Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުރަތަމަ 100 ދުވަސް

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރައީސް އޮފީހުގައި ބޭނުންކުރުން ހުއްޓާލައިފި

2 ޑިސެމްބަރު 2018 | އާދީއްތަ 07:16

ސަރުކާރުގެ 100 ދުވަހުގެ އަމާޒަކީ ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ  ޕްލާސްޓިކް މަދުކުރުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 2 ޑިސެމްބަރު 2018 | އާދީއްތަ 07:16
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރައީސް އޮފީހުގައި ބޭނުން ކުރުން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރައީސް އޮފީހުގައި ބޭނުންކުރުން ހުއްޓާލުމަށްޓަކައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އިޔާދަނުކުރެވޭ ފަދަ ޕްލާސްޓިކް ފުޅި އާއި ކޮތަޅުގެ ބަދަލުގައި ރައީސް އޮފީހުގައި ތައާރްފަކުރާނީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ފުޅި އާއި އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރާ ކޮތަޅު ކަމަށެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގެ 100 ދުވަހުގެ އަމާޒަކީ ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުން ކަމަށެވެ. މި ކަމަށް ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގެ އެއްބާރުލެއްވުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ހަރަކާތަކީ ޕްލާސްޓިކްގެ ނުރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި، މި ހަރަކާތަކީ ތިމާވެށި ރައްކާތެރި ކުރުމާއި ހިމާޔަތް ކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ގިރިތަކަކީ ރާއްޖޭގެ އިގްތިސާދާއި ގުޅިފައިވާ ގުދުރަތީ މުހިންމު ވަސީލަތެއް ކަމަށެވެ. ނިސްބަތުން ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ދުނިޔޭގެ ފަރުތަކުގެ ތިން ޕަސެންޓް އޮތީ ރާއްޖޭގައި ކަމަށާއި، އެއީ ހަތަރުހާސް ފައްސަތޭކަ އަކަކިލޯމީޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ދެ ސިނާއަތްކަމަށްވާ ޓުއަރިޒަމާއި މަސްވެރިކަންވެސް ބަރޯސާވެފައިވަނީ ކަނޑުތަކާއި، ފަޅުތަކާއި، ގިރިތަށްފަދަ ގުދުރަތީ ވަސީލަތްތަކައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ނަމަވެސް އަޅުގަނޑުމެންގަ ކަނޑުތަކާއި ފަރުތަކާއި މެދު އަޅުގަނޑުމެންނަށްވަނީ ކޮންމެވެސް މިންވަރަކަށް ފަރުވާކުޑަކުރެވިފައި. މި ގޮތުން ކަނޑުތަކާއި ކަނޑުގައިވާ ދިރުމަށްދެވޭ އެންމެ ބޮޑޫ ގެއްލުމަކީ ކަނޑަށް އެޅޭ ކުނި ގިނަވުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަފާސް ހިސާބްތައް ދައްކާ ގޮތުން ދުވާލަކު ރާއްޖޭގެ ކަނޑުތަކަށް 860 މެޓްރިކްޓަނުގެ ކުނި އަޅާ ކަމަށާއި، ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވެފައިވަނީ ކަންބޮޑުވާންޖެހޭ ފަދަ ދަރަޖައަކަށް ކަމަށެވެ. ކަނޑަށް އުކާލެވޭ ޕްލާސްޓިކް ތަކުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ފުޅި އާއި ތަކެތި ބަންދުކުރަން ގެންގުޅޭ ޕްލާސްޓިކް ރެޕިންގްސް ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ހަމައެކަނި މާލޭގައިވެސް ދުވާލަކަށް ދެ ލައްކަ އަށްޑިހަހާސް ޕްލާސްޓިކް ފެންފުޅި ބޭނުންކުރެވޭ. މި ފުޅިތަކަކީ ނަން ބައޯޑިގްރޭޑެބަލް، ފަސޭހައިން ފަނާވެގެންދާ ބާވަތުގެ އެއްޗެއްސެއް ނޫން. އަދި އެ ތަކެތީގެ ބޮޑު ބައެއް ނިމިގެންދަނީ ކަނޑަށް. އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ނޭދެވޭ އެތަށް އަސަރުތަކެއް ކުރޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2017

ސްކޫލްތަކުގައި ދައުރުވަމުންދާ ކަމަށްބުނާ ޒާތުގެ މަސްތުވާތަކެތި ތަކެއް އަތުލައިގަނެފި

16 އޮކްޓޯބަރު 2017
ސްކޫލްތަކުގައި ދައުރުވަމުންދާ ކަމަށްބުނާ ޒާތުގެ މަސްތުވާތަކެތި ތަކެއް އަތުލައިގަނެފި
28 ސެޕްޓެމްބަރު 2017

ހުކުމް ތަންފީޒުކުރާ މީހުންނަށް އެއްމައްސަލައެއްގައި މައާފް ދެވޭނީ ރިޔާސީ ދައުރެއްގައި އެއްފަހަރުކަމަށް ކަނޑަައަޅައިފި

28 ސެޕްޓެމްބަރު 2017
ހުކުމް ތަންފީޒުކުރާ މީހުންނަށް  އެއްމައްސަލައެއްގައި މައާފް ދެވޭނީ ރިޔާސީ ދައުރެއްގައި އެއްފަހަރުކަމަށް ކަނޑަައަޅައިފި
31 އޯގަސްޓު 2017

ދިގުރަށުން ފެނުނީ ގޮވާޒާތުގެ އެއްޗެއް ނޫން: އެމްއެންޑީއެފް

31 އޯގަސްޓު 2017
ދިގުރަށުން ފެނުނީ ގޮވާޒާތުގެ އެއްޗެއް ނޫން: އެމްއެންޑީއެފް
31 އޯގަސްޓު 2017

ދިގުރަށުން ގޮވާޒާތުގެ އެއްޗެއް ފެނިއްޖެ

31 އޯގަސްޓު 2017
ދިގުރަށުން ގޮވާޒާތުގެ އެއްޗެއް ފެނިއްޖެ
29 ޖޫން 2017

ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ

29 ޖޫން 2017
ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ
29 ޖޫން 2017

ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނެ ހަގީގަތާ ހިލާފް ޚަބަރު ނެފެތުރުމަށް އިލްތިމާސްކޮށްފި

29 ޖޫން 2017
ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނެ ހަގީގަތާ ހިލާފް ޚަބަރު ނެފެތުރުމަށް އިލްތިމާސްކޮށްފި
28 ޖޫން 2017

ރާއްޖޭގައި ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި

28 ޖޫން 2017
ރާއްޖޭގައި ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި
07 ޖޫން 2017

ކަނޑަށް އަޅާ ޕްލާސްޓިކް އެއްކުރުމަށް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަކެއް ހަދަނީ!

07 ޖޫން 2017
ކަނޑަށް އަޅާ ޕްލާސްޓިކް އެއްކުރުމަށް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަކެއް ހަދަނީ!
07 މެއި 2017

ކެމްޕެއިން ކުރުމުގައި ދައުލަތުގެ މުދަލާއި ވަޞީލަތްތައް ބޭނުންކޮށްފައިވޭ: ޓްރާންސްޕޭރެންސީ

07 މެއި 2017
ކެމްޕެއިން ކުރުމުގައި ދައުލަތުގެ މުދަލާއި ވަޞީލަތްތައް ބޭނުންކޮށްފައިވޭ: ޓްރާންސްޕޭރެންސީ
01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް