Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމެޑަމް ފާތިމަތު އިބްރާހިމް

ފާތުމަގެ ޞަދަގާތް ފައުންޑޭޝަނުގެ ހިލަމެއް ނެތް!

މެޑަމްގެ ސަދަގާތު ފައުންޑޭޝަނުން ބާއްވާ ހިތާނީ ކޭމްޕް މި ފަހަރަކު ނެތް

އަލީ ޔޫސުފް
އަލީ ޔޫސުފް | 3 ޖެނުއަރީ 2019 | ބުރާސްފަތި 13:46
މިދިޔަ އަހަރު ބޭއްވި ހިތާނީ ކޭމްޕްގައި މެޑަމް ފާތުމަތު އިބްރާހީމް (ކ) އާއި މެންބަރު ސިޔާމް ބައިވެރިވެވަޑައިގަންނަވީ

މިދިޔަ އަހަރު ބޭއްވި ހިތާނީ ކޭމްޕްގައި މެޑަމް ފާތުމަތު އިބްރާހީމް (ކ) އާއި މެންބަރު ސިޔާމް ބައިވެރިވެވަޑައިގަންނަވީ

ޕޯޑިއަމްގައި ހުންނެވީ މީދޫ ދާއިރާގެ ލޮބުވެތި، އިއްޒަތްތެރި މެންބަރު އަހްމަދު ސިޔާމް މުހައްމަދެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން އަދި ކުރީގެ އިއްޒަތްތެރި "މަހާރެހެންދި" ވެސް އިންނެވިއެވެ. ސިޔާމްގެ ތައުރީފްތައް އަމާޒުކުރެއްވީ އެކަމަނާއަށެވެ. ވިދާޅުވީ އެކަމަނާއަކީ "ދިވެހިރާއްޖެ އަށް މާތްﷲ ދެއްވި ނިއުމަތެއް" ކަމަށެވެ.

އެއީ މިދިޔަ އަހަރު ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުގެ ރެއެވެ. ފާތުންގެ ސަދަގާތު ފައުންޑޭޝަނުން ހުޅުމާލޭގައި ބޭއްވި ހިތާނީ ފެސްޓިވަލް ނިންމަން އޮތް ޖަލްސާއެވެ. ސިޔާމް އެވަރުން ހުއްޓާލެއްވީކީ ނޫނެވެ. ވިދާޅުވީ "އަޅުގަނޑުމެންގެ ރާއްޖޭގައި މިހިރީ އިނގިރޭސިވިލާތުގެ ރާނީއަށް ވުރެން މާ އޯގާތެރި، މާ މުހިއްމު، މާ ގިނަ މަސައްކަތްތަކެއް ކޮށްދޭ ރާނީއެއް،" ކަމަށެވެ. ދީލަތި އެހީ ދެއްވުމުގައި ވެސް ފަސްޓް ލޭޑީއަކީ ނަމޫނާއެއްގެ ގޮތުގައި ސިފަކުރައްވަމުން އެ ރޭ ސިޔާމް ވިދާޅުވީ "އަޅުގަނޑު ބޭނުންވަނީ ސުވަރުގޭގެ މަތިވެރި ގަނޑުވަރުތައް އުފެއްދުން" ކަމަށެވެ.

"އަދި އަޅުގަނޑު އެދެނީ އެ ގަނޑުވަރަށް އެކަމަނާ ލެއްވުން، ލައްވައިގެން އެ ހުރިހާ ނަސީބެއް އެކަމަނާއަށް ލެއްވުން."

މިއީ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި މުޅިން އާ ވާހަކަތަކެއް ނޫނެވެ. ސަރުކާރުން ބާއްވާ ހަފްލާތަކާއި ޕީޕީއެމުން ބާއްވާ ރަސްމިއްޔާތުތަކުގައި ވެސް ފާތުންނަށް ހުޝާމަދުކުރުމާއި ތައުރީފްކުރުމުގައި ވެސް ވަރުގަދަ ވާދަވެރިކަމެއް އޮތެވެ. ހީވަނީ އެންމެ މޮޅަށް ތައުރީފްކުރާ ފަރާތަކަށް ސަރުކާރުގައި ލިބޭ އެތިވަރު ބޮޑުވާހެނެވެ. ނުވަތަ ތައުރީފާއި ސަނާ ކިޔައިގެން އެކަމަނާއާ އަރިސް ވީވަރަކަށް ލިބޭ މިންވަރު ބޮޑުވާތީ އުޅޭހެންނެވެ. އެހާ ވެސް ވާދަވެރިކަން ބޮޑެވެ. ކިޔޭ ނުކިޔޭއެއް ނޭނގެއެވެ.

އޭރުގެ ސަރުކާރަށް ތާއިދުކުރި ގިނަ މީހުން އެކަމަނާ ސިފަކުރީ އޯގާތެރި ދީލަތި ކަނބަލެއްގެ ގޮތުގައެވެ. ވާނީ ވެސް އެހެންތާއެވެ. ސައުދީން ދިން ކަދުރުކޮޅަކަސް އަދި ހައްޖު ކޯޓާ ވެސް ބަހަކީ އެކަމަނާގެ ނަމުގައެވެ. ހިތާނީ ސީޒަނުގައި ވެސް އެކަމަނާގެ އަޑު ކަނޑައިގެން ނުދެއެވެ. އާސަންދަ އާއި ދެން ވެސް އޮތްހާ ކުންފުންޏަކުން، ކޮރަޕްޝަން ކަމަށް ތުހްމަތުކުރެވޭ ގޮތަށް ދޭ ސްޕޮންސަރއިން ބޭއްވި ހަރަކާތްތަކުން މީހުންނަށް ހީވާނީ ވެސް އެހެންތާއެވެ.

އެކަމަނާ އަށް ތައުރީފްކުރާ ފަރާތްތަކުން އޭރު ބުނަމުންދިޔައީ އެކަމަނާއަކީ އަބަދު ވެސް ވަރަށް އޯގާތެރި އަދި އެހާމެ ދީލަތު ކަމަނާއެއް ކަމަށެވެ. އަދި ވެރިކަމުގައި ނެތަސް އެކަމަނާ އާއި އެކަމަނާ އުފައްދަވައިގެން އުޅުއްވާ ސަދަގާތު ފައުންޑޭޝަނުން އެފަދަ އެހީތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. ހިތާނީ ކޭމްޕްތައް ބާއްވާނެ ކަމަށެވެ. މީހުން ހައްޖަށް ފޮނުވުމާއި ރޯދަ އަށް ކަދުރު ބެހުމާއި ކާޑުބެހުމާއި، މި ނޫން ވެސް ސަދަގާތުގެ ތެރެއިން ހިމެނޭ ކަންކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ އެތައް ކަމެއް ކުރިއަށް ގެންދާނެ ކަމަށެވެ. ފަހަރުގައި އެކަން އެހެން އޮވެދާނެވެސްމެއެވެ. ނަމަވެސް އެކަމަނާގެ ހާމަނުވެ އޮތް މި ސިފަ ފެނިގެން ދިޔައީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އާރާއި ބާރުތައް މުށުތެރެއަށް ޖަމާކުރައްވަން ފެއްޓެވި ހިސާބުންނެވެ.

މި ސަރުކާރުގެ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ވާހަކަ ހަރުއަޑުން ދައްކަމުން ދަނިކޮށް ކުއްލިއަކަށް ކުރީގެ ފާތުން މަތިން ހަނދާންވި ސަބަބު ވެސް މިތަނުގައި ފާހަގަކޮށްލާނަމެވެ. އެއްކަމަކީ ބޮޑު ޗުއްޓީއެއް ނިމިގެން ދިޔުމެވެ. ހިތާނީ މޫސުމް ނިމިގެން ދިޔަ އިރު އެއްކަލަ އޯގާތެރި ސަދަގާތްކުރުމުގައި ލާމަސީލު ކަމަނާގެ އަޑެއް ބަޑެއް ވެސް ނިއިވުމުންނެވެ. އަނެއްކޮޅުން މިހާރު ރުޅި މޫނު ހައްދަވައި އެކަމަނާ އާއި އެކަމަނާގެ ފިރިކަލުން ކުރީގެ ރައީސްއާ މޫނުކަނޑުއްވައިގެން ހުންނެވި މެންބަރު ސިޔާމް ދެއްކެވި ވާހަކަތަކަށް އަހަރެއް ފުރުމަކީ ވެސް އެކަމަނާ މަތިން ހަނދާންވި ސަބަބެކެވެ.

ނަމަވެސް މިހާރު ތަފާތަކީ ވެރިކަމުގައި އެކަމަނާގެ ފިރިކަލުން ނެތް ކަމެވެ. އާރެއް ބާރެއް ނެތިފައި ގޭގެ ހަތަރު ފާރު ތެރޭގައި ބަންދުވެފައިވާ ފަދަ ހާލަތެއްގައި އިންނެވި ކަމެވެ. ރަށު ބަންދެއްގައެވެ. ވެރިކަމުގައި ހިންގެވި ކޮރަޕްޝަންގެ އެތައް އެތައް މިލިއަން ރުފިޔާއެއްގެ ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތުކުރެވިފައިވާ އިރު އެ މައްސަލަތައް ޕޮލިހުން ދަނީ ބަލަމުންނެވެ.

ކޮންމެޔަކަސް އެއްކަލަ ދީލަތު އޯގާތެރި ކަމަނާގެ އަޑެއް ވެސް ނީވުނެވެ. އެއްކަލަ ސައުދީން ހަދިޔާކުރި ކަދުރުން ސަދަގާތްކުރި ފައުންޑޭޝަނުގެ ހިލަމެއް ވެސް ނެތެވެ. މި ފަހަރު ވެސް އެކަމަކު އެތައް ކުޑަކުދިންނެއް ހިތާނުކުރިއެވެ. އެކުދިން ކުރީގެ މެޑަމް ފާތުން މިސްވެގެން އެ ވާހަކަ ފަހަރުގައި ނުދެއްކިއެއް ކަމަކު އެކަމަނާގެ ފައުންޑޭޝަންގެ ނަމުގައި އޭރު ހިންގި ކަންކަން ބޮޑެތި މީހުން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ.

ރަނގަޅަށް ވިސްނާލުމުން އެނގެނީ އޭރު ކުރި ކަންކަމަކީ މުޅިން ވެސް އާރާއި ބާރު އޮތުމުން ދެއްކުންތެރިކަމުގައި ޝައްކުގެ ނަޒަރުން ބެލިދާނެ "ޖަރީމާތައް" ކަމެވެ. ދައުލަތުގެ ކުންފުނިތްކާއި އާރާއި ބާރު ބޭނުންކޮށްގެން ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ އަމަލުތަކުގެ ފައިދާ އެ ފައުންޑޭޝަނަށް ވެސް ކޮށްފައިވާނެ ކަމެވެ. ތަހުގީގުކޮށް ބަލައި ކުރީގެ މެޑަމް އާއި އެކަމަނާގެ ފައުންޑޭޝަނާ ވެސް ސުވާލުކުރަންޖެހެއެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ސަން ސިޔާމް އޮޅިގެން ވިދާޅުވި ގޮތަށް ހަގީގަތުގައި ވެސް "ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހައްދަވާ" ފައި ވޭތޯ ބަލަންޖެހެއެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
12 އެޕްރީލު 2017

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު