Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސާފުރާއްޖެ- އަހަރެންގެވެސް ޒިންމާ

މާލެ ސާފުކުރުމަށް މަހަކު އެއްދުވަސް ދެއްވުމަށް ވުޒާރާތަކުގެ ކިބައިން މޭޔަރ އެދިވަޑައިގަންނަވައިފި

9 ޑިސެމްބަރު 2018 | އާދީއްތަ 12:43

ޝިފާ ވިދާޅުވީ ޖަޒީރާ ރާއްޖޭގެ މޫނު މައްޗަކީ މާލެކަމަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 9 ޑިސެމްބަރު 2018 | އާދީއްތަ 12:43
މާލެ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

މާލެ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން

މާލެ ސާފުކުރުމަށް މަހަކު އެއްދުވަސް ދެއްވުމަށް ވުޒާރާތަކުގެ ކިބައިން މާލޭ ސިޓީގެ މޭޔަރ އެދިވަޑައިގަންނަވައިފިއެވެ.

ހޮނިހިރު ދުވަހު ފެއްޓި ފުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދަައްކަވަމުން މޭޔަރ ޝިފާ ވިދާޅުވީ، މާލެ ސިޓީ ރީތި ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ވުޒާރާތަކުން އެއްބާރުލުން ދެއްވާނެކަމާ މެދު ޝައްކު ނުކުރައްވާކަމަށެެވެ.

Advertisement - newsAdvertisement
"އަޅުގަނޑަށް ޔަގީން މިކަމަށް ތިބޭފުޅުން ވަގުތު ދެއްވާނެކަން،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ޖަޒީރާ ރާއްޖޭގެ މޫނު މައްޗަކީ މާލެކަމަށް ވުމާއިއެކު މި މާލެ މުޅިން ސާފުވެގެން ދިއުމަކީ އެންމެ ބޮޑު އެއް އުއްމީދުކަމަށެެވެ.

މަގުމައްޗަކީ ކުނި އަޅާ ތަނެއްގެ ގޮތުގައި ނުހައްދަވާ ކުނި ނަގާ ތަނެއްގެ ގޮތުގައި ހައްދަވައި ދެއްވުމަށް ކުދި ބޮޑު އެންމެހާ ފަރާތްތަކުގެ ކިބައި ޝިފާ ވަނީ އެދިވަޑައި ގަންނަވާފައެވެ.

"ސާފުރާއްޖެ- އަހަރެންގެ ވެސް ޒިންމާ އެއް" މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ތިމާވެއްޓާއި ގުޅޭގޮތުން ހޭލުންތެރި ކުރުވުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގެވުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވީ، މިފަދަ ކަންކަމުގައި އަމިއްލަ ފަރުދީ ޒިންމާގެ ވާހަކައަކީ އަބަދު ވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ.

"އަބަދުވެސް އިނގިލި ދިއްކޮށްލެވެނީ އަނެއް މީހާއަށް. ނޫނީ ސަރުކާރަށް. ސަރުކާރުން އެވެނިކަމެއް ނުކުރެއޭ. އެހެން ވާހަކަ ދައްކާއިރު ކޮބައިތޯ އަމިއްލަ ފަރުދީ ޒިންމާ. މިއަދު ފެށިގެން މިދަނީ ކޮންމެ ބޭފުޅަކު ވެސް އެކަން ހަނދާން ކޮށްލަން ވަރަށް ރަނގަޅު ފުރުސަތެއް" މީމު ޒަވިޔަނި ވިދާޅުވިއެވެ.

މީ ވަރަށް ރަނގަޅު ޕްރޮގްރާމެއް ކަމަށާއި، ކޮންމެ މަހަކުހެން ޕްރޮގްރާމް ކުރިއަށް ގެންދިއުން ފެންނަކަމަށް އޭނާ ވިދާޅުވިއެވެ. ތަފާތު އެކި ގޮތްގޮތަށް މި ޕްރޮގްރާމް ހިންގިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކޮންމެ މީހަކު ވެސް ފަރުދީ ގޮތުން ނުކުމެ ކުނި އުކާލާ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރުމަށް އެދޭކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބުރަހިމް ނައީމް ވިދާޅުވީ، މިފަދަ ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް މުހިއްމުކަމެއްކަމަށާއި ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަމަލީގޮތުން ބައިވެރިވެ ވަޑައިގެން މިފަދަ ކަމެއް ފެއްޓެވުމަކީ މިކަމުގެ މުހިއްމުކަން ދޭހަ ކޮށްދޭ ކަމެއް ކަމަށެވެ.

ޒަމާނުއްސުރެ ރާއްޖެއަކީ ސާފުތާހިރު ކަމަށް މަޝްހޫރު ގައުމެއްކަމަށާއި ފަހަަކަަށް އައިސް އަޅުގަނޑުމެންގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ވެށި ނުތާހިރުވެފައިވާ މި ދަނޑިވަޅުގައި މިފަދަ ގައުމީ ހަރަކާތެއް ފެއްޓެވީތީ އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ސާފުކުރުމަށް އަމާޒު ހިފައި "ސާފު ރާއްޖެ- އަހަރެންގެ ވެސް ޒިންމާ އެއް" މި ޝިއާރުގެ ދަށުން ފެށިގެންދިޔަ މި ޕްރޮގްރާމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ އެކްޝަން ޕްލޭންގައި ހިމެނިގެން ކުރިއަަށް ގެންދާ ޕްރޮގްރާމެކެވެ. ސަރުކާރުން ބުނީ މިފަދަ ސާފުކުރުމުގެ ޕްރޮގްރާމްތައް ހުއްޓާ ނުލާ ކުރިއަށް ގެންދާނެކަަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް