Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެރިޓޭޖު މިނިސްޓްރީ

އޮފީހަށް ނުކުންނެވި ފުރަތަމަ ދުވަހު ތޯރިޤް ވަޑައިގެންނެވީ ތާރީހީ ތަންތަނަށް

26 ނޮވެމްބަރު 2018 | ހޯމަ 13:57

ބޮޑުތަކުރުފާނުގެ ޒިޔާރަތަށާއި ހުކުރު މިސްކިތާއި މެދު ޒިޔާރަތަށް ވަޑައިގެންނެވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 26 ނޮވެމްބަރު 2018 | ހޯމަ 13:57
ތޯރިގު (ކ) އާއި ޝާތިރު ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި: މިނިސްޓްރީގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ތޯރިގު ވަނީ މާލޭގެ ތާރީހީ ތިން ތަނަކަށް ވަޑައިގެންފައި

ތޯރިގު (ކ) އާއި ޝާތިރު ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި: މިނިސްޓްރީގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ތޯރިގު ވަނީ މާލޭގެ ތާރީހީ ތިން ތަނަކަށް ވަޑައިގެންފައި

އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ އެކު، މުހައްމަދު ޠާރިޤް އޮފީހަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު މާލޭގައި ހުރި ތާރީހީ މުހިއްމު ތަންތަނަށް ވަޑައިގެން، އެތަންތަނުގެ ހާލަތު ބައްލަވައިފިއެވެ.

ދިވެހި ބަހާއި ތާރީހަށް ގިނަ ހިދުމަތްކެއް ކުރެއްވި ތޯރިގު ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާއަކީ އެ މިނިސްޓްރީގެ ދެ ވަނައަށް އެންމެ މަތީ މަގާމު ފުރުއްވަމުން ގެންދަވާ ސިޔާސީ ބޭފުޅާއެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހު ވަޒީފާއަށް ނުކުމެވަޑައިގެން، ހެރިޓޭޖު މިނިސްޓްރީގެ މުވައްޒަފުންނާ އެކު އެންމެ ފުރަތަމަ ވަޑައިގެންނެވީ ބިހުރޯޒު ކަމަނާ މިސްކިތުގައި ހުންނަ ބޮޑު ތަކުރުފާނު ޒިޔާރަތަށެވެ. އެއަށްފަހު ހުކުރު މިސްކިތަށާއި މެދުޒިޔާރަތަށް ވެސް ތޯރިގު ވަޑައިގެންނެވިއެވެ.

ތޯރިގު އެތަންތަން ބައްލަވާފައި ވަނީ ހެރިޓޭޖު މިނިސްޓްރީގެ މުވައްޒަފުން މެދުވެރިކޮށް، ޒިޔާރަތްތަކުގައި އަޅުވާފައިވާ ތަޅުތައް ނައްޓާ ލެއްވުމަށް ފަހުގަ އެވެ. ތޯރިގު އަރިހުގައި އެތަންތަން ބައްލަވާ ލެއްވުމަށްޓަކައި ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ޝާޠިރު ވެސް ވަޑައިގެންނެވިއެވެ.

އެތަންތަން ބައްލަވާ ލެއްވުމަށް ފަހު, ބޮޑު ތަކުރުފާނުގެ ޒިޔާރަތާ ގުޅޭގޮތުން ރާއްޖެއެމްވީ. އާ ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ އެ މިނިސްޓްރީން އެންމެ އިސްކަންދޭ ތަރުތީބުގެ ކުރީގައި ވަނީ ބޮޑު ތަކުރުފާނުގެ ޒިޔާރަތް ކަމަށާއި އެތަން ވަރަށް ބޮޑަށް ވީރާނާވެފައިވާ ކަމަށެވެ.

"މިތާނގެ ހާލަތު މިއޮތީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް ލަދުގަންނަ ހިސާބުގައި. ގައުމި ބަތަލު، އެބޭފުޅެއްގެ ޒިކުރާ، އެބޭފުޅެއްގެ ހަނދާން، އަބަދު އާކުރަން ޖެހޭ އެންމެ ރަނގަޅު ބިނާއެއްގެ ގޮތުގައި ހުރީ މިތަން،" ތޯރިގު ވިދާޅުވިއެވެ.

ހުކުރު މިސްކިތުގެ ހާލަތު ބެއްލުވުމަށްފަހު، ތޯރިގު ވިދާޅުވީ ހުކުރު މިސްކިތުގެ އަސްލު ގެއްލޭ ގޮތަށް މިސްކިތުގެ ތެރޭގައި އަށް ތަނބު އިތުރަށް ޖަހާފައިވާ ކަމަށެވެ.

"މިސްކިތުގެ އަސްލުގަ އެއް ނުހުންނާނެ މި ތަނބުތަކެއް. މިހުރީ ދަގަނޑު ހޮޅިޖަހާފައި ބޭރުގައި ފްލައިވުޑް ފިލާ ތަތްކޮށްފަ، ހުރި އަށް ތަނބު އިތުރަށް މިހުރީ ޖަހާފަ. މިއީ ވަގުތީ ގޮތުން ޖެހި އެއްޗެއް ކަމަށް ވިޔަސް، ދާއިމީވެގެން މިދަނީ،" ތޯރިގު ވިދާޅުވިއެވެ.

މެދު ޒިޔާރަތަށް ވަޑައިގަތުމަށްފަހު، ތޯރިގު ވިދާޅުވީ ތާރީހީ ތަންތަން ރައްކާތެރިކުރުމަށްޓަކައި ހުރި ކަންތައްތައް ދެނެގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަފާ ދެއްވާފައިވާ ކަމަށާއި އެކަމަށް ދެއްވަން ޖެހޭ ހުރިހާ އެއް ބާރުލުމެއް ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.

"އެތަން އާބާތުރަ ފިލުވަން އަޅުގަނޑު މިނިސްޓްރީގެ ކަމާބެހޭ ސެކްޝަންގައި އެދެފިން،" ތޯރިގު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮންމެ ރަށެއްގައި ވެސް ހުރި ތަރިކަ އާއި ދުވަސްވީ ބިނާތަކާއި އާސާރު އެކުލެވޭ ތަންތަނާއި ތާރީހާއި ގުޅިފައިވާ ތަކެއްޗަކީ ކޮބައިކަން ދެނެގަންނާނެއެވެ. އެއަށްފަހު އެފަދަ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމަށް ގާނޫނީ ޒިންމާ ކަނޑަ އަޅައި، ތަރިކައިގެ ލިސްޓެއް އެކުލަވާލާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް