Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވާވޭ މޭޓް 20 އަދި 20 ޕްރޯ ފޯނު

ވާވޭ މޭޓް 20 އަދި 20 ޕްރޯ ފޯނު ދިރާގުން ލޯންޗުކޮށްފި

7 ޑިސެމްބަރު 2018 | ހުކުރު 18:06

ފޯން ނަންގަވާ ފަރާތްތަކަށް ހަމަސްވަންދެން ފަސް ޖީބީގެ ހިލޭ އިންޓަނެޓު ލިބޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޑިސެމްބަރު 2018 | ހުކުރު 18:06
ދިރާގުން ވާވޭ ފޯނު ގަތް ފުރަަތަމަ ކަސްޓަމަރު

ދިރާގުން ވާވޭ ފޯނު ގަތް ފުރަަތަމަ ކަސްޓަމަރު

ވާވޭގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު، ވާވޭ މޭޓް 20 އަދި 20 ޕްރޯގެ ފޯނު ދިރާގުން ލޯންޗުކޮށްފިއެވެ.

މި ސީރީސްގެ ފޯނުތައް ދިރާގުން ލޯންޗުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. އެ ރަސްމިއްޔާތުގެ ތެރެއިން ދިރާގުން ވަނީ ފޯނަށް ޕްރީ އޯޑަރ ކުރި ކަސްޓަމަރުންނަށް ފޯނުތައް ހަވާލުކޮށްފައެވެ.

ހަފްލާގެ ތެރެއިން ވާވޭ ސްރީލަންކާގެ ޖެނެރަލް މެނޭޖަރު ވިދާޅުވީ ދިރާގާ ގުޅިގެން ފޯނު ރާއްޖެއަށް ތައާރަފު ކުރުމަކީ ލިބުނު އުފަލެއް ކަމަށާއި ތައާރަފު ކުރެވުނު ސްމާޓު ފޯނުގައި ގިނަ ފީޗާތައް ހިމެނޭ ކަމަށެވެ.

ފޯން ނެގި ކަސްޓަމަރުންނަށް ހަމަސްވަންދެން ފަސް ޖީބީގެ ހިލޭ އިންޓަނެޓު ލިބޭނެކަމަށް ވެސް ދިރާގުން ބުންޏެވެ. އަދި ވާވޭ މޭޓް 20، 128 ޖީބީގެ ފޯނަކަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދައްކަން ޖެހެނީ 2999 ރުފިޔާ އެވެ. މަހަކަށް ދައްކަންޖެހެނީ 988 ރުފިޔާއެވެ.

މޭޓް 20 އަށް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 10،999 ރުފިޔާ އަދި މެޓް 20 ޕްރޯ އަށް 15،999 ރުފިޔާ ދައްކަން ޖެހެއެވެ. ދިރާގުން ބުނީ ފޯނު ގަންނަ ކަސްޓަމަރުންނަށް ހިލޭ ހަދިޔާއެއްގެ ގޮތުގައި ފްލިޕް ކަވަރެއް އަދި މެޓް 20 ޕްރޯ ގަންނަ ކަސްޓަމަރުންނަށް ފްލިޕް ކަވަރާއެކު ވަޔަލަސް ޗާޖަރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ހަދިޔާތައް ދޭނީ ސްޓޮކް ހުސްވަންދެން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ވާވޭ މޭޓް 20 ސީރީޒްގައި ދުނިޔޭގެ އެންމެ ފުރަތަމަ 7 އެންއެމް މޮބައިލް އޭއައި ޗިޕްސެޓް ހިމަނާފައިވާއިރު އެ ފޯނުގައި އަލްޓްރާ ވައިޑް ތިން ކެމެރާ ލެންސް ހިމެނެއެވެ. އަލަށް ތައާރަފުކުރި ވާވޭ މޭޓް 20 އާއި ވާވޭ މޭޓް 20 ޕްރޯ އަކީ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޮޑު ސްކްރީނަކާ އެކު ޑިޒައިން ކޮށްފައިވާ ފޯނެކެވެ. މި ފޯނުތަކަކީ ދުނިޔޭގެ އެންމެ ފުރަތަމަ 7 ނެނޯމީޓަރުގެ އޭއައި ޗިޕް އެކުލަވާލައިގެން އުފައްދާފައިވާ ފޯނެވެ. އަދި މި ދެ ފޯނުގެ ކެމެރާ ފަރުމާ ކުރީ ދުނިޔެ އަށް މަޝްހޫރު ލެއިކާ ކުންފުންޏާ ވާވޭ ގުޅިގެންނެވެ.

އަލަށް ވާވޭއިން ތައާރަފް ކުރި މޭޓް 20 ގެ ލިބެން ހުންނަނީ މިޑްނައިޓް ބްލޫ އަދި ކަޅު ކުލައެވެ. އަދި ވާވޭ މޭޓް 20 ޕްރޯ 128 ޖީބީގެ މެމޮރީ އާއެކު، ކަޅު، ޓުވައިލައިޓް ކުލަ އަދި އެމަރަލްޑް ގްރީން ކުލައިގައި ވެސް ލިބެން ހުރެއެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

04 ޖުލައި 2017

ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި

04 ޖުލައި 2017
ދިރާގުން "މައިކްރޯ ސޮފްޓު 365" ރާއްޖެއަށް ތައާރަފުކޮށްފި
25 ޖޫން 2017

ދިރާގުން އީދު ހަދިޔާ ބަހައިފި

25 ޖޫން 2017
ދިރާގުން އީދު ހަދިޔާ ބަހައިފި
05 ޖޫން 2017

ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

05 ޖޫން 2017
ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި
24 މެއި 2017

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި

24 މެއި 2017
އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
09 ޖެނުއަރީ 2017

ނޮކިއާވެސް ސްމާޓްފޯނުގެ ދުނިޔެއަށް!

09 ޖެނުއަރީ 2017
ނޮކިއާވެސް ސްމާޓްފޯނުގެ ދުނިޔެއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް