Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހި ސީމަނުން

ދިވެހި ސިީމަނުންގެ ހާލުގެ ދުލުން

ދިވެހި ސީޑީސީ އަކީ ބައިނަލް އަގުވާމީ މިންގަނޑަށް ފެތޭ އެއްޗަކަށް ވާންޖެހޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2019 | އަންގާރަ 13:32
ކަނޑު ބޯޓެއް

ކަނޑު ބޯޓެއް

ރާއްޖޭގެ އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކެކޭ އެއްފަދައިން ދިވެހި ސީމަނުން ނަކީވެސް ރާއްޖޭގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ އަދި އަދާކޮށްފައިވާ ބައެކެވެ. މާޒީއަށް ބަލާލާއިރު މިކަން ވަނީ ސާބިތުވެގެން ގޮސްފައެވެ. ނަމަވެސް މިފަހަކަށް އައިސް ދިވެހި ސީމަނުންނަށް ވަރަށް ބޮޑަތި އުނދަގޫތަކާއި އަދި ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ. އެގޮތުން މި ރިޕޯޓްގައި މި އަލިއަޅުވާލަނީ އޭގެ ތެރެއިން ވަރަށް މަދު ކަމެއްގެ މައްޗަށެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެއްކަމަކީ ދިވެހިންގެ ތެރެއިން ބޯޓް ދަތުރު ކުރަންދާ ފަރަތްތަކަށް ދޫކުރާ ކޮންޓިނިއުއިން ޑިސްޗާޖިން ސެޓްފިކެޓް (ސީޑީސީ) އަކީ ބައެއްފަހަރު ބޭރުގެ ކުންފުނިތަކުން ގަބޫލު ނުކުރާ އެއްޗެއްގެ ގޮތުގައި ވެގެން ދިއުމެވެ. އެގޮތުން ބޯޓްފަހަރުގޮސް ގައުމު ތަކުގައި ބަނދަރުކުރާ ވަގުތު ތަކުގައި އެގައުމުތަކަށް އެތެރެނުވެވުން ފަދަ ކަންތައްތަށް ދިމާވަނީ މަދެއްކޮށެއް ނޫނެވެ. ޚާއްސަގޮތެއްގައި ޔޫރަޕްގެ ގައުމުތަކުގައި މިފަދަ ކަންކަން ވަރަށް ގިނައިން މެދުވެރިވާކަން ސީމަނުން ފާހަގަ ކުރެއެވެ. އެހެންކަމުން ދިވެހި ސީޑީސީ އަކީ ފެންވަރު ރަނގަޅު ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް ތައްޔާރުކޮށްފައިވާ ސީޑީސީއެއްކަމުގައި ހެދުމަކީ މުހިންމު ކަމެއް ދޭންޖެހިފައިވާ ކަމެކެވެ.

މީގެ އިތުރުން ބޯޓު ދަތުރު ކުރަންދާ ކޮންމެ މީހަކީވެސް ފިޒިކަލީގޮތުން ފިޓްމީހަކަށް ވާންޖެހޭއިރު ބައެއްފަހަރު ރާއްޖެއިން ދޭ މެޑިކަލް ސެޓްފިކެޓް ބޭރުގެ ޝިޕިން ލައިންތަކުން ބަލައިނުގަންނަ ކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ދިވެހި ސަރުކާރުން ގަބޫލުކުރާ ފެންވަރުގެ ޑޮކްޓަރުން ޓްރާންސް ޕޯޓް އޮތޯރިޓީގެ ވެބްސައިޓުން ފެންނަށް ނެތުމަކީ މިއަދު ސީމަނުންގެ ކަންބޮޑު ވުމެކެވެ. ދިވެހި ސީމަނުންނަކީ އަނބިދަރިންނާއި ދުރުގައި އެތައް ދުވަހެއް ހޭދަކުރަން ޖެހިފައިވާއިރު އެ ހޭދަކުރާ ދުވަސްތަކުގައި އެމެޖެންސީ ކަމެއް ދިމާވާ ހާލަތްތަކުގައި ބޭރުގެ ކުންފުނިތަކުން އެންމެ ފުރަތަމަވެސް އަންގާނީ އެގައުމެއްގެ ސަރުކާރަށް ކަމަށް ވާއިރު ދިވެހި ސީމަނުންގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ މުއައްސަސާގެ ވެބްސައިޓްގައި އެމެޖެންސީ ހާލަތްތަކުގައި ގުޅޭނެ ނަމްބަރެއް ނެތުމަކީ ހިތާމައާއި އެކު އެމީހުން ފާހަގަ ކުރާ ކަމެކެވެ.

މީގެ އިތުރުންވެސް ދިވެހި ގައުމީ ޝިޕިން ކުންފުނި ބަނގުރޫތްވެ ބޯޓް ވިއްކާލުމާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ސީމަނުންނަށް ދިވެހި ސަރުކާރުން ގަބޫލު ކުރާ ކުންފުނިތަކުން ވަޒީފާ ހޯދައިދޭން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ. ވަޒީފާ ނެތި ގިނަދުވަސްތަކެއްގައި ހުންނަން ޖެހުމުގެ ސަބަބުން އެސީމަނެއްގެ އާއިލާ އާއި އަނބިދަރިން ބަރުދާސްތު ކުރަންޖެހޭނީ ވަރަށް ހިތްދަތި ދުވަސްތަކެކެވެ.

ދިވެހި ސީމަނުން ގަބޫލު ކުރާގޮތުގައި ޝިޕިން ލައިންތަކުގައި މަސައްކަތް ކުރާ ދިވެހި ސީމަނުންނަށްވެސް ލިބެންޖެހޭ ފުރިހަމަ ހައްގުތަށް ހޯދައި ދިނުމަށް ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ބޮޑަތި މަސައްކަތް ތަކެއް ކުރަން ޖެހެއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް ކޮންމެ ސަރުކާރަކުންވެސް ދިވެހި ސީމަނުންނަށް ދީފައިވަނީ ބީރުކަންފަތެއްކަން އެފަރާތްތަކުގެ ވާހަކަތަކުން އެނގެއެވެ. ނަމަވެސް ދިވެހި ހުރިހާ ސީމަނުންވެސް މިވަގުތު ތިބީ ރައީސް ސޯލިހުގެ ސަރުކާރުން ދިވެހި ސީމަނުންގެ ކަންކަން ވަރަށް ގާތުން ބަލާ އެފަރާތަކަކީވެސް ރާއްޖޭގެ އިގްތިސާދުގައި މުހިންމު ބައެއްކަމުގައި ދެކި އެފަރާތްތަކަށް ފަހިގޮތްތަކެއް މެދުވެރިވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު