Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ވޯޓު ދިނީ ޔާމިން އެކަނި ބަދަލުކުރާކަށް ނޫން!

28 ޑިސެމްބަރު 2018 | ހުކުރު 20:22

ކުރިން ފާޑުކީ މީހުން އަދިވެސް ތިބީ އެ މަގާމުތަކުގައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 28 ޑިސެމްބަރު 2018 | ހުކުރު 20:22
ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމު ބިޝާމްއާ ހަވާލު ކުރައްވަނީ - ބިޝާމް މަގާމުން ވަކި ނުކުރާތީ ފާޑު ކިޔުން ވަނީ އަމާޒުވެފައި

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމު ބިޝާމްއާ ހަވާލު ކުރައްވަނީ - ބިޝާމް މަގާމުން ވަކި ނުކުރާތީ ފާޑު ކިޔުން ވަނީ އަމާޒުވެފައި

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ބަދަލުކުރަން އުޅުނުއިރު ދެއްކީ އަނިޔާވެރިކަމުގެ ވާހަކަ އެވެ. މިނިވަން މުވައްސަސާތައް މިނިވަން ނޫން ވާހަކަ އެވެ. ގާނޫނާ ހިލާފަށް ނިންމުންތަކެއް ނިންމި ވާހަކަ ދައްކައިގެން ރައްޔިތުންގެ ހިތުގައި އެ މުވައްސަސާތަކާމެދު ނަފްރަތު އުފެއްދި އެވެ. ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އަނިޔާއެއް ދީފައި އޮތްނަމަ އެ އަނިޔާ އެއް ދީފައި އޮންނާނީ އެތަންތަނުން ކަމަށް ގަބޫލުކުރެވޭ ދަރަޖައަށް އެ ވާހަކަތައް ދައްކައިގެން އެންމެ ފަހުން ވެރިކަން ބަދަލުކުރަން ރައްޔިތުން ވޯޓުދީގެން އެކަން ކުރީ އެވެ. މިއަދުގެ ސުވާލަކީ ރައްޔިތުން ބަދަލުކުރަން ބޭނުންވީ ހަމައެކަނި ޔާމިން ހެއްޔެ އެވެ.

ރައްޔިތުންގެ ތެރެއިން ބައެއް މީހުން އުއްމީދުކޮށްގެން ތިބީ ޔާމިންގެ ވެރިކަން ބަދަލުވުމުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެންދާނެ ކަމަށެވެ. ކަންވީވެސް އެހެންވެ. ނަމަވެސް މަޖިލީހުން ކުރަން ޖެހޭ ކަންކަން ކުރުމުގައި ފެނުނީ ފަހަތުފަޔަށް ބުރަވިތަނެވެ. މަޖިލީހުގެ މެޖޯރިޓީ ނެތީމަ ނުކުރެވެނީ ކަމަށް ބުނި ކަންކަން މެޖޯރިޓީ ލިބުނީމަ ކުރިތަނެއް ނުފެނުނެވެ. ފެނުނީ ކޯލިޝަނުގެ ބައެއް މީހުން އަމިއްލަ ފައިދާއަށް ކަންކަން ކޮށްނިއްމާލިތަނެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސަ ރިޔާސަތުގައި - ކޯލިޝަނަށް މެޖޯރިޓީ ލިބުމުންވެސް އޭނާ ވައްކެތް ނުކުރޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އެންމެ ފުރަތަމަ މަޖިލީހުގެ ރިޔާސަތު ބަދަލުކޮށް އެ މަގާމަށް ގާސިމް އިބްރާހިމް އިންތިހާބުކޮށްލި އެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި، ނައިބު ރައީސެއް ބަދަލެއް ނުކުރި އެވެ. އެކަމު މޫސަ އަކީ އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ނައިބު ރައީސަކަށް އައުމަށް ފަހު ޕީޕީއަށް ސޮއިކުރައްވައިގެން އެ މަގާމު ދިފާއުކުރި ބޭފުޅާ އެވެ. އަދި މަސީހް ކުރެއްވި ހުރިހާ ކަމެއް ހެޔޮ ވެގެން ޔާމިނާއި މަސީހަށް ސަނާ ކީ މޫސަ، އަދިވެސް އެއީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ އެތައް މެމްބަރަކަށް މަޖިލީހަށް ނުވައްދައި ގަތް ހުރިހާ ސަކަރާތްގަނޑެއްގައި ބައިވެރިވި މީހާ މިއަދު ހުދުފޮތިކޮޅަކަށްވީ އެވެ. އެއީ ރައްޔިތުން ބޭނުންވި ބަދަލު ހެނެއް މީހުންގެ ވާހަކައަކުން ހިޔެއް ނުވެ އެވެ. އެހެން ކަމުން މަޖިލީހަށްވެސް ރައްޔިތުން ބޭނުންވި ބަދަލެއް އައިތަނެއް ނުފެނުނެވެ.

ދެން އޮތީ ބޭ އިންސާފުން އެތައް ބައެއްގެ މައްޗަށް ދައުވާއެއްކޮށް އެމީހުން ޖަލުގައި ބެހެއްޓުމުގައި އިސް ދައުރެއް އަދާކުރެއްވި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަގާމުގައި ބެހެއްޓުމެވެ. ޔާމިން ކައިރީގައި ތިބި އެތައް ބައެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީއާ ތަންތަނުން ފޮނުވުމުން ދައުވާ ކުރާނެ ތަނެއް ނެތް ކަމަށް ނިންމާ ފޮނުވާލެއްވި އިސް މީހަކީ ބިޝާމެވެ. އަދި ނުވިތާތަކަށް ކޮންމެ ކަހަލަ މައްސަލައަކަސް ޔާމިނާ ދެކޮޅުވިއްޔާ ހެޔޮ ކަމަށް ހީވާ ގޮތައް އެކި މީސްމީހުންގެ މައްޗަށް ދައުވާ ކޮށްނިންމާލީ ބިޝާމު އެވެ.

އިންސާފު ހޯދާ ދިނުމުގައި ބިޝާމް ވަކާލާތު ކުރެއްވީ ރައްޔިތުންގެ ވަކީލާއެއްގެ ގޮތުގައި ނޫން ކަމަށް ބުނެ މިހާރު ސަރުކާރުގައި ތިބި މީހުން ދެއްކި ވާހަކަ އެއީ ފަރިއްސަށްވެ ނިމިއްޖެ އެވެ. ބިޝާމް އަކީ ހުދު ފޮތިކޮޅަކަށް ވެއްޖެ އެވެ. އޭނާ މަގާމުން ވަކިކުރާނެ ކަމަށް ވިދާޅުވެ މަޖިލީހުގައި އޭރު މެޖޯރިޓީ ނެތި ދެއްކި ވާހަކަ މެޖޯރިޓީ ލިބުނީމަ އަދި ސަރުކާރަށް އާދެވުނީމަ ނުދައްކާ ވާހަކައަށްވެ ނިމިއްޖެ އެވެ. ބިޝާމް އެންމެ ދުވަހަކަށްވެސް އިތުރަށް ހުންނަން ޖެހޭނެ ކަމަށް ރައްޔިތުން ގަބޫލު ނުކުރި ނަމަވެސް އެކަން މިހާރު ގަބޫލު ކުރަން ބޭނުންނުވާ ބަޔަކު މި ސަރުކާރު ހިންގާ ކޯލިޝަނުގެ ތެރޭގައި އެބަ ތިއްބެވެ.

ބިޝާމާއި މޫސާ އާއި އެކަންޏެއް ނޫނެވެ. ހިއުމަން ރައިޓްސް ކޮމިޝަނާއި އޭސީސީގެ ރައީސާއި ނައިބު ރައީސެއްވެސް ނޫނެވެ. މި ލިސްޓް ދިގުވެދާނެ ކަމަށްޓަކައި ދެތިން މީހެއްގެ މިސާލުން މި ވާހަކަ މި ވަގުތައް ނިންމާލެވިދާނެ އެވެ.

ކުރިން އަނިޔާވެރި ކަމަށްބުނެ އަދި ގާނޫނާ ހިލާފުވި ކަމަށްބުނާ މުވައްސަސާތަކުގެ މައްޗަށް ގެއްލުނު އިތުބާރު ކޮންމެ ވެސް ޖާދޫއެއްގައި އަނބުރާ ހޯދައިފި އެވެ. ސަރުކާރަށް ތާއިދުކުރާ މަޖިލިސް މެމްބަރުންގެ ރުހުން މީގެ ކުރިން އަނިޔާވެރިވި މީހުން ހޯދި ގޮތެއް ނޭނގެ އެވެ. ނަމަވެސް މިއީކީ އަދި ރިޔާސީ އިންތިހާބުގައި ރައްޔިތުން ލީ ވޯޓުން ނިކުންނަން ޖެހޭ ނަތީޖާ ކަމަށް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ. ޔާމިން އަނިޔާވެރި ނަމަ އެ އަނިޔާދިނުމަށް އެހީތެރިވީ މީހުންވެސް މިއަދު އެ ވަޒީފާތަކުން އެއް ފަރާތްކުރަން ޖެހެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

02 ޖުލައި 2017

ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް

02 ޖުލައި 2017
ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް
24 ޖޫން 2017

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
07 މެއި 2017

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!
04 މެއި 2017

ވޯޓު ދޭންވީ ކޮން ކޮޅަކަށް؟

04 މެއި 2017
ވޯޓު ދޭންވީ ކޮން ކޮޅަކަށް؟
23 އެޕްރީލު 2017

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
31 މާރިޗު 2017

ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

31 މާރިޗު 2017
ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!
28 މާރިޗު 2017

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު
19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް