Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފްގެ ދޯސްތީ އެކްސަސައިޒް

ދޯސްތީ 14ގެ އަމަލީ ފަރިތަކުރުންތައް ބައްލަވާ ލެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ވަޑައިގެންފި

27 ނޮވެމްބަރު 2018 | އަންގާރަ 07:17

ފަރިތަކުރުންތައް ބައްލަވާ ލެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާ ވަޑައިގެންފައިވަނީ ހެެލިކޮޕްޓަރުގަ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 27 ނޮވެމްބަރު 2018 | އަންގާރަ 07:17
ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ

އެންޑީއެފް އާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓް ގާރޑް ގުޅިގެން ކުރިއަށް ގެންދާ ދޯސްތީ 14 ގެ ކަނޑުމަތީގައި ކުރިއަށްދާ އަމަލީ ފަރިތަކުރުންތަށް ބައްލަވާ ލެއްވުމަށް އެފަރިތަކުރުންތައް ކުރިއަށްދާ ސަރަހައްދައް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަޑައިގެންފިއެވެ

އެ ސަރަހައްދަށް މިނިސްޓަރ މާރިޔާ ވަޑައިގެންފައިވަނީ ހެލިކޮޕްޓަރުގައެވެ. މި އެކްސަ ސައިޒްގެ ފަރިތަކުރުންތައް މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަހައްދު ތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި އެކްސަސައިޒްގައި އިންޑިއާ ނޭވީގެ ދެ މަނަވަރާއި ސްރީލަންކާ ނޭވީގެ މަނަވަރެއް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި އެކްސަސައިޒުގައި އިންޑިއަން ކޯސްޓްގާޑް ޑޯނިއަރ މަތިންދާބޯޓަކާއި އިންޑިއަން ކޯސްޓްގާޑް ޝިޕް ސަމަރު ގެ އޮން ބޯޑު ހެލިކޮޕްޓަރެއް ވެސް ހަރަކާތްތެރި ވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement - newsAdvertisement

މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒަކީ ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާއާއި ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކާއި އޮޕަރޭޝަންތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރި ވާނެ ގޮތްތަކަށް ފަރިތަކުރުމުގެ މަޤްޞަދުގައި ބާއްވާ ތަމްރީނުތަކެއްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު އިންޑިއާ އަދި ރާއްޖޭގެ ކޯސްޓްގާޑު ގުޅިގެން ކުރިއަށް ގެންދަން ފެށި ޕްރޮގްރާމެކެވެ. މި ހަރަކާތުގައި ލަންކާ އިން ބައިވެރިވާން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި ހަރަކާތް އެންމެ ފަހުން ބާއްވާފައިވަނީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2017

ސަރުކާރުން 144 ރިސޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރަމުން: ސައީދު

18 ނޮވެމްބަރު 2017
ސަރުކާރުން 144 ރިސޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރަމުން: ސައީދު
17 އޮކްޓޯބަރު 2017

ރައީސް ޔާމީން ބުރުޖް އަލް ހަލީފާ ބައްލަވާލައްވައިފި

17 އޮކްޓޯބަރު 2017
ރައީސް ޔާމީން ބުރުޖް އަލް ހަލީފާ ބައްލަވާލައްވައިފި
30 އޯގަސްޓު 2017

ފާރިސްގެ ބަންދުގެ މައްސަލަ ބައްލަވާ ބެންޗަށް ބަދަލުގެނައީ އުސޫލުތަކާ ހިލާފަށް : ވަކީލުން

30 އޯގަސްޓު 2017
ފާރިސްގެ ބަންދުގެ މައްސަލަ ބައްލަވާ ބެންޗަށް ބަދަލުގެނައީ އުސޫލުތަކާ ހިލާފަށް : ވަކީލުން
30 އޯގަސްޓު 2017

ބައި އިލެކްޝަން އޮންނާނެ ކަމަށް ބުނީ ބަޔަކު ރުއްސަން، އަމަލީ އެއްވެސް ކަމެއް ނުކުރޭ: ނިޔާޒް

30 އޯގަސްޓު 2017
ބައި އިލެކްޝަން އޮންނާނެ ކަމަށް ބުނީ ބަޔަކު ރުއްސަން، އަމަލީ އެއްވެސް ކަމެއް ނުކުރޭ: ނިޔާޒް
09 އޯގަސްޓު 2017

އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

09 އޯގަސްޓު 2017
އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި
12 ޖުލައި 2017

ފާރިސްގެ މައްސަލަ ބައްލަވާ ގާޒީން ދެ ފަހަރެއްގެ މަތިން ބަދަލުކޮށްފި

12 ޖުލައި 2017
ފާރިސްގެ މައްސަލަ ބައްލަވާ ގާޒީން ދެ ފަހަރެއްގެ މަތިން ބަދަލުކޮށްފި
15 މެއި 2017

ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހަކު ހައްޔަރުކޮށްފިން: ފުލުހުން

15 މެއި 2017
ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހަކު ހައްޔަރުކޮށްފިން: ފުލުހުން
14 މާރިޗު 2017

ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

14 މާރިޗު 2017
ނެށުމުގެ ފަރިތަކުރުންތައް ވީޑިއޯކުރަންދިޔަ ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް