Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަސަންދުރަ މައްސަލަ

ނަސަންދުރަ 50 އަހަރަށް ދިން މައްސަލަ އޭސީސީން އަލުން ދިރާސާ ކުރަނީ

18 ޑިސެމްބަރު 2018 | އަންގާރަ 11:03

50 އަހަރަށް ކުއްޔަށް ދޫކުރީ 2015 ވަނަ އަހަރުގެ ތެރޭގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 ޑިސެމްބަރު 2018 | އަންގާރަ 11:03
25 ބުރީގެ ހޮޓަލެއް ތަރައްގީ ކުރަމުންދާ ނަސަންދުރަ

25 ބުރީގެ ހޮޓަލެއް ތަރައްގީ ކުރަމުންދާ ނަސަންދުރަ

ރާއްޖޭގެ އެންމެ ޒަމާންވީ ޓޫރިސްޓް ހޮޓާ ކަމަށްވާ ނަސަންދުރަ ޕެލެސް ހުރި ބިމުގައި ޒަމާނީ ފެންވަރަށް ހޮޓަލެއް ތަރައްގީ ކުރަން ބަޔަކާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން އަލުން ދިރާސާ ކުރަން ފަށައިފި އެވެ.

ނަސަންދުރަ ހުރި ބިން، އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދޫކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

Advertisement - newsAdvertisement

އޭސީސީން އަލުން މައްސަލަ ބަލަން ފަށާފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލުން އަނބުރާ އެ މައްސަލަ އެކަމިޝަނަށް ފޮނުވާފައި ވަނިކޮށެވެ. އަނބުރާ އެ މައްސަލަ ޕީޖީން އޭސީސީއަށް ފޮނުވާފައި ވަނީ ސައްހަ އެއްބަސްވުމެއް ކަމަށާއި އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށާއި، ދަޢުވަ ކުރާނެ އަސާސެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެއެވެ. އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލީ 14 އޮގަސްޓް 2018ގައި އެވެ.

" އެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް އިން ނަސަންދުރަ ޕެލަސް ހޮޓެލް ކުއްޔަށްދޫކޮށްފައިވަނީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 5ވަނަ މާއްދާއާ ޚިލާފަށް ނޫންކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން މިނިސްޓްރީ އޮފް ޓޫރިޒަމަށް ލަފާދެއްވާފައިވާތީއާއި، އެމް.އެމް.ޕީ.އާރް.ސީ އިން ނަސަންދުރަ ޕެލަސް ހޮޓެލް ކުއްޔަށްދިނުމުގައި ސީ.އެސް.އާރް ކޮމްޕޮނަންޓް ހިމެނުމުގެ އިތުރުން، އެއްބަސްވުމުގައި ސޮއިކުރިއިރު ލީސް އެކުއިޒިޝަން ކޮސްޓް ނަގަންޖެހޭކަން ބަޔާންކޮށްދޭ އެއްވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވަތަ އުސޫލެއް އޮތްކަން ތަޙްޤީޤުން އެނގެން ނެތަތީ، މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރެވިދާނެކަމަށް ނުފެންނަކަމަށާއި، ދަޢުވަކުރާނެ އަސާސެއް އޮތްކަމަށް ނުފެންނަކަމަށް ބަޔާންކޮށް، 14 އޮގަސްޓް 2018ގައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހުން ވަނީ މިމައްސަލަ އަނބުރާ މިކޮމިޝަނަށް ފޮނުވާފައެވެ. " އޭސީސީން ބުނެއެވެ.

ނަސަންދުރަ ބިން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ހިއްސާ އޮންނަ އެންޕީއެޗް އިންވެސްޓްމަންޓްސްއަށެވެ. އެ ކުންފުނިން ވަނީ އެ ހޮޓެލް ތަރައްގީ ކުރުމަށް ސްރީލަންކާގެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޮޑިޓަރ ޖެނެރަލް ތައްޔާރުކުރެއްވި ހާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުގައި ކުރިން އޮތް ނަސަންދުރައިގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން 2015 ވަނަ އަހަރުގެ ޖެނުއަރީ 27 ގައި ބާތިލްކޮށް، ހަމަ އެ ދުވަހު ނަސަންދުރައިގެ ބިމާއި އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސަރވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް އެމްއެމްޕީއާރުސީއަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރިއެވެ.

އޭރުގެ ޓޫރިޒަމް މިނިސްޓަރގެ އަތުން ދައުލަތަށް ލިބުނު ގެއްލުންކަމަށްވާ 4.8 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް، 19 މާރިޗު 2018ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އޭސީސީން ވަނީ އަންގާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް