Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޅ. ނައިފަރު

ނައިފަރުން ގޯތި ދޫނުކުރާތާ ހަ އަހަރު، އުންމީދަކީ އާ ސަރުކާރުން އަވަހަށް ގޯތި ދޫކުރުން

24 ނޮވެމްބަރު 2018 | ހޮނިހިރު 07:39

އެންމެ ފަހުން ގޯތި ދޫކުރީ 2012 ވަނަ އަހަރު

އަމްނާ އިމާދު
އަމްނާ އިމާދު | 24 ނޮވެމްބަރު 2018 | ހޮނިހިރު 07:39
ޅ. ނައިފަރު: އެ ރަށުން އެންމެ ފަހުން ގޯތި ދޫކުރީ 2012 ވަނަ އަހަރު

ޅ. ނައިފަރު: އެ ރަށުން އެންމެ ފަހުން ގޯތި ދޫކުރީ 2012 ވަނަ އަހަރު

ޅ. ނައިފަރުން ގޯތި ދޫނުކުރާތާ ހަ އަހަރުވެފައިވާ ކަމަށާއި، އުންމީދަކީ އާ ސަރުކާރުން އަވަހަށް ގޯތި ދޫކޮށް ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުން ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފިއެވެ.

"އެތެރެދުނި ޕްރޮގްރާމް"އަށް ދެއްވި އިންޓަވިއުއެއްގައި ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނައިފަރުގެ ރައްޔިތުން ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ނަމަވެސް އެސަރުކާރުން ކައުންސިލްގެ މިމަސައްކަތްތަކަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ގޯތި ދޫކުރުމަށް ހުއްދައަށް އެދުނު ނަމަވެސް އެކަން ރައީސް ޔާމީންގެ ސަރުކާރުން ކޮށްދީފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ބިން ހިއްކާފައިވާ ރަށްރަށުން ގޯތިދޫކުރުމުގެ ހުއްދަ ކައުންސިލްތަކަށްދޭނެ ކަމަށް ރައީސުލުމްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅަށް ފާހަގަކުރައްވައި ކާރިމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި އެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު އެބައޮތް ކަމަށެވެ. އަދި ރައްޔިތުން ތިބީ އެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކާރިމް ވިދާޅުވީ ނައިފަރަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ދަތި ކަމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބުން ކަމަށާއި، މިހާރު ވެސް އެރަށުން ގޯތި ދޫކުރެވޭ ވަރަށް ބިން އެބައޮތް ކަމަށެވެ. ނަމަވެސް އެރަށުގެ ރައްޔިތުންގެ 90 އިންސައްތަ މީހުން ބޭނުން ވަނީ ރޯހައުސް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުދުންތެރިކަން ހުރި މީހުން މިހާރު ބޭނުންވަނީ ގޯތި. އޭއީ ގާތްގަނޑަކަށް 10 އިންސައްތަ މީހުން. އެމީހުންނަށް ބޭނުން ޑިޒައިންނަކަށް ގެދޮރު އެޅޭނެ. އެކަމަކު 90 އިންސައްތަ މީހުން ބޭނުންވަނީ ރޯހައުސް. މިހާރުގެ ރަށުންގެ ބިމުގެ ޖާގަހުރި ވަރަށް ބަލާއިރު 200ހާ ގޯތި އަސްލު ދޫކޮށްލެވޭނެ" ކާރިމް ވިދާޅުވިއެވެ.

ކާރިމް ވިދާޅުވީ ނައިފަރަށް ބިމުގެ ދަތިކަން ކުރިމަތިވުމާ ގުޅިގެން 2005 ވަނަ އަހަރު ބިން ހިއްކާ ނިންމާ އެމައްސަލަ ހައްލުކޮށްފައިވާ ކަމަށާއި، ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ ބިންދޫނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔަ ކަމަށެވެ.

ކާރިމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ނައިފަރުގައި 25 ރޯހައުސް އަޅާދީފައިވާ ކަމަށާއި، މިރޯހައުސްގެ ތެރެއިން މާފިލާފުށިން އެރަށަށް ހިޖުރަކުރި 9 އާއިލާއަކަށް ރޯހައުސް ދޫކުރުމަށްފަހު ބާކީ ރޯހައުސްތައް ނައިފަރުގެ ރައްޔިތުންނަށް ދޫކޮށްފައިވާ ކަމަށް ކާރިމް ވިދާޅުވިއެވެ. އަދި 2012 ވަނަ އަހަރު ރައްޔިތުންނަށް ގޯތި ލިބުނު ކަމަށާއި، އެފަހަރު ޖުމްލަ 300 ގޯތި ދޫކުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެރަށުގައި ގޯތިދޫކޮށްފައި ނުވާ ކަމަށާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކައުންސިލުން ކުރި މަސައްކަތަށް ވެސް ކުރިއެރުން ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ގޭގޭތަކުގައި އެބައުޅޭ އަނެހެން ބުނަންޏާ މުނި ކާފަ މުނި މާމަ ދަރިން ފެށިގެން ގޮސް. ދަރިންގެ ދަރިންނަށް ދަންދެން މުޅި އާއިލާ އެއްގެއެއްގެ ތެރޭގައި. ވަރަށް ދަތި ހާލުގައި. ފުނިޖެހިގެން. ވަންނާނެ ގެދޮރު ނެތިގެން" ކާރިމް ވިދާޅުވިއެވެ.

ކާރިމް ވިދާޅުވީ ނައިފަރުގެ އާބާދީ 5400 އަށްވުރެ ބޮޑުވާނެ ކަމަށާއި، ގޭބިސީގެ އާބާދީއަކީ 1074 ކަމަށެވެ. އެހެން ރަށްރަށުގެ މީހުންނާއި، ބިދޭސީން ވެސް އެރަށުގެ ދިރިއުޅެމުންދާއިރު ގެދޮރުގެ ދަތިކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް