Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ދިވެހި ބަސް
ހިލާލީ ދަރިކޮޅާއި، ހުރަވީ ދަރިކޮޅު

ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟

ވެރިކަމަށް ދަހިވެތިކަން ހުރި މިންވަރުން، ވެރިކަން އަތުލެއްވުމަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުގެ ބާރުތަކުގެ އެހީތެރިކަން ހޯއްދި.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2018 | ހޯމަ 01:16
މާލޭގައި ކުރިން ހުރި ކޯއްޓޭ

މާލޭގައި ކުރިން ހުރި ކޯއްޓޭ

07 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

ށ. ހުރާގޭ ދަރިކޮޅު.

މިދަރިކޮޅުގެ ވެރިކަމުގެ ދުވަސްވަރުގައި ވެސް ވެރިކަމަށް ދަހިވެތިކަން ހުރި މިންވަރުން، ވެރިކަން އަތުލެއްވުމަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުގެ ބާރުތަކުގެ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވާފައި ވެއެވެ. މިދަރިކޮޅަށް ވެސް ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަމުން ދިޔަ ބަދަލުތަކާ ހުރެ މަޖުބޫރީ ޙާލަތުގައްޔާއި، ވެރިކަމުގެ ދަހިވެތި ކަމުގައިވެސް ދިވެހި ރާއްޖެއަށް ބޭރުގެ ނުފޫޒުގައި މަސައްކަތް ކުރައްވާފައިވާ ކަން ފާހަގަ ވެއެވެ.

މިދުވަސްވަރު މުޅި ދުނިޔެއަށް ވެސް އެންމެ ބޮޑު ނުފޫޒެއް އޮތީ އިޤްތިޞާދީ ގޮތުންނެވެ. މިހެންވުމުން އިޤްތިޞާދީ އަޅުވެތިކަމުގެ ދަށުވެ ބޭރުގެ ނުފޫޒު ރާއްޖެއަށް ފޯރާފައި ވެއެވެ. މިގޮތުން ވޯރާ ވިޔަފާރިވެރިންގެ ނުފޫޒު ކުޑަކޮށް ސަލާމަތް ވުމުގެ މަޤްޞަދުގައި އިނގިރޭސީންނާ އެކު ކުރެވުނު އެއްބަސް ވުމެއްގެ ދަށުން ޙިމާޔަތް ހޯދުމަށް މަސައްކަތް ކުރެވިފައި ވެއެވެ. މި އެއްބަސްވުމުގެ ދަށުން ޚާރިޖީ ކަންކަމުގައި ދިވެހި ދައުލަތުގެ އިޚްތިޔާރާއި، ބާރު ކުޑަވެ، އިނގިރޭސީންގެ ނުފޫޒު ގަދަވެގެން ގޮސްފައިވެއެވެ. މިގޮތުން ބަލާއިރު 1857 ގައި ވޯރާ ވިޔަފާރިވެރިން ރާއްޖެއައިސް ތިބުމުގެ ހުއްދަ މުސްކުޅި ބަންޑާރައިން ދެއްވާފައިވާ ކަމަށް ނަސީމާ މުޙައްމަދު (2010) ހާމަކުރައްވައެވެ. މި ވޯރާ ވިޔަފާރި ވެރިން، ރާއްޖޭގެ ވިޔަފާރީގެ މައްޗަށް ވަރަށް ބޮޑަށް ބާރުފޯރަވަމުން ނުފޫޒު ފޯރުވަމުން ދިޔަކަމުގައި ވެއެވެ. މިބައި މީހުންގެ ފަރާތުން ލިބެމުންދިޔަ އުނދަގޫތަކުގެ ސަބަބުން އިނގިރޭސީންނާ އެކު 1887 އާއި 1889 އާ ދެމެދު މުޢާހަދާއެއްވެސް ހެދުނު ކަމުގައި އަލްއުސްތާޛް މުޙައްމަދު އިބްރާހީމް ލުޠުފީ (1988) ވިދާޅުވެފައި ވެއެވެ.

މި ދެދަރިކޮޅުގެ ވެރިކަމުގެ ދުވަސްވަރު ދައުލަތަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވެފައި ވެއެވެ. އެއީ ވެރިކަން ހޯއްދެވުމަށް ކުރައްވާފައިވާ މަސައްކަތުންނާއި، ބޭރުގެ ބާރުތަކުން އޭޝިޔާގެ މިސަރަޙައްދަށް ބާރުގަދަކުރުމަށް ކުރަމުން ގެންދިޔަ މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުންނެވެ. މިގޮތުން ދައުލަތް ހިންގުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ނުފޫޒު ފޯރާފައި ވެއެވެ. މިގޮތުން ޖިޒީ ދެއްކުމާއި، އެކި އެކި ފަހަރުމަތިން ރާއްޖެއަށް ކޮށްފައިވާ ޖެއްސުމައި، ގޯނާތަކާއި ޖިޒީ ނެގުމަށާއި ޙަސަދަވެރިކަން ފިލުވާލުމަށް ކޮށްފައިވާ ކަންކަންވެސް ފާހަގަ ވެއެވެ. މިގޮތުން ބަލާއިއިރު ހޯދުނު ހޯދުންތަކުން ކަށަވަރުވަނި ހިލާލީ ދަރިކޮޅާއި، ހުރާގޭ ދަރިކޮޅުގެ ތެރެއިން ބޮޑަށް ބޭރުގެ ނުފޫޒު ފޯރާފައިވަނީ ހިލާލީ ދަރިކޮޅުގެ ވެރިކަމުގައި ކަމުގައެވެ. މިގޮތުން ގިނަފަހަރު މަތިން ބޭރުގެ ޙަމާލާތަކާއި، ޖެއްސުން ކުރުން ކުރިމަތި ވެފައިވަނީ ވެސް މިދަރިކޮޅަށެވެ.

މަތީގައި ބަޔާން ކުރެވިފައިވާ ހެކިތަކާއި، ދަލީލީ ތަކުގެ އަލީގައި ހިލާލި ދަރިކޮޅުގެ ވެރިކަމުގައި، ވެރިކަން ހޯދުމަށް ބޭރުގެ ބާރުތަކާއި ޤައުމުތަކުގެ ނުފޫޒާ އެކު ވެރިކަން ހޯއްދެވުމަށް އެކިއެކި ރަސް ރަސްކަލުން ކުރައްވާފައިވާ މަސައްކަތް ތަކުންނާއި، ބައެއް ބޭފުޅުންގެ ވެރިކަމުގައި ރާއްޖޭގެ ވިޔަފާރިޔަށް ބޭރުގެ ނުފޫޒު ފޯރުވުމާއި، ޖިޒީ ދައްކަން ޖެހުމުގެ ސަބަބުން ވަރަށް ގިނަ ގުނަ ނުފޫޒުތަކެއް މިދަރިކޮޅުގެ މައްޗަށް ބޭރުންގެ ބާރުތަކުން ހުރިކަން ހާމަވެއެވެ. ހަމަ އެގޮތަށް ހުރަވީ ދަރިކޮޅުގެ މައްޗަށް ވެސް ނުފޫޒު ތަކެއް ބޭރުން ހުރިކަން ސާބިތުވެއެވެ. އެހެން ވުމުން މި ދެ ދަރިކޮޅުގެ ދުވަސްވަރުގައި ބޭރުގެ ނުފޫޒު ބޮޑަށް ފޯރާފައިވާ ކަމަށް ޤަބޫލު ކުރެވެނީ ހިލާލީ ދަރިކޮޅުގެ މައްޗަށް ކަމުގައެވެ. މި ނުފޫޒުތަކަށް ބަލާއިރު ހުރަވީ ދަރިކޮޅުގެ ދުވަސްވަރުގައި ދިވެހިރާއްޖޭގެ ވެރިކަން ސިދާ ގޮތުން ބޭރުގެ ބާރެއްގެ އަތްމައްޗަށް ގޮސްފައި ނުވެއެވެ.

-ނިމުނީ-

ކޮމެންޓް

އިތުރަށް ކިޔާލަން

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

20 ފެބުރުއަރީ 2019
ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟

ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟

08 ޑިސެމްބަރު 2018

07 ޑިސެމްބަރު 2018

05 ޑިސެމްބަރު 2018

02 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު