Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް

މި އަހަރު ހުޅުވި އެއްމެ ލަގްޒަރީ ރިސޯޓުތަކުގެ ލިސްޓުގެ ކުރީ ސަފުގައި ރާއްޖޭގެ ދެ ރިސޯޓު

ކުޑަދޫ ޕްރައިވެޓް އައިލެންޑަކީ ރާއްޖޭގެ މަޝްހޫރު ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ 15 ލަގްޒަރީ ވިލާ ހުންނަ ރިސޯޓެއް

އަމަން ހަލީމް
އަމަން ހަލީމް | 22 ޑިސެމްބަރު 2018 | ހޮނިހިރު 16:12
ޖޯލި މޯލްޑިވްސްގެ ޖެޓީ

ޖޯލި މޯލްޑިވްސްގެ ޖެޓީ

ފަތުރުވެރިކަމުގެ ސިނާއަތް ދިރާސާ ކުރާ ލަގްޒަރީ ޓްރެވަލް އިންޓެލިޖެންސް (އެލްޓީއައި)ގެ މި އަހަރު އަލަށް ހުޅުވި ލަގްޒަރީ ރިސޯޓުތަކުގެ ލިސްޓުގެ އެއްވަނަ ދިވެހިރާއްޖޭގެ ކުޑަދޫ ޕްރައިވެޓް އައިލެންޑަށް، އަދި ދެވަނަ ޖޯލި މޯލްޑިވްސްއަށް ލިބިއްޖެއެވެ.

މި ލިސްޓުގެ އެއްވަނަ ލިބުނު ކުޑަދޫ ޕްރައިވެޓް އައިލެންޑަކީ ރާއްޖޭގެ މަޝްހޫރު ކުންފުނި، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ 15 ލަގްޒަރީ ވިލާ ހުންނަ ރިސޯޓެކެވެ. މި ރިސޯޓަކީ ތިމާވެއްޓާ ވަރަށް ރައްޓެހި ގޮތަކަށް ފަރުމާ ކޮށްފައިވާ ރިސޯޓެކެވެ. އެގޮތުން މި ރިސޯޓަށް ކަރަންޓު ފޯރު ކޮށްދެނީ ވިލާތަކުގެ މަތީގައި ހަރުކުރެވިފައިވާ ސޯލާ ޕެނަލްތަކެއްގެ ޒަރިއްޔާއިންނެވެ. ކުޑަދޫއަކީ ވަރަށް ހާއްސަ އަދި ހިތްގައިމު ޕްރައިވެޓް ރަށެއް ކަމަށް ލިސްޓުގައި އެލްޓީއައިއިން ވަނީ ބުނެފައެވެ.

ޖޯލި މޯލްޑިވްސްއަކީ ރ. އަތޮޅު މުރަވަންދޫގައި ތަރައްގީ ކޮށްފައިވާ، 73 ވިލާ ހުންނަ ރިސޯޓެކެވެ. ދުނިޔޭގެ މަޝްހޫރު ޑިޒައިނަރުންނާއި އާކިޓެކްޓުން ބޭނުންކޮށްގެން ތަރައްގީކޮށްފައިވާ ޖޯލި މޯލްޑިވްސްއަކީ ރަށުގެ ގުދުރަތީ ރީތިކަން އޭގެ ފުރިހަމައަށް ފެނިގެންދާނެ ގޮތަށް ފަރުމާ ކޮށްފައިވާ ރިސޯޓެކެވެ. ޖޯލިއަކީ އާއިލާތަކަށް ހާއްސަ، ރީތި ކަމުގެ އެއްމެ މަތީ ފަންތީގެ ރިސޯޓެއް ކަމަށް އެލްޓީއައިއިން ވަނީ ބުނެފައެވެ.

މި ލިސްޓުގެ ރަން ވަނަތައް ރާއްޖެއިން ހޯދާފައި މިވަނި ލަގްޒަރީ ކެޓެގަރީގެ 42 ރިސޯޓާއި ވާދަކޮށްގެންނެވެ. މި ލިސްޓުގައި ގިނައިން ހިމެނުނީ އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ ރިސޯޓުތަކެވެ.

އެލްޓީއައިއަކީ ދަތުރުވެރިންނަށް މައުލޫމާތު ފޯރުކޮށް ދިނުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ މާހިރުން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މެމްބަރަކަށް ވެވެނީ ހަމައެކަނި ދައުވަތު ލިބޭ ފަރާތްތަކަށް އެކަންޏެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
19 މާރިޗު 2017

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު