ކ. މާލެ
|
8 ޑިސެންބަރ 2018 | ހޮނިހިރު 08:18
އިހު ޒަމާނު މާލޭގެ މަގެއް
އިހު ޒަމާނު މާލޭގެ މަގެއް
މުހައްމަދު ޝަރުހާން
ހިލާލީ ދަރިކޮޅާއި، ހުރަވީ ދަރިކޮޅު
ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟
 
32 އަހަރާއި 9 މަސްދުވަހު ތިންފަހަރެއްގެ މަތިން ވެރިކަން ކުރެއްވީ "ދަނގަޑު އަތްޕުޅަކުން" ކަމަށް މުޙައްމަދު އަމީން (1994) ހާމަ ކުރައްވައެވެ.
 
މިކަންކަމުގައި ބައެއްފަހަރު ޕޯޗްގީޒުންގެ އެހީތަރިކަމާއި، އަނެއްބައި ފަހަރު މަލަބާރުންގެ އެހީތެރިކަން ވެސް ހޯދާފައިވެއެވެ.

01 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

ހ. ހިލާލީ ދަރިކޮޅު.

މި ދަރިކޮޅުގެ ވެރިކަމުގެ ބާނީ ޙަސަނުލް ހިލާލީ މިރަދުންގެ ވެރިކަމަށް 1378މ. ގައި އަރައި ވަޑައި ގެންފައި ވަނީ، މިރަދުންގެ ބޮޑުބޭބޭފުޅު ރަސްކަން އަތުލައްވައި ގެންނެވެ. މިރަދުންގެ ވެރިކަމަށްފަހު، ވެރިކަމަށް ވަޑައި ގެންނެވި ޙަސަނުލް ހިލާލީގެ ދަރިކަލުން އައްސުލްޠާން އިބްރާހީމްއެވެ. ރެދަލި ކުރެއްވުނީ އެންމެ 4 މަސްދުވަހުއެވެ. މިރަދުންގެ ވެރިކަން އަތުލެއްވީ ބޮޑުބޭބެ ޙުސައިން ރަސްގެފާނު ކަމުގައި މުޙައްމަދު އަމީން (1994) ހާމަކުރައްވައެވެ. މިގޮތުން މި ދަރިކޮޅުގެ ރަސްކަމަށް އިސްވެ ވަޑައިގަންނެވި ގިނަ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ވެރިކަން އަތުލައްވަމުން ގެންދެވިއެވެ. ނަމަވެސް ބައެއް ބޭފުޅުން ދިގު މުއްދަތަކަށް ވެރިކަމުގައި ތިއްބަވައި ނިޔާ ވެފައިވެސް ވެއެވެ.

މިދަރިކޮޅުގެ ދުވަސްވަރު 11 ފަހަރެއްގެ މަތިން ކުރިން ތިއްބެވި ރަސްރަސްކަލުން އަވަހާރަ ކޮށްލުމަށްފަހު ނުވަތަ ވެރިކަން ގަދަބާރުން އަތުލައްވާ ފައިވެއެވެ. މި 11 ފަހަރުގެ މަތީން ވެރިކަން ކުރެއްވީ ނުވަ ބޭފުޅެކެވެ. މިކަންކަމުގައި ބައެއްފަހަރު ޕޯޗްގީޒުންގެ އެހީތަރިކަމާއި، އަނެއްބައި ފަހަރު މަލަބާރުންގެ އެހީތެރިކަން ވެސް ހޯދާފައިވެއެވެ.

މިހެން ވުމުން ހިލާލީ ދަރިކޮޅުގެ ވެރިކަމުގެ ދުވަސްވަރަކީ ހަލަބޮލި ވެރިކަން ހޯދުމަށް ބޭރުގެ ނުފޫޒު ގަދަ ބާރުތަކާ ގުޅިގެން ވެރިކަން ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަން ތާރީޚީ ހެކިތަކުން އެނގެއެވެ. އަދި ބައެއް ބޭފުޅުންގެ ވެރިކަމުގައި ރާއްޖޭގެ ވިޔަފާރިޔަށް ބޭރުގެ ބާރާއި ނުފޫޒު ފޯރުވުމާއި، ކަނޑު ދަތުރު ކުރާ އުޅަނދު ފަހަރު ތަކަށާއި، ރަށްރަށަށް އަރައި އެރަށްރަށުގެ އަހުލުވެރިންގެ ތަކެތި ފޭރިގަތުމާއި މީހުންނަށް އަނިޔާ ކުރުމާއި، ހުޅުޖެހުން ފަދަ ކަންކަން ހިނގާފައި ވެއެވެ. އަދި ބޭރުގެ ބާރުތައް ކަމުގައިވާ ޗައިނާ އާއި، މަލަބާރީންނާއި، ޕޯޗްގީޒުންނަށް ޖިޒީ ދައްކަން ޖެހުމުގެ ސަބަބަކަށް ވެގެން ގޮސްފައި ވަނީ ވެރިކަން ހޯއްދެވުމަށް އެކިއެކި ބޭފުޅުން އެއިން ބާރެއްގެ އެހީތެރިކަން ހޯއްދަވާފައި ވެއެވެ. މިގޮތުން ތިންފަހަރެއްގެ މަތިން ވެރިކަން ކުރެއްވި އައްސުލްޠާން ކަޅު މުޙައްމަދަކީ މަކަރުވެރި އަނިޔާވެރި ރަސްކަލެކެވެ. 32 އަހަރާއި 9 މަސްދުވަހު ތިންފަހަރެއްގެ މަތިން ވެރިކަން ކުރެއްވީ "ދަނގަޑު އަތްޕުޅަކުން" ކަމަށް މުޙައްމަދު އަމީން (1994) ހާމަ ކުރައްވައެވެ.

އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ވެރިކަން އަތުލެއްވުމުން ކުރިމަތިވި ބޭރުގެ ނުފޫޒުގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަމުން ދިޔަ ބަދަލުތަކުގެ އޮއިވަރުގައި ޖެހި މަޖުބޫރީ ޙާލަތުގައިވެސް ބޭރުގެ ނުފޫޒަށް ބޯލަނބަން ވެސް މިދަރިކޮޅުގެ ވެރިކަމުގެ ދުވަސްވަރު ޖެހިފައިވެއެވެ.

އަދި މީގެ އިތުރުން ބޭރުގެ ބާރުތަކުން އަމިއްލަ ފައިދާއަށް ވިސްނައި ރާއްޖެއަށް ނުފޫޒު ފޯރުވުމާއި، އަތްގަދަކުރުމާއި، ބޭރުގެ އެއްބާރުގެ މައްޗަށް އަނެއްބާރުން، ބާރާއި، ނުފޫޒު ފޯރުވުމަށް ކުރެވުނު މަސައްކަތުން ދިވެހިރާއްޖޭގެ ވެރިމަކުގެ މައްޗަށް ބޭރުގެ ނުފޫޒު ފޯރާފައި ވެއެވެ. މިގޮތުން ޗައިނާ އިން 1409 ވަނަ އަހަރު ޖިޒީ ނެގުން ފާހަވެއެވެ. އަދި މި ދަރިކޮޅުގެ ދުވަސްވަރުގައި ބޭރުގެ ނުފޫޒު އެކި ގޮތްގޮތުން ފޯރަމުން ދިޔުމުގެ އިތުރުން ޢަމަލީގޮތުން ހަނގުރާމަ ތަކެއްވެސް ހިނގާފައިވެއެވެ. މިގޮތުން އައްސުލްޠާން ކަޅު މުޙައްމަދު، ވެރިކަން ކުރެއްވި 3 ފަހަރުގެ ތެރެއިން ދެފަހަރެއްގެ މަތިން ވެރިކަން އަތުލެއްވުމަށް ބޭރުގެ އެހީތެރި ކަމާއެކު މަސައްކަތް ކުރެއްވިއެވެ. އަދި 1554 ގައި އައްސުލްޠާން އަބޫބަކުރާއި އައްސުލްޠާން ޢަލީ ހަވަނަ (ޢަލިރަސްގެފާނު) ރަސްކަމުން ބޭރުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވާފައި ވެއެވެ. މީގެ އިތުރުން މިދަރިކޮޅުގެ ވެރިކަން ނިމިގެން ދިޔައީވެސް ޕޯޗްގީޒުން ޢަލީ ރަސްގެފާނާ ހަނގުރާމަ ކޮށް އަވަހާރަ ކޮށްލައި، ވެރިކަން ވައްޓައިލައި ރާއްޖެ އަތުލައި، އަޅުވެތި ކުރުމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް