Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާކޯ އެސެންސިއޯ

ރެއާލްއަށް މުހިންމު ކުޅުންތެރިޔަކަށް ވާން ބޭނުން: އެސެންސިއޯ

22 ނޮވެމްބަރު 2018 | ބުރާސްފަތި 15:03

އެސެންސިއޯ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން

ލީވާން އަލީ
ލީވާން އަލީ | 22 ނޮވެމްބަރު 2018 | ބުރާސްފަތި 15:03
ރެއާލްއަށް ކުޅެމުން އަންނަ މާކޯ އެސެންސިއޯ

ރެއާލްއަށް ކުޅެމުން އަންނަ މާކޯ އެސެންސިއޯ

ރެއާލް މެޑްރިޑަށް މުހިންމު ކުޅުންތެރިޔަކަށް ވާން ބޭނުންވާ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ މާކޯ އެސެންސިއޯ ބުނެފިއެވެ.

މާސާއަށް ދިންޓަވިއުއެއްގައި އެސެންސިއޯ ބުނީ ރެއާލްއަށް މުހިންމު ކުޅުންތެރިޔަކަށް ވާން ބޭނުންވާ ކަމަށާއި، އެކަން ފޮރުވަން ބޭނުންނުވާ ކަމަށެވެ.

އެގޮތުން ރެއާލްއާއެކު ކާމިޔާބީ ހޯދަން ބޭނުންވާކަން ފާހަގަކުރަމުން އެސެންސިއޯ ބުނީ ރެއާލްއަށް ކުޅެން ފުރުސަތު ލިބުމުން އެކަމާ އުފާވާ ކަމަށާއި، ރެއާލް އަކީ އެންމެ ކުޑައިރުއްސުރެ ކުޅެން ބޭނުންވި ކްލަބް ކަމަށެވެ.

އެސެންސިއޯ ރެއާލްގައި ދައްކަމުން އަންނަ މޮޅު ކުޅުމާއެކު އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިވެފައެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ އިތުރުން ސްޕެއިން އަދި އިޓަލީގެ ކްލަބްތައްވެސް ހިމެނެއެވެ.

މަޔޯކާއާއެކު 2013 ވަނަ އަހަރު ކެރިޔަރު ފެށި އެސެންސިއޯ ވަނީ އެޓީމުގެ ޖޫނިއާ ޓީމަށް 14 މެޗު ކުޅެދީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ އެ ކްލަބުގެ ސީނިއާ ޓީމަށް ބަދަލުވެ، ކުޅުނު ދެ ސީޒަނުގައި 56 މެޗު ކުޅެދީ ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.

މަޔޯކާ ދޫކޮށްލުމަށްފަހު ދެން އެސެންސިއޯ ބަދަލުވީ 2015 ވަނަ އަހަރު އެސްޕަނިޔޯލް އަށެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 37 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އެސްޕަނިޔޯލްގައި ސީޒަނެއް ހޭދަކުރުމަށްފަހު 2016 ވަނަ އަހަރު އެސެންސިއޯ ބަދަލުވީ ރެއާލް އަށެވެ. އޭނާ ވިދާލާފައިވަނީ ރެއާލްއިންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 108 މެޗުގައި 23 ލަނޑު ކާމިޔާބުކޮށްފައެވެ.

އެސެންސިއޯ ވަނީ ރެއާލްއާއެކު ސްޕެނިޝް ލަލީގާ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާކަޕް ދެފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމަށް 19 މެޗު ކުޅެދީފައިވާ އެސެންސިއޯ ވަނީ 2015 ވަނަ އަހަރު ބޭއްވުނު 19 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ސްޕެއިން ގައުމީ ޓީމާއެކު ކާމިޔާބުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް