Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުދަ އެރުން

ކިނޮޅަހަށް އުދަ އަރަނީ

3 ޖެނުއަރީ 2019 | ބުރާސްފަތި 22:53

ރަށު ތެރެއަށް ވަރަށް ބޮޑަށް ވަނީ ރާޅު އަރާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖެނުއަރީ 2019 | ބުރާސްފަތި 22:53
ކިނޮޅަހަށް އުދަ އަރަނީ

ކިނޮޅަހަށް އުދަ އަރަނީ

ރ.ކިނޮޅަހަށް ވަރަށް ބޮޑަށް އުދައަރަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކިނޮޅުހުގެ ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވީ ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި އެރަށަށް އުދައަރާ ކަމަށާއި، މިފަހަރު މާބޮޑަށް ރަށު ތެރެއަށް އުދަ އަރަމުން އަންނަ ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބަނދަރު ސަރަހައްދުން ވަރަށް ބޮޑަށް ރާޅު އަރާފައިވާ ކަމަށާއި، 70 ފޫޓާއި 100 ފޫޓުގެ ދެމެދަށް ރަށު ތެރެއަށް ކޯރު ހެދިފައިވާ ކަމަށް ހުސެއިން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބަނދަރު ހަދާފައިވާ ގޮތުން އުދައެރުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރައްވައި ހުސެއިން ވިދާޅުވީ ބަނދަރަށް ފަސްއެޅި ތިލަވާ މައްސަލައަށް އެރަށުގެ ރައްޔިތުން ހައްލު ހޯދުމަށް މަސައްކަތް ކުރާތާ 7 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި، ކައުންސިލުން ވެސް ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް މިމައްސަލަ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް މިމައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރުވާ މޫސުމުގަ ބަނދަރު ޚާއްސަކޮށް ގަދަވާނެ. ގަދަވީމަ ފަސްއެޅި ތިލަވާނެ. އޮޑިދޯނި ފަހަރު ނުބޭއްވޭނެ ބަނދަރުގައެއް. ޔާމީންގެ ސަރުކާރުން އެއްފަހަރު މިމައްސަލަ ދިމާވެގެން ބަނދަރު ފުން ކޮށްދިން. ދާއިމީ ހައްލެއް ނުހޯދަދޭ." ހުސެއިން ވިދާޅުވިއެވެ.

މީގެ އިތުރުން ހުސެއިން ވިދާޅުވީ ލަފާފުރުމުގައި ދަތިކަމަކީ އެރަށުގެ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުން އަންނަ އެންމެ ބޮޑު މައްސަލަ ކަމަށާއި، މޫސުން ގޯސްވެ، ގަދަވެއްޖެ ނަމަ އަތޮޅު ފެރީގެ ޚިދުމަތް ވެސް ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ ރަށުގެ އޮޑިދޯނި ފަހަރު ބާއްވަން ޖެހެނީ ކައިރި އެހެން ރަށްރަށުގެ ބަނދަރުގައި ކަމަށާއި، ނުވަތަ ރަށުގެ ދެކުނު ފަރާތުގައި ކަމަށެވެ. އަދި ވިދާޅުވީ މިއީ އޮޑިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ރަށުގެ ރައްޔިތުން އުފަލަމުންދާ ތަކުލީފެއް ކަމަށެވެ.

ހުސެއިން ވިދާޅުވީ ރަށަށް އުދައެރުމުން އާންމު މުދަލަށް ގެއްލުންވާ ކަމަށާއި، ބައެއް އޮޑިފަހަރުތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

ކުރިއަށް އޮތް ދެ ދުވަހުވެސް މެދުރާއްޖެތެރެއާއި މާލެއަށް އުދައަރާނެ!

23 އޯގަސްޓު 2017
ކުރިއަށް އޮތް ދެ ދުވަހުވެސް މެދުރާއްޖެތެރެއާއި މާލެއަށް އުދައަރާނެ!
21 އޯގަސްޓު 2017

ގިނަ ރަށްތަކަށް އުދައަރަން ފަށައިފި

21 އޯގަސްޓު 2017
ގިނަ ރަށްތަކަށް އުދައަރަން ފަށައިފި
21 އޯގަސްޓު 2017

ގުޅިއަށް ވަަރަށް ބޮޑު އުދައަރައިފި

21 އޯގަސްޓު 2017
ގުޅިއަށް ވަަރަށް ބޮޑު އުދައަރައިފި
23 ޖުލައި 2017

ޖުލައި 26 އާ ހަމައަށް އުތުރާއި މެދު ރާއްޖެތެރެއަށް އުދަ އަރާނެ

23 ޖުލައި 2017
ޖުލައި 26 އާ ހަމައަށް އުތުރާއި މެދު ރާއްޖެތެރެއަށް އުދަ އަރާނެ
28 ޖޫން 2017

މާލެއަށް ވަރަށް ބޮޑަށް އުދައަރަން ފަށައިފި

28 ޖޫން 2017
މާލެއަށް ވަރަށް ބޮޑަށް އުދައަރަން ފަށައިފި
28 ޖޫން 2017

ރާއްޖޭގެ އެކި ހިސާބަށް އުދަ އެރުން އެކަށީގެންވޭ: މެޓް

28 ޖޫން 2017
ރާއްޖޭގެ އެކި ހިސާބަށް އުދަ އެރުން އެކަށީގެންވޭ: މެޓް
26 ޖޫން 2017

މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފި

26 ޖޫން 2017
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފި
26 އެޕްރީލު 2017

ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް

26 އެޕްރީލު 2017
ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް
17 އެޕްރީލު 2017

ކަރެކްޝަނުގައި އެންމެ ވެހިކަލެއް، ކޯޓުތަކުގެ ޝަރީއަތްތަކަށް ބުރޫއަރަނީ!

17 އެޕްރީލު 2017
ކަރެކްޝަނުގައި އެންމެ ވެހިކަލެއް، ކޯޓުތަކުގެ ޝަރީއަތްތަކަށް ބުރޫއަރަނީ!
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް