Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަ އިއްބެ

ހޯރަ އިއްބެއަކީ ކުޑަކުދިންނާ ބެހޭ މީހެއް ނޫން: އަންހެނުން

5 ޑިސެމްބަރު 2018 | ބުދަ 18:57

އަންހެނުންނަކީ އޭނާ ބުހުނު ކަމަށް ބުނާ ކުޑަ ކުއްޖާ

އަލީ ސަމާޚް
އަލީ ސަމާޚް | 5 ޑިސެމްބަރު 2018 | ބުދަ 18:57
ހޯރަ އިއްބެ ހައްޔަރު ކޮށްގެން ގެންދަނީ

ހޯރަ އިއްބެ ހައްޔަރު ކޮށްގެން ގެންދަނީ

ކުޑަކުއްޖަކާ ބެހުނު ކަމުގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލާފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އަކީ ކުޑަކުދިންނާ ބެހޭ މީހެއް ނޫން ކަމަށް އޭނާ ބެހުނު ކަމަށް ބުނާ ކުއްޖާ، މިހާރުގެ އަންހެނުން ޒުއްރިއްޔާ އަބްދުއް ޝުކޫރު ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު, ހޯރަ އިއްބެއަށް މާފު ދެއްވަން ނިންމުމާ ގުޅިގެން މީޑިއާ ތަކުގައި ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން އިއްބެގެ އަންހެނުން ޒުރިއްޔާ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިއްބެއަކީ އެއްވެސް އިރެއްގައި ކުޑަކުދިންނާ ބެހި އުޅޭ މީހެއް ނޫން ކަމަށާއި އެކަހަލަ އެއްވެސް ރިކޯޑެއް އޮތް މީހެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އޭނާގެ އަންހެނުން ބުނީ އިއްބެއާ މެދު އެންމެ ފުރަތަމަ ޝައުގުވެރިކަން އުފެދުނީ ސިޔާސީ ޕޯޑިއަމްތަކުން އިއްބެ ފެނުނު ހިސާބުން ކަމަށެވެ. އިއްބެ އަށް އެންމެ ފުރަތަމަ ގުޅީވެސް އޭނާ ކަމަށް އިއްބެ އަންހެނުން ވަނީ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި 2012 ވަނަ އަހަރު މާލެ އައީ އިއްބެ އާއި ކައިވެނި ކުރަން ކަމަށް ވެސް ޒުއްރިއްޔާ ބުންޏެވެ.

ހޯރަ އިއްބެ ހައްޔަރު ކުރުމާ ބެހޭ ގޮތުން ޒުއްރިއްޔާ ބުނީ އޭނާ އިއްބެ އާއި ބައްދަލު ކުރަން އިއްބެ ދިރިއުޅޭ ގޭގައި ތިއްބާ ފުލުހުން އެ މީހުން ތިބި ތަނަށް ގޮސް ހައްޔަރު ކުރީ ކަމަށެވެ. އަދި އިއްބެ ހައްޔަރު ކުރުމަކީ ސިޔާސީ ގޮތުން އޭގެ ފަހަތުގައި ބަޔަކު ތިބެގެން ކުރުވިކަމެއް ކަމަށް އިއްބެގެ އަންހެނުން ވަނީ ތުހުމަތުކޮށްފައިއެވެ.

މީލާދީ ގޮތުން 18 އަހަރު ނުފުރެނީސް އޭނާ އާއި އިއްބެއާ ދެ މީހުން ކައިވެނި ކޮށްދިނީ ވެސް ފެމެލީ ކޯޓުން ކަމަށް ޒުއްރިއްޔާ ވަނީ ބުނެފައެވެ.

އިއްބެ އަށް ހުކުމްކުރިއިރު އޭނާ އިނީ އިއްބެގެ ދަރިއަކަށް ބަލިވެ ކަމަށާއި އޭނާގެ ބަނޑަށް 07 މަސްވެފައިވާ ކަމަށް އިއްބެގެ އަންހެނުން ވަނީ ބުނެފައިއެވެ.

އިއްބެ ޖަލަށްލުމާއި ގުޅިގެން ގިނަ ކަންތަކެއް ތަހައްމަލު ކުރަން ޖެހުނުކަން ފާހަގަކޮށް ޒުއްރިއްޔާ ބުނީ އޭނާ ވިހެއީވެސް އެކަނިވެރި ހާލުގައި ކަމަށާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރަމުން ގޮވަމުންދާއިރު އިއްބެގެ ދަރިފުޅު ވޭތުކުރަމުންދިޔަ ހިތްދަތި ދުވަސްތަކުގައި އޭނައާއި މެދު ހަމްދަރުދީވާނެ އެއްވެސް ފަރާތެއް ނެތް ކަމަށެވެ.

އިއްބެ ހައްޔަރު ކުރުމުގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް ޔާމީން ކަމަށާއި 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން އިއްބެ މިނިވަންކުރަން ނިންމަވާ ރައީސް އޮފީހަށް ތަންފީޒުކުރުމަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އެކަން ހުއްޓުވީ އިއްބެ އާއި މެދު އޮންނަ ސިޔާސީ ހަސަދައެއްގެ ސަބަބުން ކަމަށް އިއްބެގެ އަންހެނުން ނެރުނު ބަޔާނުގައިވެއެވެ. އަދި އެކަމަށް ވާގިވެރިވީ ވަނީ އާޒިމާ ޝުކޫރު ކަމަށް ޒުރިއްޔާ ވަނީ ތުހުމަތު ކޮށްފައިއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިއްބެ ދޫކުރުމާ ދެކޮޅަށް ހަދައިގެން އުޅޭ ޕެޓިޝަނަކީ އިންސާނީ ކަރާމަތަށް ރަހުމެއް ހަމްދަރުދީ ނެތް އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރާ ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ.

ކަން ހިނގާ ދިޔަ ގޮތް ބަޔާން ކޮށްދިނުމަށްފަހު އިއްބެގެ އަންހެނުން ވަނީ އިއްބެއަށް ހަމްދަރުދީވެ ކުރެވިފައިވާ ތުހުމަތުން ސަލާމަތްކޮށް ދިނުމަށް އާދޭހާއެކު އެދިފައެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް