Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ދިވެހި ބަސް
ތާރީޚާއި އާދަކާދަ

ދިވެހިންނާއި އިބްނި ބަޠޫޠާ

އިބްނު ބަޠޫޠާގެ ޢުމުރުފުޅުން 21 ނުވަތަ 22 ވަނަ އަހަރު ޤައުމުން ނިކުމެވަޑައިގެން ދުނިޔޭގެ އެކިއެކި ޤައުމުތަކަށް 25 ނުވަތަ 29 އަހަރު ވަންދެން ދަތުރު ކުރެއްވުމުގައި ހޭދަ ކުރެއްވިއެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2018 | އަންގާރަ 22:14
އިބްނު ބަޠޫޠާ ދަތުރު ކުރެއްވި މަގުކަމަށް ބުނެވޭ މަގު: އިބްނު ބަޠޫޠާ ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެންނެވި

އިބްނު ބަޠޫޠާ ދަތުރު ކުރެއްވި މަގުކަމަށް ބުނެވޭ މަގު: އިބްނު ބަޠޫޠާ ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެންނެވި

މި ލިޔުމުގައި ބަލައިލާނީ އިބްނި ބަޠޫޠާ އަކީ ކޮން ބޭފުޅެއްކަމާއި، އިބްނި ބަޠޫޠާ ރާއްޖެއަށް ވަޑައިގެންނެވުމާއި، ދިވެހިރާއްޖޭގައި އިބްނި ބަޠޫޠާ ހުންނެވި ދުވަސްވަރު ކުރިމަތިވެ ވަޑައިގެންނެވި ކަންތައްތަކާއި، ތަޖުރިބާ ކުރެއްވުނު ކަންކަމާއި، ދިވެހިންނާއި އިބްނި ބަޠޫޠާ އާއި ހުރި ގުޅުމުގެ މައްޗަށެވެ.

އިބްނި ބަޠޫޠާ

އިބްނި ބަޠޫޠާ އަކީ މަޣްރިބް ކަރައިގެ އަވަށެއް ކަމުގައިވާ "ޠަންޖާ" ގައި ދިރިއުޅުނު މެދުފަންތީގެ ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ "ޢަބޫ ޢަބްދުﷲ މުޙައްމަދު އިބްނު ބަޠޫޠާ" ނުވަތަ "އަބޫ ޢަބްދުﷲ މުޙައްމަދު ބިން އިބްރާހީމް ބިން ޢަބްދުއްރަޙްމާން ބިން ޔޫސުފުއްލަވާތީ އައްޠަންޖީ (އިބްނި ބަޠޫޠާ)" އެވެ. އަދި އިރުމަތީ ޤައުމުތަކުގައި ޝަމްސުއްދީނުގެ ނަމުން ވެސް މަޝްހޫރު ވެފައިވެއެވެ. އުފަންވެފައި ވަނީ ހިޖުރީ ސަނަތުން 703 ވަނަ އަހަރުގެ ރަޖަބު މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ މީލާދީ ގޮތުން 1304 ފެބްރުއަރީ 24 އެވެ. އަވަހާރަވީ ޢުމުރުފުޅުން 73 އަހަރުފުޅުގައި ހިޖުރީ ގޮތުން 777 ވަނަ އަހަރު ނުވަތަ 779 ވަނައަހަރު އެވެ. މީލާދީ ސަނަތުން 1368 ނުވަތަ 1377 ގައެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި 1369 ގައެވެ. އިބްނު ބަޠޫޠާގެ ޢުމުރުފުޅުން 21 ނުވަތަ 22 ވަނަ އަހަރު ޤައުމުން ނިކުމެވަޑައިގެން ދުނިޔޭގެ އެކިއެކި ޤައުމުތަކަށް 25 ނުވަތަ 29 އަހަރު ވަންދެން ދަތުރު ކުރެއްވުމުގައި ހޭދަ ކުރެއްވިއެވެ. އެއީ ތިން ފަހަރެއްގެ މަތިންނެވެ. މިގޮތުން 117000 ކިލޯމީޓަރ (75000 މޭލް) އަށް ދަތުރު ކުރައްވާފައި ވެއެވެ. އެއީ ދުނިޔޭގެ ތިންބައިކުޅަ ދެބައި ކަމަށް މުޙައްމަދު އިބްރާހީމް ލުޠުފީ (1991) ވިދާޅުވެފައިވެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ މަޝްހޫރު ސައްޔާޙުންގެ ލިސްޓުގައި ހިމެނި ވަޑައިގެންފައި ވެއެވެ. މިދަތުރު ފުޅުގައި 44 ރަށަކަށް ވަޑައިގެންނެވުމުގެ ތެރޭގައި 23 ކައިވެނި ބައްލަވައިގެން 70 ބޭފުޅުން ލިބިވަޑައި ގެންފައިވެއެވެ.

މިދަތުރުފުޅު ފެށްޓެވީ ހިޖްރީގޮތުން 02 ރަޖަބް 725 ގައެވެ. އަދި ނިންމަވާ ލައްވާފައި ވަނީ ޢުމުރުފުޅުން 50 އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން 748ހ. (1349މ.) ގައެވެ. މިދަތުރުފުޅުގެ ދަތުރުނާމާ ލިއުއްވައި ނެރެވިފައި ވަނީ 03 ޛިލްޙިއްޖާ 756ހ. (1355މ.) ގައެވެ. އެއީ އިބްނި ބަޠޫޠާ ދެމިއޮތުމުގެ ޢަލަމަށް ދަތުރު ކުރެއްވުމުގެ 21 ނުވަތަ 22 އަހަރުގެ ކުރިންނެވެ. މިދަތުރުނާމާ ލިއުއްވުމަށް ޙަވާލުކުރެވުނީ އަބީ ޢަބްދުﷲ ބްނު ޖަޒީ އަލްކުލަބީ ކިޔާ ބޭފުޅާކާއެވެ. (ދަޢުވަތުލްޙައްޤު (2014)

އިބްނި ބަޠޫޠާ ދިވެހިރާއްޖެ އަށް ވަޑައިގަތުން.

އިބްނި ބަޠޫޠާގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި ޤައުމުތަކުގެ ތެރޭގައި އެފްރިކާ އާއި، ޔޫރަޕާއި، އޭޝިޔާގެ ޤައުމުތައް ހިމެނެއެވެ. އޭގެ ތެރޭގައި ސޫދާނާއި، ޔަމަނާއި، އަންދަލުސް (މިހާރުގެ ސްޕެއިން) އާއި، ޗައިނާ އާއި، އިންޑިޔާ އާއި، އިންޑޮނޭޝިޔާ މެލޭޝިޔާ، ސީރިޔާ ބަންގްލަދޭޝް ޝްރީލަންކާ، ދިވެހިރާއްޖެ ފަދަ ޤައުމުތައް ހިމެނެއެވެ. އެ ކަލޭގެފާނު ވަޑައިގެންނެވި މި ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ޤަޞްދުކުރެއްވީ ދިވެހިރާއްޖޭއާ ގުޅޭ ގޮތުން ލިބިވަޑައިގެންނެވި ގިނަ މަޢުލޫމާތުތަކަކަށް ފަހުގައެވެ. އިބުނު ބަޠޫޠާ ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެންފައިވެއެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވި ތާރީޚާއި މެދު އިޚްތިލާފު އުފެދިފައިވި ނަމަވެސް ރާއްޖެއަށް ވަޑައިގެންނެވި ޢަދަދާއި މެދު އިޚްތިލާފެއް ނެތެވެ. އަދި މިކަން އިބުނު ބަޠޫޠާގެ ދަތުރުނާމާގައި ވެސް ލިޔުއްވާފައިވެއެވެ. އިބުނު ބަޠޫޠާ ރާއްޖެވަޑައިގެން ކަމަށް މުޙައްމަދު އިބްރާހީމް ލުޠުފީ ލިއުއްވާފައި ވަނީ 744ހ. ކަމުގައެވެ. ނަމަވެސް މުޙައްމަދު އަމީން ލިއުއްވާފައި ވަނީ 765ހ. ގައި ކަމުގައެވެ. ރާއްޖެއަށް ވަޑައިގެންނެވީ އިންޑިއާގައި ހުންނަވާފައެވެ.

އިބުނު ބަޠޫޠާ ދެވަނަ ފަހަރަށް ރާއްޖެ ވަޑައިގަތުމަށް ޤަޞްދުކުރެއްވީ ފުރަތަމަ ފަހަރު ވަޑައިގެން އުޅުއްވި އިރު ކައިވެނި ބައްލަވައިގެން އާލާސްކަންފުޅާ އިންނެވި ރެހެންދި ޚަދީޖާގެ ދޮންމަންމާފުޅު، ފިރިހެން ދަރިފުޅަކު ރައްކައުވި ޚަބަރާއި އެނޫން ވެސް ޚަބަރުތައް އެއްސެވުމަށްފަހުގައެވެ. މިދަތުރުފުޅުގައި އެންމެ ފުރަތަމަ ބަނދަރު ކުރެއްވީ ބ. ކިނަޅޮހަށެވެ. އެއަށްފަހު ހުޅުލެއިން މާލެއަށެވެ. މިދަތުރުގައި ރާއްޖޭގައި ހޭދަކުރެއްވީ ވަރަށް މަދު ދުވަސްކޮޅެކެވެ.

އިބުނުބަޠޫޠާ ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރާއްޖޭގެ ބޮޑުންގެ ހިތްތަކުން ޖާގަ ހޯއްދެވިއެވެ. ރާއްޖޭގެ ފަނޑިޔާރުކަން ކުރައްވާފައި ވެއެވެ. އަދި މިދުވަސްވަރު ރާއްޖޭގައި ހުރި އިސްލާމްދީނާއި ފުށުއަރާ އާދަތައް ފުހެލެއްވުމަށް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެހެން ނަމަވެސް މާބޮޑު ކުރިއެރުމެއް ލިބިވަޑައިގެންފައި ނުވާކަމަށް އެމަނިކުފާނު ލިއުއްވާފައިވެއެވެ. އަދި ރާއްޖޭގައި ހޭދަކުރެއްވި ދުވަސްތަކުގައި ރާއްޖޭގެ އެކިއެކި ރަށްތަކަށް ޒިޔާރަތް ކުރައްވާފައިވެއެވެ. އަދި އެމަނިކުފާނުގެ ދަތުރު ނާމާގައި ދިވެހިރާޖޭގެ އާދަކާދަ އާއި، އިޖްތިމާޢީ ކަންކަމާއި ބެހޭ ގޮތުން އެމަނިކުފާނު ލިޔުއްވާފައިވެއެވެ. މިއީ އަގުހުރި މަޢުލޫމާތުތަކެއް ކަމަށާއި، ނަމަވެސް ދިވެހި ރާއްޖޭގެ ތާރީޚާ ބެހޭ ގޮތުން ލިއުއްވާފައިވާ ވާހަކަތަކަކީ ޙަޤީޤަތާއި ދުރުވާހަކަ ތަކެއް ކަމަށް މުޙައްމަދު އިބްރާހީމް ލުޠުފީ (1991) ލިއުއްވާފައިވެއެވެ. އެމަނިކުފާނު ވާހަކަ ދައްކަވާފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ގަސްގަހާ ގެހި، ދިވެހި ރާއްޖޭގެ މީހުންގެ ބައެއް އާދަކާދަތަކާއި، އެބައިމީހުންގެ ގެދޮރާއި، ވެރިކަމުގެ ޙާލަތާއި، ދިވެހި ރާއްޖޭގެ އަންހެނުންނާއި، ދިވެހި ރާއްޖެ އިސްލާމްވި ސަބަބާއި ގުޅޭ ވާހަކަތަކާއި، ދިވެހި ރާއްޖޭގައި ވެރިކަންކުރެއްވި ރެހެންދި ޚަދީޖާ އާ ބެހޭ ވާހަކާއި، ކަންކަމުގެ ވެރިންނާއި، އެ ވެރިންގެ އުޅުމާ ގުޅޭ ވާހަކަތަކާއި، ރާއްޖޭގައި އެއިރު ޢީދު ފާހަގަކުރާ ގޮތާއި، މީހުންނާއި އިނުމާއި، ގޯތި ގެދޮރު ބިނާކުރުމާ ބެހޭގޮތުން ވެސް ލިއުއްވާފައިވާ ލިއުއްވުންތައް ފާހަގަވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިންނާއި އިބްނި ބަޠޫޠާ

ދިވެހިންނާއި އިބްނި ބަޠޫޠާ

15 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު