Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަޖަމްކުރަން ހުކުމް ކުރުން

އަންހެނަކު ރަޖަމް ކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

7 ޖެނުއަރީ 2019 | ހޯމަ 06:16

ހުކުމް ބާތިލް ކޮށްފައި ވަނީ ހޯމަ ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް | 7 ޖެނުއަރީ 2019 | ހޯމަ 06:16
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު

އަންހެނަކު ރަޖަމް ކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.

ޒިނޭ ކުރި ކަމުގެ ކުށް ސާބިތުވެފައިވާ ޅ. ނައިފަރަށް ނިސްބަތްވާ އަންހެން މީހާގެ މައްޗަށް ރަޖަމް ކުރަން ކުރި ހުކުމް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ބާތިލް ކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުން ހޯމަ ދުވަހު ނެރުނު އަމުރުގައި ބުނެފައި ވަނީ އެ މައްސަލައިގެ ޝަރީއަތް ހިންގައި، ނިންމާފައި ވަނީ އެ ގަޒިއްޔާގެ ދައުވާގައި ޕްރޮސިކިޓަރ ޖެނެރަލްގެ ފަރާތުން ޙަވާލާދީފައިވާ ގާނޫނީ ނަންބަރު 17/2014 ( ޖިންސީ ކުށުގެ ގާނޫނު ) ގެ 27 ވަނަ މާއްދައާ ޙިލާފަށް ކަމަށްވާތީ ކަމަށެވެ.

އުމުރުން 25 ގެ މި އަންހެން މީހާގެ މައްޗަށް ރަޖަމް ކުރަން ޅ. އަތޮޅު ކޯޓުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާ، ހުކުމް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 1205 މާއްދާގެ ދަށުންނެވެ. އެ ހުކުމް ކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ.

ރާއްޖެ އެމްވީއަށް ކޮޕީ ލިބިފައިވާ އެ ހުކުމްގައިވާ ގޮތުން ޒިނޭ ކޮށްގެން އޭނާ އަށް ވަނީ ދަރިޔަކު ލިބިފައެވެ. އެ ދަރިފުޅު ވިހާފައި ވަނީ މިދިޔަ އަހަރު މެއި މަހުގެ 16 ވަނަ ދުވަހު ޅ. އަތޮޅު ހޮސްޕިޓަލުގައެވެ.

ޅ. ނައިފަރު ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ހަމައެކަނި އެއަންހެން މީހަގެ ބަޔާނަށް ރިއާޔަތް ކޮށެވެ. ޝަރީއަތުގެ މަޖިލީހުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން އޭނާ ހޯދާފައި ނުވާ ކަމަށްވެސް ހުކުމްގައިވެއެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

4

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

5

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް