Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ- ކެނެޑާ

އަނެއްކާވެސް ކެނެޑާ މީހަކު ޗައިނާ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2018 | ހުކުރު 10:32

ހައްޔަރު ކޮށްފައިވަނީ އަންހެނެއް

އަލީ ސަމާޚް
އަލީ ސަމާޚް | 21 ޑިސެމްބަރު 2018 | ހުކުރު 10:32
ޗައިނާގެ ފޮރިން މިނސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔުންގް

ޗައިނާގެ ފޮރިން މިނސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔުންގް

ގަވާއިދާ ހިލާފަށް ޗައިނާގައި މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ކެނެޑާގެ ރައްޔިތަކު ޗައިނާއިން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގް ބުރާސްފަތި ދުވަހު ވިދާޅުވީ، ގަވާއިދާ ހިލާފަށް ޗައިނާގައި މަސައްކަތް ކުރަމުންދާ ކެނެޑާގެ ރައްޔިތަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވަނީ އަންހެނެއް ކަމަށާއި އޭނާގެ ނަމަކީ ސާރާ މެކް ކްލެވާ ކަމަށް ހުއާއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ކެނެޑާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މެކް ކްލެވާއަކީ ޗައިނާގައި އިނގިރޭސި ކިޔަވާދެމުންދާ ޓީޗަރެއް ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ ވިސާގެ މައްސަލައެއްގައި ކަމަށެވެ.

ޗައިނާ އިން ވަނީ މީގެ ކުރިން ކެނެޑާގެ ޑިޕޮލޮމެޓެއްގެ އިތުރުން ވިޔަފާރިވެރިޔަކު ވެސް ހައްޔަރު ކޮށްފައެވެ. އެ ދެމީހުން ހައްޔަރު ކޮށްފައި ވަނީ ޗައިނާގެ ގައުމީ ސަލާމަތަށް ނުރާއްކާވާ ކަމަށް ޝައްކު ވެގެން ކަމަށް ޗައިނާ އިން ވަނީ ބުނެފައެވެ.

ސާރާގެ ހައްޔަރުމާއި، އޭގެ ކުރިން ހައްޔަރު ކުރި ދެމީހުންނާ ގުޅުމެއް ވޭތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ހުއާ ވިދާޅުވީ މި ދެ ކޭސްއަކީ ތަފާތު ދެ ކޭހެއް ކަމަށެވެ. މި ކަމާއިބެހޭ ގޮތުން ކެނެޑާގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރަމުންދާ ކަމަށް ހުއާ ވިދާޅުވިއެވެ.

ހުއާ މިހެން ވިދާޅުވެފައި ވާއިރު، ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓުރްޑޯ ވެސް ވަނީ ޗައިނާ އިން ހައްޔަރު ކޮށްފައިވާ ކެނެޑާގެ ރައްޔިތުންގެ މައުލޫމާތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޗައިނާ އިން ކުރިން ހައްޔަރު ކޮށްފައިވާ ކެނެޑާގެ ދެ ރައްޔިތުންނާއި ވާވާގެ ސީއެފްއޯ މެންގް ވަންޒޫ ހައްޔަރު ކުރުމާއި ގުޅުމެއް ނުވާ ކަމަށް ކެނެޑާ ސަރުކާރުން ވަނީ ބުނެފައެވެ.

ޑިސެމްބަރު މަހު އެއްވަނަ ދުވަހު ކެނެޑާގެ ވެންކޯވާ އެއާޕޯޓުން ހައްޔަރުކުރި މެންގް ދޫކޮށްލަން ޗައިނާ އިން ދަނީ ކެނެޑާއަށް ގޮވާލަމުންނެވެ. މެންގް ހައްޔަރު ކުރުމާއި އެކު ޗައިނާއާ ކެނެޑާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައިއެވެ.

ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ މެންގްގެ އަޑުއެހެމެއް ދެން އެންމެ އަވަހަށް އޮންނާނީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް