Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ދިވެހި ބަސް
ހިލާލީ ދަރިކޮޅާއި، ހުރަވީ ދަރިކޮޅު

ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟

ރާއްޖޭގެ ރަދުން ޗައިނާ އަށް ޖިޒީދެއްވަން ކުރިން ތައްޔާރަށް ހުންނެވި

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2018 | އާދީއްތަ 01:48
ކޯއްޓޭ 1920 ގައި ހުރި ގޮތް

ކޯއްޓޭ 1920 ގައި ހުރި ގޮތް

24 ނޮވެމްބަރ 2018 ގެ ލިޔުމާ ގުޅޭ

މިދަރިކޮޅުގެ ރަސްކަމަށް 34 އަހަރުވީފަހުން ދަރިކޮޅުގެ 10 ވަނަ ރަސްގެފާނު އައްސުލްޠާން ޔޫސުފު (ދެވަނަ) ގެ ދުވަސްވަރު ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުގެ ނުފޫޒު ފޯރާން މެދުވެރި ވިއެވެ. އެއީ އިންޑިއާ ކަނޑުގެ ސަރަޙައްދަށް "ޗައިނާ އެކްސްޕެޑިޝަން" އެއް ފޮނުވުމާ ގުޅިގެންނެވެ. މިއެކްސްޕެޑިޝަންގައި ހިމެނޭ ޢަސްކަރީންގެ ތެރެއިން ކުރިން ރާއްޖެއަށް އައިސް ތިބި މާޢުލޫމާތު ހޯދާ ސިފައިންގެ ދެމީހަކު އެމީހުންގެ ކޮމާންޑަރަށް، ރާއްޖެއާ ބެހޭ ގޮތުން މަޢުލޫމާތު ފޮނުވާފައި ވެއެވެ. މިމަޢުލޫމާތުގެ ތެރޭގައި ރާއްޖޭގެ ރަދުން ޗައިނާ އަށް ޖިޒީދެއްވަން ކުރިން ތައްޔާރަށް ހުންނެވި ނަމަވެސް ފަހުން ފިކުރު ބަދަލު ކުރައްވައިފި ކަމަށް އެންގި އެންގުން ވެސް ހިމެނެއެވެ. މިކަމާ ގުޅިގެން ރާއްޖޭއިން ޖިޒީ ނެގުމުގެ މުޢާމަލާތް ވެސް ހިނގާފައި ވެއެވެ. އަދި ދިވެހި ރާއްޖެއިން ޗައިނާއަށް ޖިޒީ ދިނުމަށް މަޖުބޫރުވެ ޖިޒީދެމުން ގެންގޮސްފައި ވެއެވެ. މިކަން ހިނގާފައި ވަނީ މީލާދީން 1410 ވަނަ އަހަރު ކަމަށް ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައި ވެއެވެ.

މިއަށްފަހު މިދަރި ކޮޅުން ފެންނަނީ މިދަރިކޮޅުގެ ރަސްކަމުގައި ވަރަށް އަވަސް އަވަހަށް ރަސްކަން ބަދަލުވަމުން ދިޔަ ތަނެވެ. މިހެން ވުމުން ރަސްކަމުގެ ތެރޭގައި ހަމަނުޖެހުން އޮތުމުގެ ސަބަބުން ވެރިކަން ބަދުލުވުމުގައި އާއި، ދިވެހިރާއްޖެ އަށް ބޭރުގެ ނުފޫޒު ފޯރުމަށް، ނުވަތަ ބޭރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރެވިފައި ވާކަންވެސް ހާމަވެއެވެ. އަދި އޭގެއިތުރުން ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަމުން ދިޔަ ބަދަލުތަކުގެ އޮއިވަރުގައި ޖެހި މަޖުބޫރީ ޙާލަތުގައިވެސް ބޭރުގެ ނުފޫޒަށް ބޯލަނބަން ޖެހިފައިވެއެވެ. މިގޮތުން 1449 ވަނަ އަހަރު ރަސްކަމަށް އިސްވެ ވަޑައިގެންނެވި ކަޅު މުޙައްމަދު ވެރިކަން 1491 ވަނަ އަހަރު ވައްޓަވާ ލައްވައި އޭނާގެ އެއްބަނޑު އެއްބަފާ އަޚެއް ކަމުގައިވާ ޔޫސުފު ކަލަމިންޖާ ވެރިކަން އަތުލައްވާފައި ވާކަން މުޙައްމަދު އަމީން (1949) ލިޔުއްވާފައި ވެއެވެ.

އެއަށްފަހު 1449 ވަނަ އަހަރުގެ ތެރޭގައި ކަޅު މުޙައްމަދު ދެވަނަ ފަހަރަށް ވެރިކަން އަތުލެއްވީ ރާއްޖެއިން ބޭރުގެ ބާރުގަދަ، ނުފޫޒުގަދަ ވެރިކަމެއް ކަމުގައިވާ ކަންނަންނޫރު ޢަލީ ރާޖާގެ އެހީތެރިކަމާއެކު އެވެ. މިހެން ވުމުން ބޭރުގެ ނުފޫޒު ރާއްޖޭގެ މައްޗަށް ފޯރައިގެން ދާނެއެވެ. އެހެނީ ނަސީމާ މުޙައްމަދު (2010) ދިވެހި ތާރީޚު އެންމެ ފުރަތަމަ ލިޔުއްވި ހަސަން ތާޖުއްދީނާ ޙަވާލާ ދެއްވައި ލިޔުއްވާފައި ވަނީ ކަޅު މުޙައްމަދު ދެވަނަ ފަހަރަށް ވެރިކަން ހޯއްދެވުމުގައި ކަންނަންނޫރު ޢަލީ ރާޖާގެ އެހީތެރިކަން ހޯއްދެ ވިކަމުގައެވެ.

މި ޢަލީ ރާޖާ އަކީ އެދުވަސް ވަރު އިންޑިޔާކަނޑު ނުވަތަ ރާއްޖެ އާއި، ޝްރީލަންކާ އާއި، އިންޑިޔާގެ މަލާބާރު ސަރަޙައްދުގައި ވެރިކަން ކުރެއްވި ބާރުގަދަ ރާޖާއެކެވެ. މިދުވަސްވަރު އޭނާއަށް ޕޯޗުގީޒުންވެސް "ކަނޑުގެ ރަސްގެފާނު" ގެ ނަމުން ނަން ދީފައިވެއެވެ. މިދުވަސްވަރު ޔޫރަޕުގައި ކަނޑުމައްޗަށް އެންމެ ބާރުގަދަ ބަޔަކީ ޕޯޗުގީޒުންނެވެ. މިބައިމީހުން 1486 ވަނަ އަހަރު އިންޑިޔާ ކަނޑަށް ފުރަތަމަ ފަހަރަށް އައިސްފައި ވެއެވެ. އިންޑިޔާގެ ކަނޑަށް ޝައުޤުވެރިވެ އިންޑިޔާއަށް އައުމަށްފަހު ދިވެހިރާއްޖެއާ މެދު ޝައުޤުވެރިކަން އުފެދި ރާއްޖެއަށް އެބައި މީހުންގެ ސަމާލުކަން ދީފައި ވާ ކަމުގައި ނަސީމާ މުޙައްމަދު ނަސީމާ މުޙައްމަދު (2010) ހާމަ ކުރައްވައެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1990) ން ހާމަ ކުރައްވާ ގޮތުގައި ޕޯޗގީޒުންގެ ޝައުޤުވެރިކަން ފުރިހަމަކުރުމުގެ ގޮތުން 1503 ވަނަ އަހަރު އެބައިމީހުންގެ ފުރަތަމަ ޙަމަލާއާއި، އަނިޔާވެރިކަން ދިވެހިންނަށް ކުރިމަތިވީ ދިވެހިންގެ ވިޔާފާރި މުދާ ހިފައިގެން ދަތުރުކުރި ދޯނިފަހަރު ތަކެއް އަތުލައި އޭގައި ތިބި 100 އެއްހައި މީހުން ދޯންޏަކަށް ލުމަށްފަހު އަންދާލުމާއި، މުދާތައް އަތުލައި ގަނެ އެ ވިޔަފާރި ކަންނަންނޫރާ އެކު ނުކުރުމުގެ އިންޒާރު ދިނުމެވެ. މިދުވަސްވަރަކީ ކަޅު މުޙައްމަދު ގެ ދެވަނަ ދައުރެވެ. އެއީ އޭނާ ވެރިކަން ހޯއްދެވުމަށް ކަންނަންނޫރުގެ އެހީތެރިން ހޯދައި ވެރިކަން އަތުލެއްވުމަށް ފަހުގައެވެ. ޕޯޗުގީޒުންގެ ބާރުގަދަ ކުރުމުގެ ގޮތުން 1517މ. ގައިވެސް ރާއްޖެއަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރާއްޖޭގައި ޕޯޗުގީޒުންގެ ވިޔަފާރި ކާރުޚާނާއެއް އުފައްދަން މަސައްކަތް ކޮށް ކަރުޚާނާއެއް އުފެއްދި އެވެ. އަދި ރާއްޖޭގައި ހަރުދަނާ ގޮތެއްގައި އެބައިމީހުން ފައިތިލަ ސާބިތު ކުރުމުގެ މަސައްކަތް ފެށިގެން ދިޔައެވެ.

އަދި މިބައިމީހުން 1519މ. ގައި 120 މީހުންގެ މައްޗަށް އެކުލެވޭ 4 ގުރާބު ފޮނުވައި ރާއްޖޭގެ ރަށްތަކުން ފޭރުމާއި، ބިރުގެންނެވުމުގެ ޢަމަލުތައް ހިންގަމުން ގެންދިއައެވެ. އަދި މިބައިމީހުން ތަފާތު އުނދަގޫ ރާއްޖެއަށް ކުރަމުން ގެންގޮސްފައި ވެއެވެ. މި އުނދަގުލުން ސަލާމަތް ވުމުގެ ގޮތުން ކާލީކަޓުގެ ވިޔާފާރި އަކާ ގުޅިގެން ޕޯޗުގީޒުންގެ ކިބައިން ސަލާމަތްކަން ހޯދުމަށް މަސައްކަތް ކޮށް 12 ނަވުގައި ކާލިކަޓުން އައި މީހުންނާއެކު 1519މ. ގައި ޕޯޗްގީޒުންނާ ހަނގުރާމަކޮށް އެބައި މީހުންގެ ކިބައިން މިނިވަންކަން ހޯދިއެވެ. އެއަށްފަހު 30 ހަކަން އަހަރު ޕޯޗުގީޒުންގެ އުނދަގުލުން ސަލާމަތް ވެވުނެވެ. އެއަށްފަހު 1540 ވަނަ އަހަރު ޕޯޗްގީޒުގެ ގޮންޒާލިޒް ކިޔާމީހަކު ރާއްޖެއައިސް ދިވެހިންގެ ބަޔަކަށް ޙަމަލާދީ ފޭރިގަތީ ބަދަލު ހިފުމުގެ ގޮތުން ކަމުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1990) ން ނެރުއްވާފައިވާ މި ފޮތުގައި ލިޔުއްވާފައި ވެއެވެ.

-ނުނިމޭ-

ކޮމެންޓް

އިތުރަށް ކިޔާލަން

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

20 ފެބުރުއަރީ 2019
ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟

ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟

10 ޑިސެމްބަރު 2018

08 ޑިސެމްބަރު 2018

07 ޑިސެމްބަރު 2018

05 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު