ސަރުކާރު ބަލިކަށި ކޮށްލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނަން : އަލީ ޒާހިރު
2 ޑިސެމްބަރު 2018 | އާދީއްތަ 08:14ސަރުކާރު ދަމަހައްޓަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ތައްޔާރު


ޢަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު
ސަރުކާރު ބަލިކަށި ކޮށްލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ބަލިކަށި ކޮށްލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށާއި ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށްޓަކައި ކުރައްވަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ކޯލިޝަން ސަރުކާރަކީ މެޖޯރިޓީ ރައްޔިތުންގެ އިހްސާސްތަކައީ އުއްމީދުތަކައީ އެއްގޮތަށް ގުޅިގެން އުފެދުނު ސަރުކާރެއްކަމަށެވެ.
އަލީ ޒާހިރު މީހުން ވިދާޅުވެފައިވާއިރު ގުޅިފައިވާ ކޯލިޝަންގެ ހަތަރު ލީޑަރުން ކަމަށްވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ގެ އިތުރުން އެމްއާރުއެމް ރިފޯމް މޫވްމެންޓްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ މިދިޔަ އަންގާރަ ދުވަހު އެމްޑީޕީ އޮފީހުގައި ބައްދަލު ކުރައްވާފައެވެ.
ބައްދަލުވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ މަޖިލީސް އިންތިހާބަށް ވާދަކުރުމަށްޓަކައި ކޯލިޝަން އިން " މެޖިކް ފޯމިއުލާއެއް '' ނެރޭނެކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީއިން ހުރިހާ ދާއިރާތަކަށް ވަކިން ވާދަކުރަން އެމްޑީޕީ ގައުމީ މަޖިލީހުން ވަނީ ހޮނިހިރު ދުވަހުގެރޭ ފާސްކޮށްފައި އެވެ. މި ނިންމުމާއި އެކު ގިނަ ފަރާތްތަކުން ބުނަމުންދަނީ އެމްޑީޕީ އިން މަޖިލީސް އިންތިހާބަށް ވާދަކުރާމާ ބެހޭ ގޮތުން ކޯލިޝަން އިން ވެފައިވާ އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުން މަޖިލިސް އިންތިހާބުގައި ގޮނޑިތަކަށް ވާދަ ކުރުމާ ގުޅޭ ގޮތުން ކޯލިޝަން ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއްގައި އެމްޑީޕީން ސޮއި ކޮށްފައި ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައިއެވެ. ކުރިޔަތް އޮތް ރައްޔިތުންގެ މަޖިލީސްގެ އިންތިޙާބަށް ކޯލިޝަންގެ ތެރެއިން އަދާލަތު ޕާޓީ ވާދަކުރަން 13 ދާއިރާއަކަށް ވާދަކުރާން ގަސްތުކުރާކަން އެ ޕާޓިއިން ވަނީ މިއަދު އިއުލާންކޮށްފައިއެވެ.




