Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!

14 ނޮވެމްބަރު 2018 | ބުދަ 12:29

ރަސްމީ ގެކޮޅަށް މިއަހަރު 37.8 މިލިއަން ރުފިޔާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 14 ނޮވެމްބަރު 2018 | ބުދަ 12:29
ރައީސް އަބްދުﷲ ޔާމީން ވަށާލައިގެން ސިފައިންގެ ބޮޑީގާޑުން: އެމަނިކުފާނުގެ ރަސްމީ ގެކޮޅަށް މިއަހަރު 37.8 މިލިއަން ދަނީ ހަރަދު ކުރަމުން

ރައީސް އަބްދުﷲ ޔާމީން ވަށާލައިގެން ސިފައިންގެ ބޮޑީގާޑުން: އެމަނިކުފާނުގެ ރަސްމީ ގެކޮޅަށް މިއަހަރު 37.8 މިލިއަން ދަނީ ހަރަދު ކުރަމުން

ރައީސް އަބްދުﷲ ޔާމީންގެ ދިރިއުޅުއްވާ ތަންތަނަށް މިއަހަރު ދައުލަތުން 37 މިލިއަން ރުފިޔާ ހަރަދު ކުރަމުންދާ ކަމަށާއި ދުވާލެއްގެ މައްޗަށް އެމަނިކުފާނު ދިރިއުޅުއްވާ ތަންތަނަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާކަން ހާމަވެއްޖެއެވެ.

ރައީސް ޔާމީން ދިރިއުޅުއްވުމަށްޓަކާ ދައުލަތުން ވަނީ މުލީއާގެ އާއި ހިލާލީގެ ހާއްސަކޮށްފައެވެ. އޭގެ އިތުރުން ޗުއްޓީ ހޭދަ ކުރެއްވުމަށްޓަކާ އާރަށުގައި ވަނީ ތިން ބުރީގެ ގަނޑުވަރެއް އިމާރާތްކޮށްފައެވެ.

Advertisement - newsAdvertisement

ދައުލަތުގެ ބަޖެޓުން ދައްކާ ގޮތުން ރައީސް ޔާމީންގެ ރަސްމީ ގެކޮޅުގެ ހަރަދުގެ ގޮތުގައި މިއަހަރު 37.8 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އެއީ މަހެއްގެ މައްޗަށް 3.1 މިލިއަން ރުފިޔާ އެވެ. އަދި ދުވާލަކަށް 105،000 ރުފިޔާ ހަރަދުވެއެވެ.

ދައުލަތުގެ ބަޖެޓުން ދައްކާ ގޮތުން ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް 12 މިލިއަން ރުފިޔާ ދަނީ ހަރަދު ކުރަމުންނެވެ. މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓުން ދައްކާ ގޮތުން ރައީސްގެ ރަސްމީ ގެކޮޅަށް ހަރަދު ކުރުމަށް ބަޖެޓުގައި ހިމަނާފައި ވަނީ 25.8 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން މިއަހަރު މުލީއާގެއަށް 19.6 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ވެސް ދައުލަތުގެ ބަޖެޓުން ދައްކައެވެ.

ރައީސް ޔާމީންގެ ގެކޮޅަށް ކުރާ ހަރަދުގެ ދެ ގުނަ ބޮޑު އަދަދެއް އެމަނިކުފާނުގެ އޮފީހަށް ވެސް ދަނީ ހަރަދު ކުރަމުންނެވެ. އެގޮތުން މިއަހަރު ރައީސް އޮފީހަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަނީ ހަރަދު ކުރަމުންނެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވާނެ ކަމަށް ވައުދުވެވަޑައިގަތުމަށް ފަހުގައެވެ. އަދި މުސާރައިގެ ގޮތުގައި ނަންގަވާނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ވޭތުވެދިޔަ މުއްދަތުގައި ކޮންމެ މަހަކު އެއް ލައްކަ ރުފިޔާގެ މުސާރަގެ ގޮތުގައި ނަންގަވައި، ދިރިއުޅުއްވަމުން ގެންދަވަނީ ދައުލަތުގެ ހަރަދުގައެވެ. ވެރިކަމުގެ ކުރީކޮޅު ދައުލަތުގެ ޚަރަދުގައި އަމިއްލަ ގެކޮޅުގެ މަރާމާތުގެ ބައެއް މަސައްކަތްތައްވެސް ކުރެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
09 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

09 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް