Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަޕިލް ޝަރްމާ

ކަޕިލް ޝަރްމާ ކައިވެނިކޮށްފި

ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 ޑިސެމްބަރު 2018 | ބުރާސްފަތި 05:01
ކަޕިލް ޝަރްމާ (ވ) އާއި އަންހެނުން ގިއްނީ ޗަތްރަޗް (ކ)

ކަޕިލް ޝަރްމާ (ވ) އާއި އަންހެނުން ގިއްނީ ޗަތްރަޗް (ކ)

ބޮލީވުޑްގެ މަޝްހޫރު ކޮމިޑިއަން ކަޕިލް ޝަރްމާ އާއި އޭނާގެ ލޯބިވެރިޔާ ގިއްނީ ޗަތްރަޗް ކައިވެނި ކޮށްފި އެވެ.

އެ ދެމީހުން ވަނީ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ކަޕިލް އާއި ގިއްނީ ކައިވެނި ކޮށްފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ޖަލަންދާރުގައެވެ.

ކަޕީލް ޝަރްމާގެ ކައިވެނި ކުރި ދުވަހު އިންޑިއާގެ މަހުޖަނެއް ކަމަށްވާ މުކޭޝް އަމްބާނީގެ އަންހެން ދަރިފުޅު އިޝާ އަމްބާނީ އާއި އާނަންދު ޕިރަމަލްގެ ކައިވެނިވެސް ވަނީ ކޮށްފައެވެ. އެކައިވެނީގެ ހަފްލާއަށްވެސް ބޮލީވުޑްގެ ގިނަ ތަރިން ވަނީ ގޮސްފައެވެ.

ކަޕިލްގެ ކައިވެނި ބުދަ ދުވަހު ކޮށްފައިވާއިރު، ދާދި ފަހުން ވަނީ ބޮލީވުޑްގެ ދެ ތަރިންކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ އަދި ޕްރިޔަންކާ ޗޯޕްރާ އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނިވެސް ކޮށްފައެވެ.

ކަޕިލް އާއި ގިއްނީ ރައްޓެހިވެގެން އުޅޭކަން އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗްމަހު އެވެ. މި ދެމީހުން ބައްދަލު ވެފައިވަނީ ކަޕިލް މަސައްކަތް ކުރަމުންދިޔަ ހަސްބަލިޔޭ ކިޔާ ކޮމެޑީ ޝޯއަކުންނެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2018

ކަޕިލްގެ އާ ޝޯއެއް ފަށަނީ

21 މާރިޗު 2018
ކަޕިލްގެ އާ ޝޯއެއް ފަށަނީ
12 ޑިސެމްބަރު 2017

ވިރާތާއި އަނުޝްކާ ކައިވެނިކޮށްފި

12 ޑިސެމްބަރު 2017
ވިރާތާއި އަނުޝްކާ ކައިވެނިކޮށްފި
05 ޑިސެމްބަރު 2017

ބާރްތީ ކައިވެނިކޮށްފި

05 ޑިސެމްބަރު 2017
ބާރްތީ ކައިވެނިކޮށްފި
04 ޑިސެމްބަރު 2017

ކަޕިލް ޝަރުމާގެ ފިލްމް "ފިރަންގީ" އަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ލިބިދާނެ ކަމުގެ އުންމީދު ބޮޑު

04 ޑިސެމްބަރު 2017
ކަޕިލް ޝަރުމާގެ ފިލްމް "ފިރަންގީ" އަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ލިބިދާނެ ކަމުގެ އުންމީދު ބޮޑު
16 ނޮވެމްބަރު 2017

"ފިރަންގީ" ފިލްމް ލަވައެއްގައި ކަޕިލް އާއިލާގެ މެމްބަރުން ވެސް ހަރަކާތްތެރިވޭ

16 ނޮވެމްބަރު 2017
"ފިރަންގީ" ފިލްމް ލަވައެއްގައި ކަޕިލް އާއިލާގެ މެމްބަރުން ވެސް ހަރަކާތްތެރިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު