Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ސަޕޯޓަރުން ދެއްކީ ރަނގަޅު ވާހަކައެކެވެ.

23 ޑިސެމްބަރު 2018 | އާދީއްތަ 15:01

އެންމެ ގިނަ ދަރަނި ނެގީ ޔާމީންގެ ވެރިކަމުގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 23 ޑިސެމްބަރު 2018 | އާދީއްތަ 15:01
ޕީޕީއެމުން މިދިޔަ ހުކުރު ދުވަހުގެރޭ ކުރި މުޒާހަރާގައި އަންހެނަކު އަޑު އުފުލަނީ

ޕީޕީއެމުން މިދިޔަ ހުކުރު ދުވަހުގެރޭ ކުރި މުޒާހަރާގައި އަންހެނަކު އަޑު އުފުލަނީ

މާ ގިނަ ދުވަހެއް ނުވެއެވެ. އާރު ދައްކައިގެން، ނާރު އަރުވާފައި ވާހަކަ ދެއްކީ އިހަށް ދުވަހުއެވެ. ބާރު ދައްކައި، ގުންފައި ޖަހާފައި ހިނގީ ހަމަ މިދާކަށް ދުވަހުއެވެ. ބޮޑާ ކަމާއި މޮޅުކަން ދެއްކުމަށް، ބޮޑު ގޮނޑިއަށް ވެޑުވިގެން އިނދެ، ވާހަކަ ދެއްކި އިރު މި ނޫން ދުވަހެއް އަންނާނެ ކަމެއް ނޭނގޭ ކަހަލައެވެ. ޒަމާނެއް ކޮޅުން ވެސް ނުދެކޭ ދުވަސްތަކެއް، ފާއިތުވެގެން ދިޔައީ އެމަނިކުފާގެ ވެރިކަމުގައެވެ.

އެކަން ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. އަނިޔާގެ ފާރު ނުހިކި، އެސްފިޔަ ޖަހާ ނުލެވި އުޅެނިކޮށް، އެއްކަލަ ޕާޓީގެ މީހުން އެ ވާހަކަ ގޮވަން ފަށައިފިއެވެ. ދައުލަތް ދަރަނިވެރި ކުރުވި ވާހަކައެވެ. ސިޔާސީ މަގާމުތަކުން ދައުލަތް މަތިބަރު ވި ވާހަކައެވެ. އިންސާފެއް ނެތް ވާހަކައެވެ. އަނިޔާވެރިކަމުގެ ވާހަކައެވެ.

އެކަމަކު އެ ވަރު ކުރާކަށް ނުވާނެއެވެ. އެމަނިކުފާނުގެ ބާރާއި އާރު ގެއްލި ދިޔަތާ މިވީ އެންމެ 36 ދުވަހެވެ. ސާޅީސް ވެސް އަދި ހަމަ ނުވެއެވެ. އެ ވަރު މަލާމާތެއް ކުރަން ހެޔޮވާނެތޯއެވެ؟ އަޑު އަޑު ނަގައި، ރާގު ރާގަށް އެ ގޮވެލިތައް އެމަނިކުފާނަށް އެ ރައްދު ކުރަނީ ހަމަ އެކަނިކުފާނުގެ ޕާޓީގެ ދޮރުމަތީގައި ތިބެއެވެ؟ މާ ދުރުނޫން ހިސާބެއްގައި އެމަނިކުފާނުގެ ގެކޮޅު ވެސް އެބަ ހުއްޓެވެ؟ ގައިމު އަޑުވެސް އިވޭނެތާއެވެ!

އެ މީހުން ގޮވީ ދައުލަތް ދަރަނިވެރިކޮށް، ކޮންމެ ދިވެއްސެއްގެ ބޮލަކަށް ޖެހޭ ދަރަނި ދޮޅު ލައްކައަށް އެރި ވާހަކައެވެ. އެމަނިކުފާނުގެ ވެރިކަމުގައި މަޖިލީހުގެ ރުހުމަކާ ނުލައި، ލޯނު ނެގި ވާހަކައެއް ނޮގޮވައެވެ. އެ ވާހަކަ ގޮވަން ހަނދާން ނެތުނީ ކަމަށް ވެދާނެއެވެ. އެމަނިކުފާނުގެ އެކުވެރިންނަަށް ދައުލަތުގެ ނިޝާން ޖަހައި، ސޮވެރިން ގެރެންޓީ ދިން ވާހަކައެއް ވެސް ނޮގޮވައެވެ. އެ ލޯނުތަކުގެ ތަފްސީލެއް މަޖިލީހަށް ހުށަނާޅާ ވާހަކަ ބުނަން އުޅެނިކޮށް ދޫ އޮޅުނީ ކަމަށްވެދާނެއެވެ. އެ ވަރަށް އަޑުއުފުލުމުން އެހެން ވެދާނެއެވެ. ގައިގަ ހުރި ބާރެއް ލާފައި އަޑު އުފުލަން އުޅެނިކޮށް، ބޭރުގެ ދަރަނީގެ 70 ޕަސެންޓަކީ ޗައިނާއަށް ދައްކަންޖެހޭ ފައިސާ ކަން ނުބުނެވި، އަޑު ދިޔައީ ކަމަށްވެދާނެއެވެ.

މިއީ ކޮންހަލަ ސަޕޯޓަރުންނެއްތޯއެވެ؟ މި ހުރިހާ ކަމެއް އެނގިތިބި، އެމަނިކުފާނާ ދިމާލަށް ދަރަނި ބޮލޭ ގޮވަނީއެވެ. މި ސަޕޯޓަރުން ހިތެއް ނުފުރޭ ހެއްޔެވެ؟ ވެރިކަމުގައި ދިންހާ ފައިސާ އާއި ލައްޒަތުގައި އުޅެފައި އައިސް އެމަނިކުފާނަށް ފުރައްސާރަ ކުރަން ލަދު ނުގަންނަ ކަމެވެ. ތާއިދު ލިބޭނެ ކަމަށް ބަލައި، މިލިއަން ކުރި ހަރަދުގެ މުގާބިލުގައި އެވަރުގެ ޝަޒާއެއް ދޭން ހެޔޮވާނެތޯއެވެ؟

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2018

މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!

17 ފެބުރުއަރީ 2018
މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!
12 ނޮވެމްބަރު 2017

އުކުޅަހު ރައްޔިތުން ޑޮކްޓަރުންގެ އިންތިޒާރުގައި، މަރުކަޒުގެ ފެންވަރު ރަނގަޅުކުރަންޖެހޭ

12 ނޮވެމްބަރު 2017
 އުކުޅަހު ރައްޔިތުން ޑޮކްޓަރުންގެ އިންތިޒާރުގައި، މަރުކަޒުގެ ފެންވަރު ރަނގަޅުކުރަންޖެހޭ
07 ނޮވެމްބަރު 2017

އަލިފާން ރޯވުމުން އުކުޅަހު ރައްޔިތުން ދެއްކީ އެއްބައިވަންތަކަން

07 ނޮވެމްބަރު 2017
އަލިފާން ރޯވުމުން އުކުޅަހު ރައްޔިތުން ދެއްކީ އެއްބައިވަންތަކަން
26 އޮކްޓޯބަރު 2017

ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

26 އޮކްޓޯބަރު 2017
ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!
21 އޮކްޓޯބަރު 2017

އިންތިގާލީ ވެރިކަމަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތްތަ؟

21 އޮކްޓޯބަރު 2017
އިންތިގާލީ ވެރިކަމަށް ދިޔުމަކީ އެންމެ ރަނގަޅު ގޮތްތަ؟
28 ޖޫން 2017

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
26 ފެބުރުއަރީ 2017

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް