަހިކޮށްދިނުމާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކުން ރައްކާތެރިކޮށްފައިވާ ދިރިހުރުމުގެ ހައްގާއި، އެކަށީގެންވާ ބަދަލެއް ހޯދުމުގެ ހައްގުން ރައްކާތެރިކުރުމުގެ އިތުރުން އެހައްގުތައް ރައްކާތެރިކުރުމަށް ދައުލަތުން އެއްބަސްވެފައިވާ ޒިންމާތައް އަދާކުރުމަށް ބާރުއެޅުން ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނުވަތަ އެނޫންވެސް ހާލަތެއްގައި ޝައްކު އުފެދޭފަދަ ގޮތަކަށް މަރުވާ މީހުންނާއި ކުޑަކުދިންގެ މަރުގެ ހަގީގަތް ދެނެގަތުން ކަމަށެވެ.

ޕޯސްޓްމޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓް ހެދުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތަކެއް ނުވަތަ ގައިޑްލައިންއެއް އެކުލަވާލުމާއި ޕޯސްޓްމޯޓަމް ނުވަތަ އޯޓޮޕްސީ ޓެސްޓްތައް ހެދުމުގައި ނިޔާވެފައިވާ ފަރާތުގެ އާއިލާއަށާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް މައުލޫމާތުދިނުމުގައި އަމަލުކުރާނެގޮތުގެ ގައިޑްލައިންއެއްވެސް އެ ކޮމިޝަނުން ވަނީ އެކުލަވާލާފައެވެ. އަދި ޝައްކު އުފެދޭ މަރުތަކާއި ގަތުލުތަކުގައި ނިޔާވާ މީހުންނާއި ކުޑަކުދިންގެ މައްސަލަތަކުގައި އަދުލު އިންސާފު ހޯދުމަށް ގާނޫނީގޮތުން ހެކީގެ ގޮތުގައި ހުށަހެޅުމަށް ބޭނުންވާ މެޑިކަލް ޓެސްޓްތައް ހެދުމަށް ދިމާވާ ދަތިތައް ހައްލުކުރުމަކީވެސް ގައިޑްލައިން އެކުލަވާލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވެސް އެޗްއާރްސީއެމުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ، ގައިޑްލައިންގެ މަގްސަދުތައް ހާސިލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެ ފަރާތްތަކުގެ މަސައްކަތްތަކުގައި އެ ގައިޑްލައިންއަށް ރިއާޔަތްކުރެއްވުމަށާއި ގައިޑްލައިންގެ މަގްސަދުތައް ހާސިލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެކުލަވާލުމަށް ބާރުއަޅާފައިވާ ގަވާއިދުތަކާއި އުސޫލުތައް އަވަހަކަށް އެކުލަވާލަންޖެހޭ ކަމަށެވެ. އެ ގައިޑްލައިން އެކަށީގެންވާގޮތެއްގައި ތަންފީޒުކުރެވި ދިރިހުރުމުގެ ހައްގާއި އަދުލްއިންސާފު ލިބުމުގެ ހައްގު ރައްކާތެރިކުރުމަށް އާންމު ފަރުދުންނާއި އަމިއްލަ ޖަމިއްޔާތަކުން މި ގައިޑްލައިންއަށް ފަރިތަވާންޖެހޭ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2017

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި

19 ޑިސެމްބަރު 2017
ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި
09 އޮކްޓޯބަރު 2017

ޕީޖީ ބިޝާމްގެ ކާރުކޮޅުގައި ރޯކޮށްލި މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައިފި

09 އޮކްޓޯބަރު 2017
ޕީޖީ ބިޝާމްގެ ކާރުކޮޅުގައި ރޯކޮށްލި މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައިފި
01 އޮކްޓޯބަރު 2017

ދޮށީ އުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ސިޔާސަތެއް އެކުލަވާލައިފި

01 އޮކްޓޯބަރު 2017
ދޮށީ އުމުރުގެ މީހުންގެ ހައްގުތައް  ހިމާޔަތް ކުރުމަށް ސިޔާސަތެއް އެކުލަވާލައިފި
21 ސެޕްޓެމްބަރު 2017

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ އާއިލާތަކުން ބައްދަލު ކުރުމުގެ ގަވާއިދެއް އެކުލަވާލައިފި

21 ސެޕްޓެމްބަރު 2017
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ އާއިލާތަކުން ބައްދަލު ކުރުމުގެ ގަވާއިދެއް އެކުލަވާލައިފި
10 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ސަރުކާރުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ސަރުކާރުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި
30 ޖުލައި 2017

އަދީބުގެ ސިޓީތަކާ ގުޅިގެން އަމަލުކުރާނެ ވަކި ގޮތެއް އަދި ނުނިންމަން: ސުޕްރީމް ކޯޓް

30 ޖުލައި 2017
އަދީބުގެ ސިޓީތަކާ ގުޅިގެން އަމަލުކުރާނެ ވަކި ގޮތެއް އަދި ނުނިންމަން: ސުޕްރީމް ކޯޓް
23 އެޕްރީލު 2017

ޔާމީންގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ބޭނުމެއް ނުވޭ!

23 އެޕްރީލު 2017
ޔާމީންގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ބޭނުމެއް ނުވޭ!
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
20 މާރިޗު 2017

ކައުންސިލް އިންތިޚާބު ކަވަރ ކުރުމުގެ އުސޫލެއް އެކުލަވާލައިފި

20 މާރިޗު 2017
ކައުންސިލް އިންތިޚާބު ކަވަރ ކުރުމުގެ އުސޫލެއް އެކުލަވާލައިފި
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް