Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރ. މާކުރަތު

މާކުރަތު ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން: ފެނަކަ

9 ޑިސެމްބަރު 2018 | އާދީއްތަ 12:55

ކަރަންޓަށް ހައްލު ނުގެނެސްފިނަމަ ފެނަކަ އޮފީސް ބަންދުކުރާނަން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 9 ޑިސެމްބަރު 2018 | އާދީއްތަ 12:55
ރ. މާކުރަތު، ޖަނެރޭޓަރަށް މައްސަލަ ދިމާވެ އެކަށީގެންވާ ގޮތުގައި ހިދުމަތް ނުދެވޭ

ރ. މާކުރަތު، ޖަނެރޭޓަރަށް މައްސަލަ ދިމާވެ އެކަށީގެންވާ ގޮތުގައި ހިދުމަތް ނުދެވޭ

ރ. މާކުރަތު ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާކުރަތުގެ ކަރަންޓްގެ ހާލަތު އާންމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލަތްތައް ވީހާވެސް މަދުން ބޭނުން ކުރެއްވުމާއި ކަރަންޓް ބޭނުން ކުރެވެމުންދާ މިންވަރު ވީހާވެސް މަދު ކުރެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

Advertisement - newsAdvertisement

ރ. މާކުރަތު ބްރާންޗްގައި އެ ކުންފުނީގެ ފަރާތުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ އިންޖީނުތަކުގެ ތެރެއިން 160 ކިލޯވޮޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެމުން މިވަގުތު މިގެންދަނީ 80 ކިލޯވޯޓްގެ 2 ޖަނަރޭޓަރަކުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އަދި މި 2 ޖަނަރޭޓަރަކީ މުޅިރަށަށް ކަރަންޓު ދެވޭވަރަށްވުރެ ކުޑަ ޖަނަރޭޓަރ ތަކަކަށްވުމުން މުޅިރަށަށް އެއްފަހަރާ ކަރަންޓު ދިނުމުގައި މައްސަލަ ދިމާވަމުން ދާތީ 160 ކިލޯވޮޓްގެ ޖަނަރޭޓަރުގެ މަރާމާތުގެ މަސައްކަތް ނިންމާ އާންމު ހާލަތަށް ގެނެވެންދެން ރަށުގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދާނެ ކަމަށްވެސް ފެނަކަ ކުންފުނިން ބުންޏެވެ.

އެހެންކަމުން މިކަމާއި ގުޅިގެން ދިމާވެދާނެ އެންމެހާ ދަތިތަކަށް ރައްޔިތުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދޭ ކަމަށާއި، އަދި މާކުރަތު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި އެ ކުންފުނިން ޝުކުރު ދަންނަވާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

އަދި ކަރަންޓު ކެނޑުމުގެ މައްސަލަޔަށް އެކަށީގެންވާ ހައްލެއް 24 ގަޑި އިރު ތެރޭގައި ނުގެނެސްފިނަމަ، ރައްޔިތުން ނިކުމެ ފެނަކަ އޮފީސް ބަންދުކުރަން ނިންމާފައިވާ ކަމަށްވެސް ރ.މާކުރަތު ކައުންސިލުން ވަނީ ބުނެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވީ އެރަށަށް ކަރަންޓުގެ ކުއްލި ކުއްލިއަށް ކެނޑޭ މައްސަލައަކީ ހައްލު ނުކުރެވިފައިވާ ބޮޑު މައްސަލަ އެއް ކަމަށާއި، މިމައްސަލައަށް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

ހަސަން ވިދާޅުވީ ކަރަންޓަށް މައްސަލަ ދިމާވުމުން ކޮންމެ ފަހަރަކު ވެސް ގެންނަނީ ވަގުތީ ހައްލު ކަމަށާއި، ނަމަވެސް މިވަގުތީ ހައްލުގެ ސަބަބުން ރައްޔިތުންނަށް ލިބެނޭ ބޮޑެތި ގެއްލުން ކަމަށެވެ. އެގޮތުން ރައްޔިތުން އެކި ފަހަރު މަތިން ޝަކުވާ ހުށަހެޅުމުންވެސް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވެފައި ނުވުމުގެ ސަބަބުން ރައްޔިތުން ވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު އިންޖީނުގެ ކައިރީގައި އަޑު އުފުލާ ނުރުހުން ފާޅުކޮށް 24 ގަޑި އިރު ތެރޭގައި މައްސަލައަށް އެކަށީގެންވާ ހައްލެއް ނުގެނެސްފިނަމަ ފަނަކަ އޮފީސް ބަންދު ކުރާނެކަމަށް ބުނެފައެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، ނަމަވެސް އެ އިރު ފެނަކައިން އެއްވެސް އެއްބާރުލުމެއް ދީފައި ނުވާ ކަމަށެވެ.

އައު މެނޭޖަރާއި އިންޖީނުގެ ހަވާލުކުރުމުން ކަރަންޓު ކެނޑުމުގެ މައްސަލަ އިތުރައް ދިމާވަމުން އަންނަ ކަމަށާއި އިންޖީނުގެއަށް ގަސްތުގައި އޭނާ ގެއްލުން ދީފައިވާކަމަށް ގިނަ ބަޔަކު ތުހުމަތުކުރާކަމަށް ކައުންސިލްގެ ރައީސްވަނީ ވިދާޅުވެފައެވެ. އަދި މިހާރު އިންޖީނުގޭގައި ވަޒީފާ އަދާކުރާ އިސްފަރާތަކީ ސިޔާސީ ނުފޫޒުން ރައީސް ޔާމިންގެ ސަރުކާރުގައި ދިން މަގާމެއް ކަމަށާއި އޭނާއަށް މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ނުކުރެވޭ ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

މާކުރަތަކީ 1331 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް