Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސަރުކާރާމެދު އަދި އެއްފަހަރު ވިސްނާލައްވާ!

ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި

ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2018 | އާދީއްތަ 13:18
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ބައެއް މީހުން ކަންބޮޑުވެފައި ތިބީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ ގޮތުންނެވެ. އަނެއް ބަޔަކު ހިތްހަމަނުޖެހިފައި ތިބީ ބައެއް ކަންކަމުގެ ސަރުކާރުގެ ދުވެލި މަޑުވުމުންނެވެ. އަނެއް ކަންބޮޑުވުމަކީ ކުރިން ވެސް މަގާމުތަކުގައި ތިއްބެވި ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ޖަރީމާތައް ހިންގިކަމަށް ތުހްމަތުކުރާ، ނުވަތަ އެހީތެރިވެދިން ކަމަށް ބުނާ ބައެއް މީހުން މަގާމުތަކުގައި ތިބުމެވެ. މިއީ ހަމަ ރަނގަޅު ކަންބޮޑުވުމެއް ކަމަށް ގަބޫލުކުރަންޖެހެ އެވެ. ނަމަވެސް މިގޮތަށް ކަންބޮޑުވާ މީހުން ވެސް ގަބޫލުކުރަންޖެހޭ ހަގީގަތްތަކެއް އެބަ ހުއްޓެވެ.

މަޒީން މާގިނަ ސޮފުހާތަކެއް އުކާކަށް ނުޖެހޭނެ އެވެ. ސެޕްޓެމްބަރު 23 ގެ ކުރިއަށް ބަލާލާށެވެ. ސިޔާސީ ހުރިހާ ލީޑަރުން ތިއްބެވީ ޖަލުގަ އެވެ. ރައްޔިތުންނަށް ހައްގުތަކެއް ނެތެވެ. ދައުލަތުގެ ތިޖޫރީގައި ފުލެއް ނެތެވެ. އަދުލާއި އިންސާފަކީ ހަމައެކަނި ރަދީފުގައި ލިޔެވިފައިވާ ދެ ބަހަށް އޮތީ ވެފައެވެ. ބަރުލަމާނުގައި ބާރެއް ނެތެވެެ. މުއައްސަސާތަކަކީ ދަތް ނެތް ސިންގާތަކެކެވެ. މި ދަރަޖައަށް ދައުލަތް ހަރާބުވުމުން، ސިޔާސީ އެކި ފިކުރުތަކުގައި ތިއްބެވި އެންމެ އެއް ގަލަކަށް އަރަން މަޖުބޫރުވި އެވެ. އެންމެން ވެސް ބުނަމުން ދިޔައީ ގައުމުގެ ސަލާމަތަށް ކުރެއްވި ކަމެއް ކަމަށެވެ. އެ ބޭފުޅުން އެއް ގަލަކަށް އެރުއްވީ ދެބަސްވުން ހުންނާނެ ކަމަށް އެއްބަސްވެގެންނެވެ.

ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އެންމެން އެއްބަސްވި ނަމަވެސް، ދެބަސްވުންތައް ހުއްޓެވެ. ކޯލިޝަން ސަރުކާރެއްގެ ތޮބީއަތަކީ އެއީ އެވެ. ދެބަސްވުންތައް ހުންނާނެ އެވެ. ރައްޔިތުން ވެސް އެއްބަސްވެ، އާނބަސް ބުނީ، ކޯލިޝަންގައި ދެބަސްވުން ވެސް ހުންނާނެކަން ގަބޫލުކޮށްގެންނެވެ. އެހެންވެ، ވެރިކަމުގެ އަލަތުކޮޅުގައި މައްސަލަތައް ހުރުން އެކަށީގެންވާނެކަން ގަބޫލުކުރަންޖެހެ އެވެ. ތިމާމެން ބޭނުންވާ ކަމެއް ބޭނުންވާ ސްޕީޑްގައި ވެސް ނުގޮސްދާނެ އެވެ. ރައްޔިތުން ބޭނުންވީ ކޯލިޝަނެއް އޮވެގެން ވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށެވެ. ރައްޔިތުން އެގޮތަށް ނިންމާފައި އޮތްއިރު، ރައްޔިތުން އެގޮތަށް އެއްބަސްވި ސަބަބުތައް ހަނދާނަށް ގެންނަންޖެހެ އެވެ. އިންސާނުންނަކީ އަބަދުވެސް ހަނދާންކޮށްދޭން ޖެހޭ ބައެކެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހް އަށް ވޯޓް ދެއްވީ، މީޒާން ހަމަ ދައުލަތެއް ގާއިމުކޮށް، އިޖުތިމާއީ އަދާލަތު ކަށަވަރުކުރުމަށެވެ. އަދުލް އިންސާފު ގާއިމުކުރުމަށެވެ. ޝަރުއީ ނިޒާމު އިސްލާހުކުރުމަށެވެ. ހައްގުތަކާއި މިނިވަންކަން އިޔާދަކުރުމަށެވެ. ރައްޔިތުންނަށް ހަމަޖެހިލައިގެން އުޅެވޭނެ މާހައުލެއް ހޯދުމަށެވެ. ގައުމުގެ މުއްސަނދިކަމަކީ ވަކިބައެއްގެ މިލްކަކަށް ހެދިޔަ ނުދިނުމަށެވެ. ހަޒާނާ އާއި ބަޑިގުދަން ރައްކާތެރިކުރުމަށެވެ. މިކަންކަމަށް ވާސިލްވުމަށް މަސައްކަތްކުރުމަކީ ކޮންމެ ލީޑަރެއްގެ ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ. އޭރު ދެއްކެވި ވާހަކަތައް މިއަދު ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އޭރު ރައްޔިތުން ދިން އުއްމީދުތަކަކީ ހިޔާލީ ފޮލާއަކަށް ހަދައިގެން ނުވާނެ އެވެ. ގޯސްތައް ތަކުރާރުވާނަމަ، ރައްޔިތުންގެ ކަންބޮޑުވުން އުތުރިއަރާނެ އެވެ. މިވަގުތަކީ ނުތަނަވަސްކަމުގެ ޖަޒުބާތު ކެކެންވީ ވަގުތުތޯ އަމިއްލަ ނަފުސާ ސުވާލު ކުރައްވާށެވެ. މީގެ ދޮޅުމަސްކުރިން އޮތް ބިރުވެރިކަމާއި ނާމާންކަމުގެ މަންޒަރުތައް ސިފަކޮށްބަލާށެވެ. އޭރުން ޝަކުވަތައް މަދުވެ، ކަންބޮޑުވުންތައް މައިތިރިގެން ގޮސްދާނެ އެވެ. އަދި ގަބޫކުކުރަންވީ، ޚުދުމުޚްތާރު ސިފަތަކަކަށް ހިންގި ދައުލަތެއް ސާފުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމެެވެ. މުޅި ދައުލަތުގައި ފަސާދައިގެ މޫ ދެމިފައިވާއިރު، އެފަދަ ފަރާތްތަކަށް ޑިމޮކްރަސީ ވާނީ ޒަޚަރަކަށެވެ. އެހެންވެ، މައްސަލަތަކަށް އެއްފަހަރާ ހައްލު ހޯދުމަކީ ފަސޭހަ ކަމަށް ވާނެ ކަމެއް ނޫނެވެ.

ނަމަވެސް މިހާރު ވެސް އެނގޭ ކަމެއް އެބަ އޮތެވެ. ރައްޔިތުންގެ މަޖިލީހުގައި 24 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ރައީސް އިބުރާހިމް މުހައްމަދު ސޯލިހް އަށް ރާއްޖޭގެ ސިޔާސީ ހަޔާތުގައި ތަޖުރިބާ ނުކުރެއްވި އޮތް އެއްވެސް ކަމެއް ނެތެވެ. އެހެންވެ، އެ މަނިކުފާނުގެ ނިންމުންތަކަކީ ހިކުމަތްތެރި ނިންމުންތަކަކަށް ވާނެ އެވެ. އަދި ކޯލިޝަނަކުން ވެރިކަން ކުރާއިރު، މަގާމުތަކަށް އައްޔަންކުރާ މީހާގެ ގޮތުން ބަދު ބަހެއް ބުނެލަން ޖެހުނަސް، އެއީ ހައްލު ނުކުރެވޭ، ނުވަތަ ބަލައި ނުގަނެވޭ ވަރުގެ މައްސަލައަކަށް ވެގެން ނުވާނެ އެވެ.

މިހާރު އެންމެ ބޮޑު ޚިޔާލު ތަފާތުވުމަކަށް އޮތީ މަޖިލީހުގެ ގޮނޑިތައް ބެހުމެވެ. އަދި ހަތަރު ޕާޓީއަށް އެކަމުގައި އެއްގަލަށް ނޭރުވެ އެވެ. ކޮންމެ ބަޔަކު ވެސް އެބަޔަކަށްވާ ފަޅި ހޯދަށް މަސައްކަތް ކުރަނީ އެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް، އެއީ ހައްލު ނުކުރެވޭނެވަރުގެ ކަމަކަށް ނުހައްދަވާށެވެ. ރައްޔިތުންގެ ވިންދަކީ އެއީއެވެ. ރައްޔިތުން އެދޭ ގޮތަކީ އެއީ އެވެ. ގައުމަށް ހަމަޖެހޭ ވަގުތުކޮޅެއް ހޯދައި ދެއްވުމަށް، ރައީސް ސޯލިހް މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ޚިދުމަތްތެރިކަމާއެކު ކަމަށް ގަބޫލުކުރެ އެވެ. ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެއްވީ އެ މަނިކުފާނުގެ ސްޓައިލްގަ އެވެ. އަމިއްލަ އެދުން އިސް ނުކުރައްވައި އެއްބާރުލެއްވުން ދެއްވައިފި ނަމަ، ވެރިކަން ވެސް ކުރައްވައި ކާމިޔާބު ހޯއްދަވާނީ ރައީސް ސޯލިހްގެ ސްޓައިލްގަ އެވެ. ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު އެވެ. ހިކުމަތްތެރިކަމާއެކު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު