Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވާވޭ ޓެކްނޮލޮޖީސް

އައިފޯނުން ޓްވީޓް ކުރި ވާވޭގެ މުވައްޒަފުންނަށް އަދަބު ދީފި

5 ޖެނުއަރީ 2019 | ހޮނިހިރު 03:22

ޓްވީޓުގެ ސަބަބުން ކުންފުނީގެ މަރުކާއަށް ގެއްލުން ލިބިފައިވާ ކަމަށް

އަމަން ހަލީމް
އަމަން ހަލީމް | 5 ޖެނުއަރީ 2019 | ހޮނިހިރު 03:22
ވާވޭގެ އޮފީސް އިމާރާތެއް

ވާވޭގެ އޮފީސް އިމާރާތެއް

ޗައިނާގެ ވާވޭ ޓެކްނޮލޮޖީސްގެ ރަސްމީ ޓްވިޓާ އެކައުންޓުން އާ އަހަރުގެ ތަހުނިޔާ ރައްދު ކުރި ޓްވީޓް، އައިފޯނަކުން ކުރި މައްސަލާގައި އެ ކުންފުނީގެ ދެ މުވައްޒަފަކަށް އަދަބު ދީފިއެވެ.

ރޮއިޓަރޒަށް ލިބިފައިވާ ވާވޭގެ އެތެރޭގެ މެމޯގައި، މި ޓްވީޓްގެ ސަބަބުން އެ ކުންފުނީގެ މަރުކާއަށް ގެއްލުން ލިބިފައިވާ ކަމަށް އެ ކުންފުނީގެ ބޯޑު މެމްބަރު ޗެން ލީފަންގް ބުނެފައިވެއެވެ.

އެ މައްސަލަ ދިމާވާން މެދުވެރިވީ، ކުންފުނީގެ މީސް މީޑިއާގެ ކަންކަން މަތިކޮށްފައިވާ "ސަޕިއެންޓް" ކުންފުނީގެ ޑެސްކްޓޮޕް ކޮމްޕިޔުޓަރެއްގެ ވީޕީއެންއަށް ދިމާވި މައްސަލައަކާ ގުޅިގެން، އާ އަހަރު ވީ ވަގުތަށް ޓްވީޓް ފޮނުވުމުގެ ގޮތުން އައިފޯނެއް ބޭނުން ކުރުމުން ކަމަށް ވެސް އެ މެމޯގައިވެ އެވެ.

ޗައިނާގައި ޓްވިޓާ އާއި ފޭސްބުކް އަދި ގޫގުލް ފަދަ ބޭރުގެ ވެބްސައިޓްތައް ބްލޮކްކޮށްފައި (ނުވަދެވޭ ގޮތް ހަދާފައި) ހުރުމުން، މި ވެބްސައިޓްތައް ބޭނުންކުރާ ފަރާތްތަކަށް ޖެހެނީ ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން)ގެ ބޭނުންކުރާށެވެ.

މި ކަމުގައި ޒިންމާވާން ޖެހޭ ވާވޭގެ ދެ މުވައްޒިފެއްގެ މަގާމު ދަށްކޮށް، އެ މީހުންނަށް ކޮންމެ މަހަކު ލިބޭ މުސާރައިން 728.27 ޑޮލަރު (11229 ރުފިޔާ) އުނިކުރަން ނިންމާފައިވާ ކަމަށް ވެސް އެ މެމޯގައި ވެއެވެ. އަދި އެތަނުން އެއް މުވައްޒިފެއްގެ މުސާރައިގެ ކުރިއެރުން އަހަރަކަށް ހިފަހައްޓަން ނިންމާފައިވާ ކަމަށް ވެސް މެމޯގައި ވެއެވެ.

ވާވޭއިން ވަނީ ވާދަވެރި އެޕަލް ކުންފުނި ފަހަތަށް ޖައްސާލުމަށް ފަހު، ދުނިޔޭގެ ސްމާޓްފޯނު ބާޒާރުގެ ދެވަނަ މަގާމު ނަގާފައެވެ. މި ކުންފުނީގެ މަގުބޫލު ފޯނުތަކުގެ ތެރޭގައި ޕީ-ސީރިޒް އަދި މޭޓް ސީރީޒްގެ ފޯނުތައް ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2018

ޓްރަމްޕްގެ އަހަރުގެ ފުރަތަމަ ޓްވީޓްގައި ޕާކިސްތާނަށް ބަހުގެ ޙަމަލާތަކެއް

02 ޖެނުއަރީ 2018
ޓްރަމްޕްގެ އަހަރުގެ ފުރަތަމަ ޓްވީޓްގައި ޕާކިސްތާނަށް ބަހުގެ ޙަމަލާތަކެއް
23 ޑިސެމްބަރު 2017

ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8000 އަށްވުރެ ގިނަ މީހުންނަށް ޗައިނާއިން އަދަބު ދީފި

23 ޑިސެމްބަރު 2017
ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8000 އަށްވުރެ ގިނަ މީހުންނަށް ޗައިނާއިން އަދަބު ދީފި
29 ނޮވެމްބަރު 2017

ކަނާތުފިޔައިގެ ގްރޫޕަކުން ކުރި ޓްވީޓް ރައީސް ޓްރަމްޕް ރީޓްވީޓް ކުރެއްވުމަކީ ގޯހެއް: ޑައުނިންގ ސްޓްރީޓް

29 ނޮވެމްބަރު 2017
ކަނާތުފިޔައިގެ ގްރޫޕަކުން ކުރި ޓްވީޓް ރައީސް ޓްރަމްޕް ރީޓްވީޓް ކުރެއްވުމަކީ ގޯހެއް: ޑައުނިންގ ސްޓްރީޓް
02 ނޮވެމްބަރު 2017

ނިއު ޔޯކް ޓްރަކް ހަމަލާ: ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ މީހާ އަށް މަރުގެ އަދަބު ދިނުމަށް ރައީސް ޓްރަމްޕް ގޮވާލެއްވުމަކީ ޝަރީއަތައް ނުފޫޒު ފޯރާނެ ކަމެއް

02 ނޮވެމްބަރު 2017
ނިއު ޔޯކް ޓްރަކް ހަމަލާ: ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ މީހާ އަށް މަރުގެ އަދަބު ދިނުމަށް ރައީސް ޓްރަމްޕް ގޮވާލެއްވުމަކީ ޝަރީއަތައް ނުފޫޒު ފޯރާނެ ކަމެއް
28 އޯގަސްޓު 2017

ފާދިރީ ރަމް ރަހީމްގެ މައްޗަށް އަދަބު ކަނޑައަޅަން ގާތްވެފައިވާއިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލަތުގައި!

28 އޯގަސްޓު 2017
ފާދިރީ ރަމް ރަހީމްގެ މައްޗަށް އަދަބު ކަނޑައަޅަން ގާތްވެފައިވާއިރު އިންޑިއާގެ ސަލާމަތީ ބާރުތަކުން ތިބީ ތައްޔާރީ ހާލަތުގައި!
16 ޖުލައި 2017

އިންގްލެންޑާއި ވޭލްސްގައި ދޭ އެސިޑް ހަަމަލާތަކާއި ގުޅިގެން ދޭ އަދަބު ބޮޑު ކުރުމަށް މަސައްކަތް ފަށައިފި

16 ޖުލައި 2017
އިންގްލެންޑާއި ވޭލްސްގައި ދޭ އެސިޑް ހަަމަލާތަކާއި ގުޅިގެން ދޭ އަދަބު ބޮޑު ކުރުމަށް މަސައްކަތް ފަށައިފި
21 ޖޫން 2017

ޖަލުގާޑެެއްގެ ފުރާނަ ސަލާމަތްކޮށްދޭން އެހީވި ހަ ގައިދީއެއްގެ އަދަބު ލުއިކޮށްދީފި

21 ޖޫން 2017
ޖަލުގާޑެެއްގެ ފުރާނަ ސަލާމަތްކޮށްދޭން އެހީވި ހަ ގައިދީއެއްގެ އަދަބު ލުއިކޮށްދީފި
25 އެޕްރީލު 2017

ސައްދާމް މަރުގެ އަދަބުން ސަލާމަތް ކުރުމަށް ޤައްޒާފީ އުޅުއްވި: ފަނޑިޔާރެއް

25 އެޕްރީލު 2017
ސައްދާމް މަރުގެ އަދަބުން ސަލާމަތް ކުރުމަށް ޤައްޒާފީ އުޅުއްވި: ފަނޑިޔާރެއް
11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް